ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިިން މީހުން ހޯދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވެފައި ވަނީ ސީއެންއެމް އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ.
އޭރު ނަޝީދުގެ އަރިހުގައި ތިބި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށް ވެސް ތިއްބެވިއިރު،އެ މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
އެހެން ނަމަވެސް ނަޝީދަށް އަދިވެސް އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނު އެތަނުގައި އޮންނަވަނިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަނީ އެ ހޮސްޕިޓަލަށް ގޮސް އެމަނިކުފަނުގެ ހާލަތު ބައްލަވާލައްވާފައެވެ.
އަދި އެޔަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުމެއްވާފަދަ އަނިޔާއެއް މިވަގުތައް ލިބިފައިނުވާ ކަމަށެވެ.
އެކަމާއި ގުޅިގެން އާޒިމް ސީއެންއެމްއަށް ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ހަމަލާޔާއިއެކު އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނުއިރުން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް ހޭނައްތަވައިގެން ސާޖަރީތައް ކުރިއަށް ދާއިރު އެމަނިކުފާނަށް ލިބިވަޑައިގެން އަނިޔާ ސީރިއަސް ނޫންކަމަށް އެވިދާޅުވަނީ ކިހިނެއްކަން އެނގިވަޑައިނުގަންނަވާ ކަމަަށެވެ.
އާޒިމް ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅޭގޮތުން ހޯމް މިނިސްޓަރު ކަމުގާ ހުންނަވާ އިމްރާން އެދެއްކެވި ވާހަކަފުޅަކީ އެެއްވެސް ޒިންމާދާރު ވެރިޔަކު ދައްކަވާނެ ވާހަކަފުޅެއް ނޫން ކަމަށެވެ.
އެހެންކަމުން އިމްރާން ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އިންސާފުވެރިކަމާއިއެކު އެ މައްސަލަ ބެލިދާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިމްރާން އެހެން ވިދާޅުވީ އެތަހުގީގު ފުރިހަމަ ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވޭ ކަމަށްވެސް އާޒިމް ވިދާޅުވިއެެވެ.
އާޒިމު ވަނީ މިއަދުގެ މިހާތަނަށްވެސް އެކަމުގައި ތުހުމަތުކުރެވޭ އެއްވެސް ފަރާތެއް ހޯދިފައިނުވާކަމަށާއި، އެހެންކަމުން ރައީސް ނަޝީދަށް ހަމަލާދިން މީހުން ހޯދިދާނެކަމުގެ އެއްވެސް ޔަގީންކަން ނެތްް ކަމާށް ވިދާޅުވެފައެވެ.
އަދި މިހާތަނަށް އައިރުވެސް އެފަދަ އެއްވެސް މައްސަލައެއް ބަލާ އެއްކޮށް ނިމިފައިނުވާކަން ފާހަގަކުރައްވަމުން އާޒިމްވަނީ މަރާލާފައިވާ ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލަ މިސާލަކަށް ފުދޭކަމަށް ވިދާޅުވެފައެވެ.
މަަންޒަރުދުއް މީހުން ބުނާ ގޮތުގައި ރައީސް ނަޝިދަށް ހަމަލާ ދީފައި ވަނީ ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގައި އޮތް އެއްޗެއް ގޮއްވާލައިގެންނެވެ.
ޢަފްރާސީނުގެ މަރުގެ ވާހަކަކޮބާ
ޢާޒިމް ކަލޭގެ އަނގއިން ކލޭ ތިކަން ބަލާދެންދޭބަލަ.
ޢިމް ރާނަކާ ނުކުޅެވޭނެ ކަލެޔަކަށް އަދި ނަޝީދަކަށްވެސް
އިމްރާނަށް އަސްލު ނޭގޭނެ ދެއްތޯ އޭނާއަކީ ޑޮކްޓަރަކަށް ނުވީމަ އެކަމަކު ކަލެއަށް އެބައިންގޭ ކަލޭ ހާދަމޮޅޭ މަގޭ ހިތައްއަރާ ދެން އިމްރާނު މަގާމުން ވަކިކުރޭ އަދި މީހުން ހޯދައި ހައްޔަރުކުރޭ
އެހެންވީމާ ޑްރާމާއެއްތޯ ތީ........؟
އަލީ އާޒިމް ހާދަ އަވަހަކަށް ޑެމޭޖް ކޮންޓްރޯލް ތިޔަފެއްޓެވީ. ނާ އެހެންތާ ވާނީ ދޯ! ކޯޓު ކުރިމައްޗަށް ވެއްޓިގަނެގެން ކުޅުނު ޑްރާމާގެ ހަޤީޤަތްވެސް ދިވެހިންނަށް އެނގި ހާމަވީ، ޔޫކޭގައި އެނދުމަތިވެގެން ބެނޑޭޖް އަޅައިގެން ކުޅުނު ޑްރާމާގެ ހަޤީޤަތްވެސް ދިވެހިންނަށް އެނގި ހާމާވީ. ޖަލުން ފިލަން އިނގިރޭސި ވިލާތަށް ދާންވެގެން ކުޅުނު ޑްރާމާގެ ހަޤީޤަތްވެސް ދިވެހިންނަށް އެނގި ހާމަވީ. ދެން ނަޝީދުގެ މިކަހަލަ ޑްރާމާ ތަކާއި ޔޫސޭގެ ދިރިއުޅުމަކީމީބާ އާއި އެންހަމައެއްގައި ދިވެހިން ގިންތިކުރާ ކަމަށް ވަންޏާ ދެން އަލީ އާޒިމު މެންގެ ވަފާދާރުކަން ދެއްކޭނީ ތިޔަކަހަލަ ގޮތަކަށް ކޮންމެވެސް ހޮޅިވާހަކައެއް ދައްކައިގެން ދެއްތޯ؟ ފައިވާން އަތަށް ނަގައިގެން ދުވި ސޮރު އެއީ ތަޅާ ކުދިންގެ ތެރެއިން ސޮރެއް ދެއްތޯ؟
މި ހައްސާސް ވަގުތުގައި އާޒިމް ވެސް އެހިފަނީ އިމްރާން ބޭރުކުރަން.
