ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 14:00 ގައި އޮންނާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި ދައުވަތެއްގައި ވިދާޅުވީ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 14:00 އަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ބާއްވަވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. މިހަމަލާ އާއި ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު