ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމަށް މީހަކު ގޮވާލައިފިއެވެ.

މީސްމީޑިއާގައި އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު ވަނީ ރޭގެ ވަގުތެއްގައި ރައީސް ނަޝީދަށް ދީފައިވާ ބޮމުގެ ހަމަލާއަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދިން ހަމަލާއެއް ގޮތަށް ސިފަކޮށްފައެވެ.

އެގޮތުން އޭނާ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލުން ނެރުމާއި އެކީ އެއްޗެހި ގޮއްވަން ފެށީ ކަމަށާއި ރައީސް ޖެހެނީ ގޭގައި ބަހައްޓާފައި ގޮއްވާލަން ކަމަށެވެ.

"ހަމަ ޖަލުން ނެރޭއިރަށް ގޮއްވަން ފެށީ!. ގޭގަ ބަހައްޓާފަ ގޮއްވާލަން ވަރަށް ރަނގަޅަށް!" އަލީ ޔާސިރް ނަމަކަށް ކިޔާ އެ މީހާ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ބޮލުގައި މިފަދަ އިލްޒާމެއް އަޅުވާފައިވާއިރު، ރައީސް ނަޝީދު އަންހެން ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވަނީ އެހަމަލާއަކީ އެތެރެއިން ރޭވިގެން ހިންގާފައިވާ ހަމަލާއެއް ކަމަށާއި އެހަމަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަތެއް ވާނެ ކަމަށް ބުނެފައެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮއް ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިނގާފައި ދިޔަ ވަގުތު އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެރިންނަށާއި ފަތުރުވެރިއަކަށް ވަނީ އެކި ކަހަލަ އަނިޔާ ލިބިފައެވެ.

މި ހާދިސާގައި ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ބުރަކި

    ކަލޯމީހުންމެރުމަށް ގޮވާލުމަކީ ބޮޑުވެގެންވާ ކުށެއް ކަލޭގެ ސަރުކާރުން ތިކަމެއް ނުބެލިޔަސް ބަލާނެދުވަހެއް އެބައޮތް ކަލޭ އަނގަ ހިމޭނުން ލައިގެން ހުރުމަށް ގޮވާލަން .

    335
    9
    • ބުރޯ

      ކުށެއްވެސްމެ އަދި މީހެއްގެ ފުރާނައެއް ދުއްވާލުމަކީ ބޮޑުވެގެންވާ ބޮޑު ފާފައެއްވެސްމެ. ރޯދަ މަހުގެ ފަހު ދިހައެއްގަ މީހުން މަރަން ނުގޮވާ ހެޔޮ އަމަލު ގިނަ ކުރުމަށް ނަސޭހަތްތެރިވަން.

      228
      6
    • ހހހހ

      މޑޕ ގަ އުޅެނީ އައިސިސް މީހުން. މިފަދަ މީހުން ދައްކާ ފިތުނަވެރި ވާހަކަތައް ފުލުހުން ބަލާ މީމީހުންނަށް ދޮގުހެދުމާ ފިތުނަ ވެރިކަން ފެތުރުމުގެ އަދަބު ދޭންޖެހެ. ގައުމު ހަލާކުވަނީ މިފަދަބގޮތްކުޑަ ވިޔާނުދާ ފާސިގު ފިތުނަވެރި ދޮގުވެރި ކައްޒާބުންގެ ސަބަބުން. ހިތައްއަރާއުރަށް ކޮންމެވެސް މީހެއްގެ އަބުތު ކަތިލަންވި. މާދމާ ސީޕީ ހަމީދާ ގުޅެގޮތުންވެސް މިފަދަ ވާހަކަތައް ފަތުރަފާނެ. މިކަންކަން ހުއްޓުވެންވާނެ. އެހެންނޫނީ ކީއްކުެާ ތަހުގީގީ އިދާރާތަކެއް. ކޮންމެ މީހަކު އޭނާ ރުޅިއަރާ ކޮންމެވެސް މީހެއްގެ ބޮލުގަ ބަދުނާމު އަޅުވަންވީ. ނަޝީދު އަމިއްލަ އަށް ކުރި ކަމެކޭވެސް މިދަނުލަފާ މީހުން ގޮވަން ފަށާފާނެ.

      58
      3
    • ރާގޮޑިރާޖަ

      ޙަމައެގޮތަށް ބުޜެކި ސަ ރުކާ ރުންކު ރި ވައްކަތައްވެސްބަލާނެ. ޢެފައިސާ ގޯނިގޯންޏައްއަޅައިގެން ބެހިކަމަށް އެއްބަސްވެވާހަކަ ދައްކާވީޑިއޯ ތިބޭފުޅާއަށްވެސް ފެނިފަހުންނާނީ.