މިއީ އެއްބައިވެ ތަފާތުތަކާއި އެކުވެސް މަސައްކަތް ކޮށް މިކަން ކުރިބަޔަކު ހޯދުމަށް
މިއާޒިމް ގެ އަތެއްވާހެން ހާދަވައްތަ ރޭ
ފުރައިގެން ރޭގަ އޮތް ފްލައިޓުން ދިޔައީ ދޯ؟ދެން އަތަކު ނުވާނެ ދޯ؟ ތިހެން މީހަކު ބުނި އޭރުވެސް. އަނެއްކާ ކަލޭ ވެސް ކުނި އަގައެއް ހިފައިގެން މިރޯދަ މަހު ނުބައިވަސް ދުއްވަން ނިކުތީތަ؟
މާނައަކީ މިއީ ހަމަލައެއް ނޫނޭ! ޑްރާމާއެކޭ! ބަލަންތިބެ!
ކޮއްކޯ މީ ޔާމީން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަސަރުކާރުތަޯ؟ ތިބޭލެނީ ސޯޓު. ބޮކްސާލައިގެން ހުރޭ.އަންހެންވެރިން މަގުމަތީ ވ ގިނަވާނެ..
ހަމަލާ ދިން މީހުންތިބީ އިންޑިއާގަތޯ؟
ނުހޯދޭނެތާ! ދެން ކުށެއްނެތް ނިކަމެތި ރައްޔިތެއްގެ ބޮލުގައި ތިކަން އަޅުވާ ފްރޭމް ކޮއްލާ!
މިމީހުންގެ ވާހަކަ ހާދަ ފާޑަކަށް މިހުރީ.. ހީވަނީ އަމިއްލަޔަށް ޖެއްސި އެއްޗެއްހެން ވަާހަކަ ހުންނަގޮތަށް ބަލާފަ ހީވަނީ ހަމަ ވެރިކަން ބޭނުންވެގެން ކޮއްގެން އުޅޭކްމެއް ހެން
އެކަމު ބުނަން ތިގޮތަށް ވެރިކަން ހޯދަން ނޫޅޭ ކްލެއައް ތިހެން ހީވިޔަސް މިހާރު އަންނި އައް ކުރިން ލިބިފައޮތް ސަޕޯޓެއް ނުލިބޭނެ ވަރަށް ވާހަކަ.....
މިސްކިތު ހުޅުޖެހިމީހުނަށްވީވަރު ތިވީ ތިޔަބުނީ ހެޔޮކޮށް އަމިއްލަޔަށްކުރާކަންތައް ކިހިނެއް ހޯދޭނީ މީގެކުރިންވެސް އެކަހަލަ ކަންކަން ހިންގީ ތިމާމެންވިއްޔާ ދެއްވެސް އެކަހަލަ ކަމެއްކުރިއްޔާ ކުރާނީ ތިމާމެން އެހެންވީމާ ހޯދާކަށްނުކެރޭނެތާ އަމިއްލަޔަށް އޮރިޔާންވުން ނޫންކަމެއްނުވާނެ ރަނގަޅަށްވިއްޔާ މިކަލޭގެ އިސްކޮށްހުންނާނީ
.ރަނގަޅަށްވިއްޔާ މިޑްރާމައިގެ ޕްރޮޑިޔުސަރަކަށްވާނީ މިއާޒިމް
ޢެމްޑީޕީގެ ޕާލަމެން ޓްރީގެލީޑަ އަލީއާޒިމް އެވިދާޅުވީ
ޙަމަރަގަޅައް އެބޭފުޅުން އެވިދާޅުވާ ރައީސް ނަސީދައް
ޙަމަލާދިން ބައެއް ނުހޯދޭނެ އެހެން ނަމަ ޑރ އަފަރާސިމް
ޢަވަހާރަ ކޮއްލިމީހުން ވެސް ހުންނާނީ ހޯދިފަ މިާރު އެއްމެ
ފުރިހަމަ ކޮއްތަހުގީގު ހިންގޭނީ މިހާރުގެ ހޯމްމިނިސްޓަ އިމުރާނައް
ރައީސް ޔާމިން ހުންނެވި ލޯންޗް ކޮޅު ގޮއްވާލީމާ އެމްޑީޕީ މީހުން ހާއްސަކޮއްރާއްޖެޓީވީން ކުރީ މަލާމަތް ޖެހީޖޯކު ބުނަމުންގެންދިޔައީ ސޮޓަންޓެކޭ މިއަދު އަސްލަކައްވެއްޖެ ކޮންމެކަމެއްގެވެސް އިދިކޮޅު ތިޔަލާދީނީ ބައިގަޑައްދައްކަވައިފި ވިސްނަވާ
ކަޅޭއަށް ވަރަށް ރަނގަޅަށް އެނގޭނެ ޑްރާމާގެ ހަގީގަތް. އެހެންވީމަ އޭނަ ބުނާނެނު ތިހެން.