ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ސީރިއަސް ކަމަށް "ރާއްޖެޓީވީ" އިން ބުނެފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހުކުރު ވިލޭރޭ ދިން ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

"ރާއްޖެޓީވީ" އިން ބުނީ ނަޝީދަށް އެކި ވަރުގެ އަނިިޔާ ލިބިފައިވާއިރު، ލޮލުގެ ކައިރިއަށާއި ހަށިގަނޑުގެ އެކި ހިސާބުތަކަށް އަނިޔާވެފައިވާ ކަމަށެވެ. ހެރިފައި ހުރި ބިއްލޫރިކޮޅުތަކާއި، އެނޫންވެސް ތަކެތި ނެއްޓުމަށް ފަހު ހެދި ސީޓީ ސްކޭނަކުން އެމަނިކުފާނުގެ ފުއްޕާމެއަށް ވެސް އޭގެ އަސަރު ކޮށްފައިވާކަން އެނގިފައިވާކަމަށާއި އެތަކެތި ނެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް "ރާއްޖެޓީވީ" އިން ބުނެއެވެ.

ނަޝީދުގެ އޮޕަރޭޝަނެއް މިހާރު ވެސް އޭޑީކޭގައި ކުރިއަށް އެބަދެއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ހުރި ފިހާރަތަކާއި ތަންތަނުގެ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސް އަދި އެ އެ ސަރަހައްދުގައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުންވެފައިވެއެވެ.

ހަމަލާ ދިނީ ނަޝީދު ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ. އޭރު ނަޝީދުގެ އަރިހުގައި ތިބި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށް ވެސް އަނިޔާވިއެވެ. އަދި ފަތުރުވެރިޔަކަށާއި އިތުރު ދިވެއްސަކަށް ވެސް މިހަމަލާގައި އަނިޔާވިއެވެ.

މަަންޒަރުދުށް މީހުން ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގައި އޮތް އެއްޗެއް ގޮއްވާލައިގެންނެވެ.

މިހަމަލާގެ ޒިންމާ ޑާކްވެބްގައި އައިއެސް އިން ވަނީ އުފުލާފައެވެ. ނަމަވެސް މިއީ އައިއެސް އިން ދިން ހަމަލާއެއް ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސެން

    ވިސްނާލަ ބައްލަވާ ރާއްޖެ ޓީވީ އަދި އޭޑީކޭ އިން ތެދުމައުލޫމާތު ދެވޭނެބާ ރާއްޖެ ޓޯވީ އެންޑީޕީގެ ޓީވީ އެއް އަދި އޭޑީކޭގެ ވެ ރިފަ ރާތް ނާޝިދު އަކީ ރަތްލާޖެހި އެންޑީޕީ އެކްޓިވިަްޓެއް ދެން ވިސްނާ މައުލޫމާތުގެ ސައްހަކަން....ނުބުނަން ކަމެއްނުވެއެކޭ....ކީކޭތޯ ބުނުއްވަނީ.....

    105
    18
  2. އިއްސޭ

    ދެންވެސް އިސްލާހުވެ ރަތްޔިތުންނައް ރަނގަޅު ވާންވީ ކަންނޭނގެ ދެއްތޯ.....ވައުދުތައް ފުއްދަދޭންވީ ހީލަތްތެރ ރި ނުވާންވީ އެއި ރުން ހު ރިހާކަމެއް ރަނގަޅުވާނެ ކަންނޭނގެ ދެއްތޯ...

    78
    20
  3. ެއިސްމާލު

    ތަންފީޒީ ދާއި ރާ ރަނގަޅު ކު ރަންޏާ ފު ރަތަމަ ލުތުފީ ވެސް ހައްޔަރު ކުރަންވީ ދެއްތޯ....

    71
    9
  4. ޝަފީގު

    ނަޝީދުއައް ހަމަލާ ރައްދުވުމަކުން އަހަރެމެން ހައިރާނެއް ނުވޭ..

    36
    8
  5. ސިޔާސީ ރޭވުން

    ނަޝީދަކީ މީޑިއާގެ ސަމާލުކަމާއި އާންމުންގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ސިޔާސީ މީހެއް!!

    52
    8
  6. ކިނބޫ

    ކޮންތާކު! އެއް ކަމެއްވެސް ނުވޭ އޭނައަކަށް. މައިބަދައިގެ ރަނދު ފުޅާވީ ކަމަށް ވެދާނެ. އެހެން ކަމެއް ނުވޭ.

    39
    9
  7. އިންޑިއާގެ މަކަރުވެރި ރޭވުމެއް

    އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
    ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން ނަޝީދުގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.

    42
    5
  8. ޢައްޑު

    ޢިނގި ރޭސިވިލާތަށް ފޮނުވާލަ ދެން ވެސް ތިކަލޭގ. .މިޤައުމަށް މުހިއްމު މީހެއްނޫނ ނަޝީދަކީ

    48
    9
  9. ލައިލާ

    ބުއްޅަބެ ގޮއްވާލިއްޔޯ އެއްކޮށްށޯ. ބުއްޅަބެގެ އެތެރެހައްތަކަށް ކަމެއް ނުވެޔޯ. ބުއްޅަބެގެ ހާލު ސީރިއައްސޯ

    32
    16
  10. އައްޑޫ މީހާ

    މިހާރު މިނުން ވާހަކައެއް ނުދެއްކޭ ކޮވިޑް19ގެ ވާހަކަ އޮއްބާނުލައި ކުރިޔަށް ގެންދިއުން މުހިންމު މިނަޝީދުގެ ވާހަކަ އެހާ މުހިންމެއްނުން މިގައުމު ހަލާކު ކުރަން އުޅޭ މީހެއް މިއީވެސް އޭނަގެ ރޭވުމަކުން ކުރިކަމެއް އަތައްގޮވީ ކަމަށްވާނީ

    6
    4
  11. ނިހާ

    ވަށާލާފަތިބި ފާރަވެރިންނަށް ނުވި އަނިޔާއެއް އަންނި އަށް ކިހިނެއްބާ ވެގެން މިއުޅެނީ؟؟؟؟؟

    5
    2
  12. އިބުރޭ1122

    ރާއްޖެޓީވީ އަކީ ހަމަ ނަޝީދު، ދޮގެއް ހެދެން އޮތިއްޔާ ދުވަހަކުވެސް ތެދެއް ނަހަދާނެ. ގޮތްބޮޑުކުރާ ޓީވީއެއްތީ.

    8
    3
  13. މެކް

    ހުސްދޮގު މިއޮއްފަދަ ރޯދަމަހު ތިބިގެން ހަދާ ބޮރެޕެގެންޑާ އެބަފަތުރައެއްނޫ،ް
    ކޮށްމެ އިންސާނަކީވެސް މުހިންމު މީހެއް ވަކިމީއެއްވީމައެއްނޫ މުހިންމުވާންވީއަކީ!

    4
    2
  14. ހުސޭނުބޭ

    މައިބަދަ ބިދިގެންވެސް ހާލު ވަރަށް ސީރިއަސްވި. އެ ބަލީގެ ފަރުވާއަކީ ދޮންކުދިން ލައިގެން ގޮނޑިދުއްވުން. ކޯޓަށް ގެންގޮސް ޙުކުމެއްކުރަން އުޅުމުން އަތްބިދިގެންވެސް ވަރަށް ސީރިއަސްވި. ކަލޯމެން ތި ދައްކަނީ ބުއްޅަބޭގެ ވާހަކައެއްނު! އޭނާގެ ޖާދޫ ޖެހިފައި ތިބި މީހުން ތި ވާހަކަ ޤަބޫކުކުރޭ

    10
    3
  15. ޅަތީފާ

    އަވަހާރަވެއްޖެއެ ބުނެފިއްޔަ ދެންއެން މެ ރަނގަޅުވާނީ ތި ރާއްޖެޓީވީ ވިއްޔަ ތެދެއްހަދާނެތަ

    8
    2