      19
      4
    • ނިކް

      އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް ދޭކަށް އެކަކަަށްވެސް ނުގޮވޭނެ.. އެކަމު ނޫސްވެރިންވެސް ހަބަރު ފަތުރާއިތު ފިތުނަ ނުފެތުރާ އެބުނައެއްޗެއް ލިއުން މުހިންމު އެސޮރު އެބައޮތްތަ ބޮމެކޭ ބުނެފަ؟؟ ބޮމެއްގެ ނަންވެސް ނެތް ގަނެފައެއް؟؟ އަނގަ ގޮއްވުންކަހަލަ ކަމަކަށްވެސް ވެދާނެއްނު؟؟ ތަހުޤީޤު ކުރީމަ އެނގޭނީ ކޮންމެއަކަސް މި ޔާސިރެއް ހިފާ ހައްޔަރުކޮށް ތަހުޤީހު ހިންގަންއެބަޖެހޭ މިހާރުން މިހާރަށް

  2. ކައްބެ

    ފުލުހުން މީނާ ހަށްޔަރު ކުރުމަށް ގޮވާލަން ރައީސްސޯލިހަށް ހަމަލާދިނުމަށް ބުނިމީހާވެސް ފުލުހުންވަނީ ހަށްޔަރުކޮށްފަ ވަކިފަރުދަކަށް ވަކިގޮތެއް ނެހެދުމަށް ފުލުހުންގެ މުއަށްސަސާއަށް ގޮވާލަން ގައުމުގައި އަދުލު އިންސާފު ގާއިމުކުރުމަށް ފުލުހުންނަށް ގޮވާލަން.

    195
    4
    • ކޮސް

      އަންނި ކަރުކަނޑަން ގޮވި ޕީޕީއެމް އަންހެނާ ކޮބައިތަ މިހާރު

      5
      32
  3. ޙުއްތޫ

    މީނާ ހައްޔަރު ކުރޭ

    189
    6
  4. ހުސޭނުބޭ

    މި ގޮއްވާލި އެއްޗެއްގެ އަޑީގައި ތި ޢަލީ ޔާސިރެއް ހުރުން ވަރަށް އެކަށީގެންވޭ.

    184
    3
  5. ސަނީ

    މިހާރުން މިހަރާއް މީނަ ނަގައި ގަނެގެން ގެންގޮސް ސުވާލް ކުރަން ގޮވާލަން.. މީކީ ސަމާސާ ވާހަކައެއް ނޫން

    196
    6
  6. މުހައްމަދު އަންޖުމް

    މިކަހަލަ ވާނުވާނޭގި ތެޅިބާލާ މީހުންނާހެދި ހުރިހާކަމެއް ގޯސްވަނީ ތަނެއްގަ ހުރިމީހެއްގެ ބޮލުގަ ތިޔަކަހަލަ އިލްޒާމް އެޅުވީމަ ދެންވާނެގޮތަކީ މިހާރު މުޅިގައުމު އެއްއަޑަކުން މިހަމަލާ ކުއްވެރިކޮށް ތައީޒިޔާކިޔަމުން ދާދިއުން ހަމަތިކަހަލަ އަނގަތަކެއް އަނެއްކޮޅުން ނިކުމެ ރައްދު ބަސްބަހުން ނަފުރަތަށް ބަދަލުވެ ހަމަނުޖެހުން އިތުރުވާނީ ތަހުގީގުކޮށް ސާބިތުވީމަ ދެންކިޔަބަލަ ހޭބަލި ވުމުގެކުރިން

    143
    3
  7. ފހރހ98

    ސިގިރޭޓު ލައިޓަރު ގޮވުން އެއީ ޢާންމުކޮށް ދިމާވާކަމެއް ނަޝީދު އަމިއްލަޔައްދޯ ޖީބަށް ލައިޓަރުލައިގެން އުޅުނީ. ލައިޓަރު ގޮވުމުގެ ހާދިސާއާއި ގުޅިގެން އެތާހުރި ބައިސްކަލެއްގެ މަޑިން އަނިޔާވީއޭ ގޮވުމަކުން ނުފުދޭނެ. މިކަމަށްވެސް ރިޔާސީ ކޮމިޝަނެއް ހަދައި މައްސަލައިގެ ތަހުގީގު ނިމުމުން ސާފުވާނީ.

