މާދަމާ ބޭއްވުމަށް ހަމަޖެެހިފައިވާ އެސްއެސްސީ އިމްތިހާނުުގެ ދިވެހި ކަރުދާސް ދަރިވަރުންނަށް ދީީފައިވާ ކަމަށް ވިދާޅުވެ، މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާދަމާ އެސްއެސްސީ ދިވެހި އިމްތިޙާނުގެ ދިވެހި ކަރުދާސް އޮންނަ އިރު، ގާޒީ ސްކޫލްގައި އިސްލާމް ޕޭޕަރު ކަމަށް ހީކޮށް ދިވެހި ކަރުދާސް މާ ކުރިން ބަހާފައިވާ ކަމަށެވެ. ނަމަވެސް، ކަރުދާސް ބަދަލުކުރުމެއްނެތި މާދަމާ އެ ޕޭޕަރު ދަރިވަރުންނަށް ދިވެހި އިމްތިހާން ހެދުމަށް ދޭކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ސެކުއިރިޓީ ސީލް ކެނޑުމަށްފަހު އެ ކަރުދާސް ފަހުގެ ތާރީޚެއްގައި އިމްތިޙާނެއް ހަދަން ބޭނުންކުރެވިގެން ނުވާނެ ކަމަށާއި، ދިވެހި އިމްތިޙާން ލަސްކޮށްފައިވިޔަސް، އާ ޕޭޕަރެއް ތައްޔާރުކޮށް ދަރިވަރުންނަށް ދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކިބައިން އެދޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަައެވެ. މިހާރު ކުރިއަށްދާ އެސްއެސްސީ އިމްތިހާނުގެ ދިވެހި އިމްތިހާން އޮންނާނީ މާދަމާއެވެ.

އިސްލާމް ކަރުދާސްކަމަށް ހީކޮށް ދިވެހި ކަރުދާސް ބަހާފައިވާ އިރު، މިއަހަރު ކުރިއަށްދިޔަ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކް ވުމާ ގުޅިގެން ރާއްޖެއިން ވަނީ އެ އިމްތިހާން ކެންސަލް ކޮށްފައެވެ. އެ ދަރިވަރުންނަށް އަލުން އިމްތިހާން ހެދުމުގެ ފުރުސަތު ދިނުުަމަށް މިނިސްޓްރީން މިހާރު ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޔައުގޫބު

  ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ފާލުން ނެއްޓި ފުނޑުފުނޑު ވެއްޖެ.

  7
  1
 2. އަލީ20

  ދިވެހި ޕޭޕަ ރު ޣާޒީ ސްކޫލް ދަ ރިވަރުން ނަށް ފެނުނު ވާހަކަ ސިއް ރު ކު ރަން އޮތީ ދަ ރިވަ ރުން ނަށް އަންގާފަ. މިޢީ ވ.ދެ ރަކަމެއް. ބޮޑުސިންގާ ލޭބަލެއް ލިޔެފައި ވާނެ. ކޮން މާއްދާއެއް އެގޭގޮތަށް. މި އުޅޭ ހިސާބު ޓީޗަރ ރު ޓީޕީ ފަނާކޮއްފި. ގާބިލު ނޫން މީހުންނާ ކަންތައް ހަވާލު ކު ރުމަކީ ޤިޔާމަތުގެ އަލާމާތެއް. ދެންވެސް އިތު ރު ޕޭޕަ ރެއް ލީކްވުމުގެ ކު ރިން ތިތަން ބްލިޗް ޖަހާ ސާފުކު ރޭ. ދެން މިނިސްޓ ރ ހެވިފައި އިނދެ ވިދާޅުވާނެ ލީކުނުވެޔޭ. ލީކު ލީކު މަ މޮޅު އިހުސާން ޓީޕީގެ ލީކުގެ އަސްލު

  7
  1
 3. ފރހތ

  މި ދަނޑިވަޅު ފިތުނަ ނުއުފައްދައި ހުރުމަށް މުއިއްޒަަށް ނަސޭހަތްތެރިވަން!!

  5
  6
 4. ބެލެނި ވެރިން

  Paper bondi rakkakurefi huri thanun nerunee dhelo maraigen thibebaa?
  Paper bondi imthihaan hall ga kendee kanubandhegen thibeba?
  Kudhige meyza hisaabah paper dhiyaee eyge amilla baarugaba?
  Mee vaki usoolakaai gavaidhakun rangalhah balaigen kuranjehey kameh noonba?
  Paper bondi kendumah fahu eyge beynun nukendeyba?
  Eyga validity nugellunee keevveba?
  Noosthakuga mivaahaka liyuneemaba ministry ah mi engunee?
  Mihen dhimaavejje nama kankuran onna usoolakee mikan sirru koffa nuvaa kamakah hedhunba?
  Mi suvaalu thakah javaabeh beynun

  4
  1
 5. Anonymous

  ދިވެހި މާއްދާގެ ބޭނުމެއް ނިކަން ބުނެބަލަ... މުއިއްޒުވެސް ތިބުނީ ދިވެހި "ޕޭޕަރޭ" ވިއްޔާ!
  ބޭކާރު މާއްދާއެއް މާ ދިވެހިވެގެން އުޅޭނެކަމެއްނެތް... ދިވެހިބަހުން ޢަމަލީ މައިދާނުގައި މަސައްކަތް ދަސްކޮށްދީ ހުނަރު ދަސްކޮށްދީ ސްކޫލެއްހާހިސާބުވެސް ނުބޭއްވޭ ޤައުމެއް...
  ނިކަން އެހެން ޤައުމުތައް ބަލާލަބަލަ އަމިއްލަ ބަހުން ޑޮކްޓަރީކަން އަދި ނުވިތާކަށް ރޮކެޓްސައިންސްވެސް ކިޔަވާލެވޭ! ރާއްޖޭގައި އިނގިރޭސި ބަސް ނޭނގެންޏާ އެއީ މިހާރު ޤައުމީވަންތަ މީހެއްވެސް ނޫން!

  9
  3