ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ތިން ވަނަ އޮޕަރޭޝަނެއް ފުރިހަމަކޮށްފިއެވެ.

އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ.

އެމަނިކުފާނު ގެއިން ނުކުމެވަޑައިގެންނެވީ ކުރުނބާ މޯލްޑިވްސްގައި އޮތް ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ހަމަލާގައި ނަޝީދަށާއި އެމަނިކުފާނުގެ ހަށިފާރަވެރިންނަށާއި ބައެއް އާންމުންނަސް ވެސް އަނިޔާވެގެން ފަރުވާ ދޭން ޖެހުނެވެ. ނިރުބަވެރި ހަމަލައާ ގުޅިގެން ނަޝީދަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

އެނގިފައިވާ ގޮތުގައި، މިއަދު ހެނދުނާ ހަމައަށް ނަޝީދުގެ ތިން އޮޕަރޭޝަނެއް ވަނީ ފުރިހަމަކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނަށް ބޭރުފުށުން ލިބިވަޑައިގެންނެވި ޒަހަމްތައް ގިނަ އިރު ފަރުވާ ދީފައި ވަނީ ހޭނައްތައިގެންނެވެ. އެކަމަކު އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. އެގޮތުން އެމަނިކުފާނުގެ އިސްތަށިފުޅާއި ހަށިކޮޅުގައި ވެސް ޒަހަމްތައް ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.

ނަޝީދަށް ފުރަތަމަ ފަރުވާ ދީފައިވަނީ ބޭރުފުށުން ފެނުނު ޒަހަމްތަކަށެވެ. އޭގެ ފަހުން ބޮލަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހެދި ސީޓީ ސްކޭނަކުން އިތުރު އަނިޔާތަކެއް ލިބިފައި ހުރި ކަން ފާހަގަ ކުރެވުނެވެ. އެގޮތުން ފުއްޕާމެއަށް އަސަރުކޮށްފައި ހުރުމުން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަން އެނގުނެވެ. އަދި ރޭ ދަންވަރު ކުރީ އެތެރެހަށީގެ އޮޕަރޭޝަނެއް ކަން އެނގިފައިވެއެވެ.

"ނަޝީދުގެ ލިވަ އާއި ފުއްޕާމެޔަށް ވަނީ އަސަރުކޮށްފައި. ގޮއްވާލި އެތިން ބުރައިގެން ދިޔަ އެތިކޮޅުތަކުގެ ސަބަބުން ނަޝީދަށް ގެއްލުންވީ. އެހެންވެ އޭތިކޮޅުތައް ނެގުމުގެ މަސައްކަތް ކުރަން މިހާ ގިނަ ވަގުތު ހޭދަވަނީ،" ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެކި ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަލާމަތީ ބާރުތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޕޮގުބާ

    ރައީސް ޔާމީނަށް އެމްޑީޕީހުން ކު ރި މަލާމަތް ޖެހުނީ އެމްޑީޕ މީހުން ދެންނުކިޔާނެ އަމިއްލަޔަށްކު ރި ކަމެކޭ

    57
    7
    • ހަމަނުޖެހޭ

      ފިނިފެންމާ ލޯންޗް ކޮޅުގައި ވެސް ރައީސް ޔާމީނަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި.. އެކަމަކު އެހާ އަވަހަށް ވަގުުތުން އައިސިސްގެ ބޮލަށް ކަނޑާނުލާ އަދި ހާއްސަކޮށް އިންޑިއާ އިން.

      6
      1
    • ޏަވިޔަނި

      ފާރުގަނޑެއްގަ ބޭސް އަޅާލިޔަސް މޭޖަރ ސާރޖަރީއެއް! މި ދެން ބޮޑުވަރުދޯ

      6
      2
  2. މީހާ

    ނަސީދަށް ތިވަރުވީ އިރު ފާރަވެރިން ނަކަށް ކަމެއް ނުވެދޯ.... އަޖައިބެއްތީ

    56
    6
    • ދޮން ބަބުރު ސޮރު

      ހަށި ފާ ރަވެ ރީން ތިބެނީ ބައްދާ އޮޅުލާ ގެންތޯ؟؟؟ ހީހީހީ ބައެއްފަހަރު ހަށިފާ ރަވެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެރިއާއަށް ހަމަލާ އަމާޒުވަނީ

      2
      1
      • ކިނބޫ

        ހަށި ފާރަވެރިން ތިބޭނީ މަންޒަރު ބަލަން ދުރުގަ. ބޮލުރޮދިންނާހުރެ ހީނގަންނަންވެސް ނޭނގިފަ މަމިހިރީ.

  3. ނަން

    މިމީހުން ނިކަން އުފާވާނެ މިހާރު

    9
    8
  4. Anonymous

    ހިތްތަކުގެ ރައީސަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    18
    57
  5. އައްޑޫ މީހާ

    މިނުން އެހެން ވާހަކައެއް ލިޔަނަ ވެއްޖެނުން

    52
    10
  6. ލިއޯ

    ފާރުގަނޑެއްގަ ބޭސް އަޅާލިޔަސް މޭޖަރ ސާރޖަރީއެއް! މި ދެން ބޮޑުވަރުދޯ!