    92
    10
    • މީނަގެ

      ލަދުހަޔާތްކުޑަ ބައެއްދިވެހިން މިފަދަ މާތްމަހެއްގަވެސް މިދަނީ ޔަހޫދީންހަދާކަހަލަ

      24
      2
    • ޢަހޮމަދު

      ލަދުހަޔާޠްކުޑަ ބައެއްދިވެހިން މިފަދަ މާތްމަހެއްގައިވެސް މިދަނީ ޔަހޫދީންހަދާކަހަލަ ދޮގުހަދަމުން.ކަލޯ ހިނދުކޮޅެއްތެ ރޭގަވެސް ތިފަދަމީހުންގެ ދޫބަންދުވުކު ރެއްވުމުގެކުޅަދުންވަންތަ ފަޜާތެއްވާކަން ހަނދާންބަހައްޓާތި. ޢަދިތައުބާވެއަވަހަށް ތެދުމަގަށް ރުޖޫއަވޭ.

      29
      2
  8. އިވަ

    އަލީ އާޒިމް ކިޔާތަ އޭނައޭ އެކަންކުރި

    91
    4
  9. އިންޑިއާ އައުޓް

    މަންޖޭ ތީ މަންޖެގެ ބައްޕަ ޖައްސާލި ސިޔާސީ ސްޓަންޓެއް ނިކަން ބަލަންތިބެބަލަ އިތުރުފަރުވާޔައް ސިންގަޕޫރައްދާ ދުވަހު ގޮނޑި ނުދުއްވިއްޔާ ނަސީބެއް

    117
    5
  10. ހަނި

    ފިތުނަފަސާދަ ނުފަދަ އަގަމަޑުން ލާގެން ހު ރެވެތޯބަޅާށެވެ

    92
    5
  11. ބޮޑުވަޒީރު

    މިއީ ފެންވަރަކީ.... މިދެންބޮޑުވަރު. ޚިތަންމެ ޑްރާމާ އެއްކުޅުނަސް ދެނެއް ކުރީގައި ލިބުނު ތާއީދެއް ނުލިބޭނެ...

    110
    6
  12. ހާލުފޮޅި

    އަލީ ނާސިރު ހައްޔަރުކޮށް މިމައްސަލަ ބަލަން ޖެހޭނެ.. ފޭސްބުކްގަ އަދިވެސް އެބައުޅޭ މިކަހަލަ ހިތުން ވަރަށް ގައްޑާ ދެތިން ވާނުވާއިން.. ސްޓެޓަސް އަޕްލޯޑްކޮށްލާ... ލޮލް

    99
    4
  13. ކެމެރޫން

    ގ. ކެނެރީގެ ބަދަލުގައި މާލޭގެ މެދުން އެއައްވުރެ ބޮޑު ބިމެއްގައި ގެޔެއްބިނާކޮށްފައި ދޭންވީނޫން މީ ހައްލަކީ ބަލަގަ އޭނަޔަކީ ބޮޑީގާރޑަކަށް ބަލާ ރޮޑެއްނޫ ބޮޑީގާރޑް ކާރަންއަރުވާފައި ދޮރުލައްޕާ ތަނުން މީހަކު ފެނުމުން އަނެއްދޮރުން ފުއްމައިގެން އެހެރަ ދަނީ ހަމައިގާ ނުހުންނަންޏާ މިގޮތްވާނެ އަވަހަށް ގޯއްޗެއްދީ މާލެ މެދުން

    24
    1
    • އަސްތާ

      ބޮޑު ގޯތި ބޭނުންވާ މީހާ ހޯދިނު ބޮޑު ގެއެއް.

  14. ފާއިދު

    އެންމެނަށްވެސް އެނގޭ ޑްރާމާ ކުއީންއަކީ ކޮބައިކަން. ބަފާ ކޮށައިދޭ މަގުން ދަރިވެސް ހިނގާނީ.

    32
    1
  15. އައްޑޫ މީހާ

    މީނަ ހައްޔަރުކުރަން ޖެހޭ ތަންތާގައި ބޮން ގޮއްވަން ނުބުނެވޭނެ މިހާރުން މިހާރަށް ހައްޔަރުކޮށް ޓެރެރިޒަމްގެ ދައުވާ ކުރަންޖެހޭ

    30
  16. އެމަންޖެ

    ޔާސިރައް ހެޔޮވިސްނުންދެއްވާ ނަޝީދާ އެއްތަން ކޮއްދެއްވާންދޭ..އަލިފް ހާ.

