ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅުން އޮތް ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ހަމަލާ ދިން ސަރަހައްދުން، ހަމަލާ ދިން ކަމަށް ބެލެވޭ ބަޔަކު ފާހަގަ ކުރެވިފައިވާ ކަމަަށެވެ.

މި ގޮތުން މި ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމީދު ވިދާޅުވި ގޮތުގައި، އެ ހަތަރު މީހުން ހޯދައި ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރައްވައެވެ. އަދި އެ ހަތަރު މީހުންނާއި މި މައްސަލަ ގުޅޭ ސަބަބު ވެސް ހާމައެއް ނުކުރައްވައެވެ.

"އިތުރަކަށް އަޅުގަނޑުމެންނަށް އަދި މީޑިއާއަށް ހަމާކުރެވެން ނެތް،" ހަމީދު ވިދާޅުވިއެވެ.

މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ.

މިހާތަނަށް ކުރި ތަހުގީގުގައި ފުލުހުންނަށް ލިބިފައިވާ ބައެއް އެހެން މައުލޫމާތުތައް ވެސް ހާމަކުރިއެވެ. މި ގޮތުން އެ ސަރަހައްދުގައި ގޮއްވާލެވުނު ސައިކަލުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ގޮއްވާލަން ބޭނުން ކޮށްފައިވާ ބޮމުގައި އަސްކަރީ ފެންވަރުގެ ތަކެތި ބޭނުންކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް އެ ސަރަހައްދު ކައިރިންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި އާންމުންގެ ދެ މީހަކަށް އަނިޔާވެފައިވެއެވެ.

ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އެމަނިކުފާނު ކުރަން ޖެހޭ ސާޖަރީތައް މިހާރު ނިމިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިހާރު ދަނީ ރެކަވަރީ ނުވަތަ ޒަޚަމްތައް ރަނގަޅު ކުރުމުގެ މަރުހަލާ ކަމަށް ވެސް އާއިލާއިން ބުނެފައިެވއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެތި

    ސޫ ރިޔާގަތިއްބާ ގެނައިމީހިންދޯ ؟

    8
    8
  2. މިއަދުގެ ބޮޑުސުވާލު 2 ؟؟

    މިފަހަ ރު ފުލުހުންހާދަހުށިޔާ ރޭދޯ ؟؟ އެއީހަމަ ރޫހާނީލީޑަ ރަށްވީމާތޯ ؟؟

    18
    4
  3. އއ

    ހާމައެއްނުވާނެ
    އެއްކަމެއްވެސް
    ރަނގަޅަކަށް
    މިހަބަރުތައް
    ގެންނާނެކަމެއްވެސްނެތް

    11
  4. އަފްރާޝީމްގެ މަރު ގުޅުވީ ހުމާމްއާ!

    އެންމެ ފަހުން ހުރިހާ ކަމެއް ނިމޭއިރު މިދުނިޔޭގައި ކުށްވެރިވާނީ އެންމެ ނިކަމެތި މީހާ.

  5. ސަނާ ޒަރީރު

    އެވަގުތަކީ ވަރަށް ގިނަ ބަޔަކު ތަރާވީސއް ނިންމާފައި ގެއަށް ދިޔަ ވަގުތު، އެހެންކަމުން ތުބުޅި ލާފައި ތިބި މީހުން ވަރަށް ގިނައިން ތިބޭނެ. މިކަމާއި ގުޅުން ނެތް އެތައް ބައެއް ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުޝަތު ވަރަށް ބޮޑު.

  6. މޮޔަ ސަރުކާރު

    ތިޔަ އެއްޗެއް ގޮވުމުގެ ކުރިން އިންޑިޔާ އިން ޓުވީޓް ރެޑީ ކޮށްފަ އޮތީ. ބައްލަވާ ވޯޓުން ވެސް ވީ ބަލި... މިހާރު ދެން ޑްރާމާ ނުކުޅުއްވާ. އިންޑިޔާ މީހުން ކަރަންޓީން ވާން އަންނަ ޖަގަހަ އަކަށް ރާއްޖެ ހަދާ، ކަލޭމެން ކެންޕޭން ކުރަން ކޮވިޑް ހިފައިގެން ގޮސް މުޅި ރާއްޖެ އަށް ބަލި ފަތުރާފަ، މިހާރު ރައްޔިތުންގެ ސަމާލު ކަން ހޯދަން ތިޔަ ކުޅޭ ފިލްމް ކަމަކު ނުދޭ. އިރާދަ ކުރެއްވީތީ މި ފަސްގަނޑު އިންޑިޔާ ޖާހިލުންގެ އަތްދަށު ނުވާނެ. މާތްﷲ އަހަރެމެން މި ނުބައި ސަރުކާރުގެ ނުބައި ރޭވުންތެރި ކަމުން ސަލާމަތް ކުރަށްވާށި. އާމީން

    11
    1
  7. ޙަހަހަހަހަހހަހަހ

    ޢެމްޑީޕީ ގުންޑާއިންތީ

  8. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    މިވަގުތަކީ، ހަމްދަރުދީ ވާންޖެހޭ ވަގުތެވެ.