    69
    10
  7. ގިސްލެވޭ

    ބުރަކަަސި ބިންދައިގެން ގޮސްގެން އިނގިރޭސިވިލަތަށް ގޮނޑި ދުއްވަން ދިޔަ ސޮރު ތީ. ތިޔަ މީހަގެ ޔަހޫދީ މަކަރު އަހަރެމެން ދަންނަން. ޖުޑިޝަރީ ކުރިމައްޗަށް އަމިއްލަފުޅަށް ވެއްޓި ވަަޑައިގެން ވެލި ފަރިއްކުލުވަން އުޅުނު ދުވަސް ވެސް ދިވެހިންނާއި ފުލުހުން ދެނެހުރިން.

    42
    7
    • ކެރެފާ ނުލަފާ ކެހިވެރި ޖަނަވާރު

      ވަރަށް ރަގަޅު ވާހަކައެއް. ތާރީޚު ވެސް ހެކިދޭ ތިކަމަށް.

  8. މާރިޔަޖެެއު

    ސްޓަންޓު ނިންމާނީ ބޮޑުވަޒީރު ކަމަެް އަރާފަ ބާ..؟ ރައްޔިތުން ނޫޅެ މިހާރަކު ތިކުޅޭ ޑުރާމާ ތަކެއް ބަލާކައް އޭނަ ކައިރި ތިބި ތިންމީހުންވެސް ރަނގަޅު. މިކަލޭގެ އަދިވެސް ހާލުދެރަ ދެންހުރީ އިނގިރޭސިވިލާތު މީހެއް.... ޢެވެސް އެތާ މަގުމަތީ ހުރި މީހެކޯ.. ރައްޔިތުން ގުނބޯ ހެެްދުން ނޫން ކަމެއް ނުކުރެ

    39
    8
  9. ސެލިއުޓް

    މި ޚަބަރު ކިޔަލީމަ އެނގުނީ ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ހަށިފާރަވެރިން ސަލާމަތް ކުރައްވަން ކަން. ޢެމަނިކުފާނުގެ ފުރާނަ ފުޅަށް ބެލުމެއް ނެތި ހަަށިފަރަވެރިން ސަލާމަތް ކުރުމަަށް ވެ ވަޑައިގެން ގުރުބާން. ތީ ހީރޯ އެއް. މީ މިހުންނަކީ

    13
    26
    • .......

      ހަހަހަ
      ހެޔޮނުވާނެ އޭނައަށް ތިހާ މަލާމާތް ނުކުރޭ. އެއީ ކުރީގެ ރައީހެކޭ.

  10. މައިކް

    ނަޝީދު 20 އޮޕްރޭޝަން ކުރަނީޔޯ ، އެކުރާކަމެއް ނޭގެޔޯ ނަޝީދައެކަންޔޯ ގެލުނަ ވީ ބޮޑިގާޑުންގެ ހަމައެކަނު ހަންމަޝަެިގެން ނޯދިޔައީ.. މީބޮޑުއަޖައިބު! ހަމަ ހުސް ޑްރާމާދޯޔޯ. ނޫސްތަކައްއަރަންވެސް ދެން މިވަރު ވާކައްނުޖެހޭ.

    33
    4
  11. ސައްލި

    ނަޝީދު އައިޖީއެމްއެޗް ހޮސްޕިޓަލަށް ނުގޮސް އޭޑީކޭއަށް ގެންދިޔައީމާ ސުވާލު އެބައުފެދޭ، ދައުލަތުގެ މިހާ އުސްމީހަކު މިހާބޮޑު ކަމެއްދިމާވެގެން ދާންޖެހޭނީ ދައުލަތުގެ ހޮސްޕިޓަލަށް ޔާމީނުވެސް ދިޔައީ އަޖީއެމްއެޗް ހޮސްޕިޓަލަށް، އޭޑީކޭއަށް އަހަރުގެ ބާކީއޮއްތަނަށް ވާވަރަށް ފައިސާ ހޯދޭނެ ދޮރެއްތާ މިއޮތީ !

  12. ސައްލެ

    ތިންވަނަ ޕްރޮސިޖަރ އެއް ހެދީ .. އޮފަރޭޝަނެއް ނޫން.. މިހާރު ނަޝީދުގެ ހާލު ރަގަޅުވެއްޖެ. ދެން ގޭމު ހުއްޓާލާފަ ބޮން ގޮއްވި ކަލޭގެ ހޯދޭތޯ އުޅޭން ވެއްޖެ ނޫން؟؟؟؟

  13. rahyithumeehaa

    އިންސާނިއްޔަތާ ޚިލާފު މިފަދަ އަމަލުތަކަށް ހިތްވަރު ދިނުމެއް އަހަރުމެންގެ އިސްލާމްދީނުގަވެސް ނޯންނާނެ. މިފަރާތް ތަކަށް އަވަސްޝިފާ ދެއްވާށި.

  14. ޟޯމިރާ އަލިފުޅު

    ލިވަ އެއީ ކޯޗެއް؟ ލިވަރ ދޮތަ؟

    1
    2
  15. ކިންގް އޮފް ސްޓަންޓް

    ނުވޭ ނަޝީދަކަށް އެއްކަމެއް ވެސް! ހަށި ފާރަވެރިން އޭނަ ވަށާޅިމަ އެމީހުންގަޔަށް ކަށި ތަކެއް ހެރުނު! ސާބަސް ދުނިޔޭގެ ސަމާލު ކަން ހޯދަން! މީހުންގެ ހަމްދަރުދީ ހޯދަން! ޕަބްލިސިޓީ ސްޓަންޓް ކިންގް

  16. ކކކކ

    ކޮންތާކު ހަމަ ހުސް ދޮގު! މައިބަދައިގަ ރެނދު ލައިގެންވެސް ތިމީހާ އުޅުނެއްނު. ތި ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް ހުސް މަކަރާއި ހީލަތް.