    17
  17. ސުނާ

    ދިވެހިރާއްޖޭގެ ޤާނުނުން ބޮޑު ކުށެއް އެކުރީ. އެއްވެސް މީހަކަށް މަރުހެ އިންޒާރެއް، ބިރު ދެއްކުމުގެ އިނޒާރެއް ނުދެވޭނެ. ޔާމީންކަސް، ނަޝީދަކަށްވެސް. މީނާގެ މައްސަލަ ނުބަލާ ދޫކޮށްފިއްޔާ އިންސާފުގެ މާނަ ވަރަށް ސާފު

    28
  18. Anonymous

    ވަކި މީހަކަށް ވީމަ ކުށްވެރިވެފަ، މީކޮން ގޮތެެެއް. ޖަލަށް ލާ!

    25
  19. އަސްއަދު

    ނަމަނަމަ ރ. ޔާނުގައި އަތްލާން ނަހަދާތި! މިއީ އަލީ ޔަސިރަށްދޭ ޚައްސަ މެސެޖެކެވެ. ރައީސް ޔާމީނަކީ އަނިޔާވެރިއެއްނޫން އަނިޔާވެރިއަކީ ޙައްގުން ކަމަކާނުލައި މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވާ މީހުން ! އަލީ ޔާސިރު ހީކުރަނީ އަނިޔާވެރިކަމަށް ގޮވާލާގެން ސަލާމަތުން ހުރެހުރެވިދާނެކަމައްތަ! ގާނޫނު އަރާހަމަކުރާނެ!

    35
    2
  20. Anonymous

    ރައީސް ޔާމީނާ ކަލޯ ހިތާވިޔަސް ދެން ތީ ފުކެއް ބޮޑުވަރު. ކަލޯ ހައްޔަރުކޮށް ޖަލަށްވައްޓާލާނަން. 2 އަހަރު ބައި ދެން ތި ވަންނި ޖައްސަން ތިބެވޭނީ. އިންޝާﷲ

    26
    4
  21. އަލީ މުއާޒު

    ތި ޔާސިރަކީ ބޯހަމަޖެހޭ ގޮލައެއްނޫން.

    18
    2
  22. ދ ރައްޔިތެއް

    ވަކިމީހަކު ދިން ޙަމާއެއްކަން ސާބިތު ނުވާހާހިނދަކު ސާބިތެއް ނެތް ވާހަކަތަކުން ގައުމު ފިތުނަކު ރުމަކީ ފައިދާތަކެއް ހޯދުމުގެ ބޭނުމުގައިވެސް ކުރރ ރެވިގެންވާނެ ކަން
    ކަމެއް ނޫނެވެ ފާޅުގައި، ތިޔަ ގޮވާލާ ގޮވާލުން ކުށްވެ ރި
    ކު ރަމެވެ.

    28
  23. ޕޮގުބާ

    މޮޔަގެރިއެއްތީ

    18
    1
  24. އަހުމަދު

    ތިޔަވާނީ ތިޙަމަލާ ރޭވި އެކަކަށް

  25. ޢަލިބެ

    ބަލަ މިތާ މިތިބި ޕީޕީ ކުދިންކޮޅު އޭނަ ޔާމީނެކޭ ނުބުނޭ. މިހާރު މިސްކިތު ހުޅުޖެހި މީހާ އައަށް ވީ ގޮތް ތިވީ. ޖަލުން ނެރެފަ ހުރީ ޔާމީނު އެކަނި ތަ ބޮރޯ ވެސް އެހެރީ ގޭގަ

  26. ޙައްވަ

    ރައީސް ޔާމީންގެ ބޮލުގަބޮޑެތި އިލްޒާމުތައް އަޅުވައިގެން އުޅޭނެކަމެއްނެތް ރައީސްޔާމީން ގޮއްވާލަންގޮވިމީހާ ވަގުތުން ހައްޔަ ރު ކު ރަން ޖެހޭ

  27. ނަސީ

    މިތާ ތިބިއްޔާތިބިހާ ލާދީނީ ބަޔަކައް ހަލާކު ހުރި.. އިސްލާމްދީން މަތީގައި ގައުމެއްގެ ގޮތުގައި ލައްވައިދެއްވިކަމައް ޝުކުރުނުކޮއް ގައުމުގައި ލާދީނީ އޮއިވަރު ފެތުރުވި އެންމެހާ ވެރީންނައްވެސް ހަލާކު ހުރި.