ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާ ޔޫރޯޕިއަން ޔޫނިއަން (އީޔޫ) އަދި އދ.އިންް ކުށްވެރިކޮށްްފިއެވެ.

އީޔޫ އިންްް މި ހަމަލާ އާއި ގުޅިގެން ކޮށްފައިވާ ޓްވީޓެެއްގައި ވަނީ، ރައީސްް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވާ ކަމަށާއި، އެމަނިކުފާނަށްް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

އދ. އިންް ކުރި ޓްވީޓެއްގައި ވެސް ވިދާޅެވަފައި ވަނީ ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި ރައީސް ނަޝީދު އާއި މި ހަމާލާގައި އަނިޔާލިބުނު އެންމެންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެެވެ.

އދ. އިން ވަނީ ރާއްޖެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ދިިވެހިންނަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލާ ދިން ހަމަލާ ސިޔާސީ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ. މި ހަމަލާގެ ފަހަތުގައިވާ މީހަކު އަދި ހޯދިިފައި ނުވާއިރު ސަލާމަތީ ބާރުތަކުން އަންނަނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ. މިހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. މިގޮތުން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފައިވާއިރު، ފުލުހުންގެ އެލާޓް ލެވަލް ވަނީ ލެވަލް 3 އަށް މަތިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާފަބޭ2020

    އަޅުގަނޑުވެސްކުށްވެ ރިކު ރަން! ޢެކަމަކު މީގެކު ރިންވެސް ބަޔަކުމަ ރާ ބަޔަކުމަ ރަންހަމަލާދިންއި ރު މިޖަމާއަތްތަކާމީހުންތައް ކޮބައިތޯ؟ އެމީހުން ނުފެނުނީއެއީއިސްލާމްދީނަށް ބަދުބަސް ބުނާބަޔަކަށްނުވާތީތޯ؟ އަނިޔާއާދެކޮޅަށްބަސްބުނާނަމަ އެކަންތައް ނުފެނުނީކީއްވެތޯ؟

    11
  2. ފިނިފެންމާ ލޯންޗް

    ރައީސް ޔާމީނަށް ދިން ހަމަލާ މިއިންޓަރނޭޝަނަލް ބޮޑީޒް ތަކުން ދެނެތިބި ކަމަށް ވެސް ނުހަދާ!!

    17
    2
    • އަސްލުހަލަތު

      އެއީ ބައިނަލްއަޤުވާމީ ފިޤައެއް ނޫން، ބަޢިނަލް އަޤުވާމީ ދުނިޔެއާ އެކަހެރިކޮށް ވެރިކަން ކުރެއްވި ބޭފުޅެއް.. ބޭރު ދުނިޔެއަށް މާސާފެއް ނޫން އަދި އިތުބާރެއްވެސް ނޯވޭ އެބޭޅާގެ އެއްވެސް ކަމަކާމެދު.. މިސާލަކަށް ނޯތު ކޮރެއާގެ ކިމްގެ މިބާވަތުގެ ހަބަރުތަކަށް ވެސް ބައިނަކްއަޤުވާމީ ކުއްވެރިކުރުންތައް މަދުވާނެ. ގެޓު ވޭތ މިވާ ގޮތް؟ އެގޭ ގެޓުވުޔަސް ހަޖަމެއް ނުވާނެކަން އަދި އަޑު އަހަން އުމދަގޫވާނެކަން އެކަމު އަސްލު ހަޤީޤަތަކީ މިއީ.

      1
      3
    • ހަޔަސިންތް

      ޤައުމަށް ގައްދާރު ވާބައެއްގެފަހަތުގާތިބުނާ ޖަމުއިޔާތައް ތިބޭނީ

  3. އަބް

    ވަރަށް ބޮޑަށް ތިކަން ކުރިބަޔަކު ކުއްވެރި ކުރަން، މީގެ ކުރިންވެސް މިޤައުމުގަ މާރާމާރީއާއި ގޭންގް ފައިޓިންގަ މީހުން މަރުވެގެން ބޮޑެތި ކޮމެޓީ ހަދާ، ރައްޔިތުންގެ ފައިސާއިން އެމީހުންނަށް ބޮޑު މުސާރަދީ، އަދިވެސް ހޯދުނު މަރެއްގެ އަސްލެއްނެއް، އެކަމަކު މިކަން ކުރި ބަޔަކު ހޯދާނެކަން ޔަޤީން، ކުރިން މަރުވެ ގޮސްފައި އެވަނީ އިންސާނުން ނޫންތޯ ނުވަތަ ކުކުޅު ތަކެއްތޯ؟

    8
    1
  4. ރަދީފް ހުސެން

    .ޔާމިނައް އަމާޒުކޮއް ފިނިފެންމާ ލޯންގޮއްވާލިއި ރު އީޔޫ އަދި އދ އިންވެސް ކުއްވެ ރިއެއް ނުކު ރެ. އެދުވަހުވެސް ދެއްކީ އެހެންވާހަކަޔެއް

    7
    1
    • ނިކް

      އެއީ ބައިނަލްއަޤުވާމީ މުޖުތަމަޢުއާ އެކަހެރި ބޭފުޅެއް.. ދުނިޔެ ޤަބޫލުކުރާ ލީޑަރެއް ނޫން