ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިނުމުގެ ގާތްގަނޑަކަށް 45 މިނެޓް ކުރިން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ގަދަބަސް ބުނާ މީހުންނަށް އިޝާރާތްކޮށް ކުރައްވާފައި އޮތް ޓްވީޓަކަށް ސަމާލުކަން ލިބިއްޖެއެވެ.
އެޓްވީޓްގައި އަކްރަމް ވިދާޅުވެފައި ވަނީ ﷲ ކާމިޔާބު ދެއްވާނީ ރަނގަޅު ނިޔަތުގައި ރަނގަޅަށް ކަންތައްތައް ތެދުވެރިކަމާއިއެކު ކޮށް. ދީނަށް ހުރުމަތްތެރިކޮށް ހިތާ މީހުންނަށް ކަމަށެވެ. "ފިރުއައުނުން ވެސް، އަބޫޖަހުލު ވެސް ކަރުން ނާރު ނަގާވަރަށް އަޑަށް ބާރުލާފައި، ގަދަބަސް ބުނެ އުޅުނު، ނަތީޖާ ބައްލަވާ." އަކްރަމް ވިދާޅުވިއެވެ.
އަކްރަމްގެ ޓްވީޓަށް ރިޕްލައި ކުރައްވަމުން ރައީސް ނަޝީދުގެ ދޮށީދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވަނީ "އެސްކިއުޒް މީ" އޭ ވިދާޅުވެފައެވެ. މީރާ އިތުރު އެއްޗެއް ވިދާޅުނުވިޔަސް ބެލެވެނީ ރައީސް ނަޝީދަށް ހަމަލާއެއް ދިނުމުގެ ކުޑައިރުކޮޅެއް ކުރިން އެފަދަ ޓްވީޓެއް އަކްރަމް ކުރައްވާފައި އޮތުމުން ސުވާލު އުފެދިފައިވާ ކަމަށެވެ.
ފަހަކަށް އައިސް އަކްރަމާއި ރައީސް ނަޝީދާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވިފައި ވެއެވެ. އިއްޔެ ވެސް ރައީސް ނަޝީދު ވަނީ އަކްރަމްގެ ޓީވީ ޗެނަލް ކަމަށްވާ "ރާއްޖެޓީވީ" އަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިނުމުގެ އިރުކޮޅެއް ކުރިން އަކްރަމް މިފަދަ ޓްވީޓެއް ކުރައްވާފައި އޮތުމުން އަކްރަމްގެ މައްސަލަ ތަހްގީގު ކުރުމަށް ވަރަށް ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ގޮވާލަމުންނެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނުމުން އެހަމަލާ ކުއްވެރިކުރައްވާ އަކްރަމް ކުރެއްވި ޓްވީޓެއްގައި ވަނީ މިހަމަލާގެ ފުރިހަމަ ތަހްގީގެއް ކުރުމަށް ގޮވާލާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަކީ "އެތެރެއިން ދިން ހަމަލާއެއް" ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް ދަރިކަނބަލުން މީރާ ވަނީ ރޭ ވިދާޅުވެފައެވެ.
excuse me?
— Meera (@Gbgedhari1) May 6, 2021
This around an hour before the bomb blast assassination attack on #Nasheed @MohamedNasheed, on 6th May 2021 #Maldives https://t.co/DrXZrSJCXF
— Muna Amina 🎈 (@MunaAmina) May 7, 2021
Miothee bodu nameh list ga oih. Suvaalu kuran jehey meena aa @PoliceMv @ShimranAb @MNDF_Official @MariyaDidi @M_Hameedh https://t.co/akwJTNqq6O
— 𝐒𝐨𝐟𝐮𝐡 (@safoohahmed) May 6, 2021
Police must investigate this man as a person of interest. This tweet few hours before the attack is very intriguing. https://t.co/XCxyDA4Ppk
— Pokman 🇲🇻 (@PokmanMV) May 6, 2021
something fishy? 🤔 https://t.co/MHxcPdDSvX
— Magey Vathan 🇲🇻 🇵🇸 (@vathanmagey) May 6, 2021
Tweet by Akram, hours after President Nasheed accused RTV and station owners of not wanting to talk about MMPRC corruption. https://t.co/SQFeE6Mp7e
— Ahmed Azaan (@axanner) May 6, 2021
Hmmmm things that make u go hmmm https://t.co/h3qWZe0Fnk
— umay mohamed 🎈🇲🇻🇵🇸 (@umaymohamed) May 6, 2021
Coincidence? @ibusolih @MohamedNasheed @PoliceMv @MNDF_Official @Simwarr @Lucasjalyl @mdpshippe https://t.co/iARh13Mhkm
— #FikureggeDhirun (@Balgisranin) May 6, 2021
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅޭ ގޮތުން އަދި އެއްވެސް ފަރާތަކުން މައުލޫމާތު ހާމައެއް ނުކުރެއެވެ. މިމައްސަލައިގައި އަދި މީހަކު ހައްޔަރުވެސް ކޮށްފައި ނުވާކަމަށް ބައެއް މަސްދަރުތަކުން ވަނީ މައުލޫމާތު ދީފައެވެ.
