ގދ. ތިނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 44 އަށް އަރާފައެވެ.

އެރަށު ހޮސްޕިޓަލުން ދިން މައުލޫމަތަށް ބަލާއިރު، މިއަދު ފައްސިވި ދެ މީހުންނަކީ ފައްސިވި ފަރާތްތަކާއި ގާތުން އެއްތާވި ދެ މީހެކެވެ،

މިހާރު އެރަށުން ކޮވިޑަށް ފައްސިވި އެކަކު ވަނީ ރަނގަޅު ވެފައެވެ.

އެހެންކަމުން މިހާރު އެރަށުގައި ބަލި ޖެހިފައި ތިބީ 43 މީހެކެވެ.

އެރަށުން މިހާތަނަށް ފައްސިވެފައިވަނީ ފުރަބަންދު ނިންމާފައި ސުންކު ނެގާފައިވާ މީހުންނާއި ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނާއި ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކުތަކެވެ.

އެރަށުން މީހުންތަކެއް ފައްސިވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެެ.