ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންތައް ނިންމާލާފައިވާ ކަަމަށް އާއިލާއިން ބުނެފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ ނާޒިމް ސައްތާރު ވިދާޅުވީ، ނަޝީދުގެ އޮޕަރޭޝަންތައް ނިމިފައިވާ ކަމަށާއި އެއްކޮށް ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

ނަޒިމް ސައްތާރު ވަނީ ރައީސް ނަޝީދަށް ފަރުވާ ދިނުމަށް މަސައްކަތް ކުރި އޭޑީކޭ ނަރުހުންނާއި ޑޮކްޓަރުންނަށާއި ސްޓާފުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ހާއްސަކޮށް ޑރ. ނިޔާފްއަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. އެގޮތުން އެމަނިކުފާނުގެ އިސްތަށިފުޅާއި ހަށިކޮޅުގައި ވެސް ޒަހަމްތައް ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.

ޒަހަމްތައް ގިނަކަމުން ފަރުވާ ދީފައިވަނީ ހޭނައްތައިގެން ކަން އެނގިފައިވާ އިރު، ނަޝީދުގެ އެތެރެހައްޓަށް ގެއްލުމެއް ވެފައިވާ ކަމުގެ މައުލޫމާތެއް ސާފެއް ނުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މިހަމަލާގައި ރައީސް ނަޝީދާއިއެކު ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ. އެއީ ރައީސް ނަޝީދުގެ ދެބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ. ހަމަލާގައި ޒަހަމްވި ރައީސް ނަޝީދުގެ ދެބޮޑީގާޑުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖެކީޗަން ލެވެލް ސްޓަންޓް

    ބުރަކަަށި ބިންދައިގެން ގޮސްގެން އިނގިރޭސިވިލަތަށް ގޮނޑި ދުއްވަން ދިޔަ ސޮރު ތީ. ތިޔަ މީހަގެ ޔަހޫދީ މަކަރު އަހަރެމެން ދަންނަން. ޖުޑިޝަރީ ކުރިމައްޗަށް އަމިއްލަފުޅަށް ވެއްޓި ވަަޑައިގެން ވެލި ފަރިއްކުލުވަން އުޅުނު ދުވަސް ވެސް ދިވެހިންނާއި ފުލުހުން ދެނެހުރިން.

    12
    2
  2. ސުވާލު؟

    ފިނިފެންމާ ލޯންޗް ކޮޅުގައި ވެސް ރައީސް ޔާމީނަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި.. ތަފާތަކީ އިންޑިއާގެ މީޑިއާތަކުން ތަހުގީގު ކުރުމެއްނެތި އެހާ އަވަހަށް ވަގުުތުން އައިސިސްގެ ބޮލަށް ކަނޑާލައިފި!!

    6
    1
  3. ހިސާނު

    އިންޑިޔާގެ މީޑިޔާތަކާ ގުޅިގެން ގެންދާ ނުރައްކާތެރި ރޭވުމެެއް ދިވެހި ރާއްޖޭގެ އަމާންކަމާއި އިސްލާްމްދީނު ނައްތާލަން ކުރާ މަސއްކަތް ބުއްޅަ

    2
    1