ފިރުއައުނު އަށް ކޯފާ ބާވައިލެއްވީ ﷲ ތައާލާ... މިޓްވީޓަކާއި އެ ހަމަލާ އަކާއި ގުޅުވެއްވާހެނެއްހީޔެއްނުވޭ.
އަކްރަމްގެ މެސެޖަކީ އިއްތިފާގެއް.. ތީގަ އަކްރަމުގެމައްސަލައެއްނެތް.
ތީގަގޯހީ ތިކަންހިނގިވަގުތު.. ތިފަދަމެޖެއް އަކްރަމުލިއަންއެޖެހުނީ ކީއްވެގެންކަން ނޫސްކިޔާމީހުންނަށްއެނގޭނެ . އިއްޔެވެސް ރާއްޖެޓީވީއާދެކޮޅަށް އަންނިދީފައިހުރި އިންޒާރުތަކަށް އަކްރަމުވެސް ކޮންމެވެސް ޖަވާބެއްދޭންޖެހޭނެތީ އޭނާ އެމެޖެއްފޮނުވީ. އަކަރަމްގެ އެމެސެޖަކީ އޭނައަށްވެސް ފުރީވަގުތެއްލިބުނީމާ ފޮނުވިމެސެޖެއްކަމަށް ބެލެވޭތީ އެއީ ޕެނަލްޓީއެއްދޭންޖެހޭފަދަ ފައުލެއްކަމަށްނުބެލެވޭ !! އަލިފު ހާ
އަވަހަށް އަކްރަމް ކަމާލުއްދީންގެ ބޮލަށް ކަނޑާލަ! އެހެންޏާ ފަހެ
ސިޔާސީ ބައިބަިވުންއޮތަސް އެއްވެސް ފުރާނައެއް ނެތިކޮއްލާން ހަމާލާތައް ދިނުމަކީ ބަލައިގަނެވޭނެކަމެއްނޫން.ސިޔާސީވިޔަސް ތިޔައީ ބޮޑުވަރު.
މީ ރާ ލައިލާ ދައްކާނީ ބުއްދި ހަމަ ނުޖެހޭ މީހުން ދައްކާ ޒާތުގެ ވާހަކަ ކަން އެނގޭނެ އެކަނބުލޯ ކޮށްފަ ހުންނަ މެސެޖް ތަކަށް ބަލާލީމަ. މިކަމާ ގުޅިގެންވެސް މައުމޫނަށްވެސް އޮތީ ވ އެކަނބުލޮ.
މިމުނާފިގު ބައިގަޑު ދައްކަން ބޭނުންވާ ވާހަކަ ދައްކާނީ އޭގެ ކު ރީިގެ ބައި ފޮ ރުވާފައި. ނަޝީދު ދިއައީ އެދުވަހުވެސް ލިސްޓަކާ ގުޅުވާ އެތައް ބަޔަކަށް އިންޒާ ރު ދެމުން. އެމީހުން ދިފާއަށް ވެސް އެއްޗެހި ބުނާނެ. ފެބް ރުއަ ރީ 7 ގެ ވާހަކަ ކިޔާނީވެސް ފެބް ރުއަ ރީ 6 ވަނަ ދުވަސް ކަލަންޑަ ރުގައި ވެސް ނެތް ދުވަހެއްގެ ގޮތަށް
މީނަގެ މައްސަލަ ބަލަންޖެހޭ.
ސްޓަންޓު ޖައްސާއިން ބޮޑު ވަޒީރުކަން ހޯދަންވެގެން އުޅޭ މަކަރުވެރި ދޫނުބައި ހިޔަޅެއް
އަޅުގަނޑު އެއްޗެކޭ ބުނާކަށްނެތިން އަޅުގަނޑު ހައްޕު.
ބަފާގެ ގޮތް ދަރިންގެ ވެސް އެހުނަނަނީ. ހުރިހާދިމަލަކައް އުދުޅިބާނާނެ ކަމެއް ނޭގުނަސް. މިއަދު މާރިޔާ ގޯސްވީ 6 ފެބްރުއަރީގަ މާރިޔާ ހުރީ ތަޅާނެ ބައިގަޑެއްހޯދަން ނަޝީދާއެކު. މަހީހިީހަލާކު
ތިޔަ ޓްވީޓަކުން އަކުރަމް ކުރުވި ކަމެއް ކަމަކަށް ސީދާ ސާބިތެއްނުވޭ؟ ރައީސް ނަޝީދު ގެ ވާހަކަތަކަށް ރައްދު ދެމުން ކޮށްފައިވާ ޓްވީޓަކަށް ބޮޑަށް ބެލެވެނީ.. އެނަލިސްޓެއްގެ ހައިސިއްޔަތުން އެއްވެސް ކޮޅަކަށް ބުރަނުވެ ބުނާ އެއްޗެއް މިއީ..
ކޮންމެ ގޮތެއްވިޔަސް ރޭގައި ހިނގާދިޔާ ހާދިސާ އަކީ ކުޑަ ކަމެއް ނޫން. ވަރަށް ސީރިއަސް މައްސަލައެއް. ބަލަން ޖެހޭ. ބެލެން ޖެހޭ. އެހެނީ އެއްވެސް އިންސާނަކަށް އަނެކާގެ ފުރާނަ ނަގައިލުމުގެ އެއްވެސް ހައްގެއް ނެތް.. އިންސާނާއަށް ކުރެވޭ އެންމެ ބޮޑު އެއް ފާފައެއް، ކުށެއް ނެތް އިންސާނާގެ ފުރާނާއަށް ގެއްލުން ދިނުން، މަރާލަން މަސައްކަތް ކުރުން، އަދި މަރާލުން.
މި ހަމަލާގައި ކުއްވެރިވަނީވެސް ކެނެރީގޭ ނަޝީދު.
ޔާމިނައް ހަލަލަދިނީ ޕީޕީއެމުން އަނިއައް ހަމަލަދިންކަމައް ދަރިކަބަލުން އެބުނަނީ އެމްޑީޕީގެ ކުރީސަފުގެ ބޮޑުން އެހެންވީމަ ޑިމޮކްރަސީ އަކީ ކޯންޗެއްކަން ރައްޔެތުންނައް އެބަވިސްނޭ
އަކުރަމު ބުނެފަވަނީ ޙައްޤުބަސް ޙައްޤުބަސް ބުނެގެން ތަޙްޤީޤުކުރަންޏާ ކުރަންވީ ޑރ އަފުރާސީމުގެ ގަތުލުކުރި ހާދިސާގަ އަންނި އެކިފަހަރުދެއްކިވާހަކަ މަތިން ހަނދާންނެތިނީބާ އަފިރާސީމުގެ ޤަތުލުގެ މައްސަލައިގައި އަންނީ އެކިފަހަރު ދެއްކި އެކިވާހަކަތަކަށްބަލާއިރު އެމައްސަލައިގައި ސުވާލު އުފެދޭ ކީއްވެބާ ތަޙްޤީޤުނުކުރީ؟
ޖީބީގެދަރި1. މާނަ؟
އަކުރ ރަމްގެ މެސެޖާއި ޙަމަލާއާއި ގުޅުމެއް އޮތްކަމަކަށް
ނުބެލެވެއެވެ އެ މެސެޖް ފޮނުވި ވަގުތާއި ޙަމަލާގެ ވަގުތާ
ދެމެދު މާބޮޑު ގެޕެއް ނެތުމަކީ އިއްތިފާގަކަށް ވެދާނެއެވެ.
އެ ޓްވީޓްގައި އެބުނަނީ ވަރަށް ބޮޑު ތެދެއް، މިކަމަކާ ގުޅުމެއްހުރި ކަމަކަށް ނުފެނޭ، ސަބަބަކީ ނަޝީދަކީ ކަރަށް ބާރުލާފަ ގަދަބަސް ބުނާ ބޭފުޅެއްނޫން އަދި ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅެއްވެސް ނޫން
އަކުރަމާ ނުކުޅެތި ގޮވާނީ ހަމައަތައް ވީކަމެއްވީ ޔާމީންވެސް އައްނިވެސް ދެފަރާތުގެ މީހުންއް ފިލާވަޅެއް
އަފްރަސީމް އަވަހަރަކޮށްލި ހަބަރު ލިބުނުތަނަހެން ނަސީދު އެހަމަލާދިން މީހުން މެދުއިރުމަތީގެ ގައުމަކަށް ފުރައިގެންދިޔަ ވާހަކަޔައި،ބޭރުގެ ޖަސޫސީއިދާރައިންއެނައަށް މައުލޫމާތު ދިންކަމަށް ބުނެ ނަސިދު ދެއްކިވަހަކައިންނާއި އަދިވެސް ގިނަ ކަންކަމުން އަފްރަސީމް ސަހީދު ކޮށްލުމާއި ނަސިދާ ގުޅުންއޮތްވަރު މީރާ ލައިލާ ނަސިދަށް ސައްކު ކުރެވޭވަރު ނުވޭބާ؟
އަހަރެމެން އަންނިއަށް ސަޕޯރޓްކުރުމުގެ މާނައަކީ އަންނީގެ ދަރިއަށް ސަޕޯރޓް ކުރުމެެއް ނޫން.. އެހެންނޭ ކިޔާފަ ނުވެސް ކުރާނަން. އަކްރަމްއަކީ އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރުވެސް ރާއްޖެޓީވީ މެދުވެރިކޮށް އޭރުގެ އެމްޑީޕީގެ އަޑު ކެނޑުނަ ނުދީ ހިފެހެއްޓި ފަރާތް. އަކްރަމްގެ ޓްވީޓުގަ އޮތީ ދޮގު ވާހަކައެއްވެސް ނޫން. މާބޮޑަށް އެގިގަނެގެން ތިހެން އިނގިލި ދިއްކުރީމަ އެތެރޭގެ ބައިބައިވުން އިތުރުވުން ނޫން ކަމެއް ނުވާނެ.