ހުޅުމާލޭގައި ހުންނަ ޣާޒީ ސުކޫލުގައި މޭ މަހުގެ ތިންވަނަ ދުވަހު އޮތް އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް 1 ވަނީ އިންވިޖިލޭޓަރަކަށް އޮޅިގެން ދެދަރިވަރަކަށް ދެވުނުއިރު، އެ ކުދިންނަށް ޕޭޕަރު ނުފެންނަ ކަަމަށާއި، އެހެންކަމުން މާދަމާ އެ މާއްދާގެ އިމްތިހާނު ކުރިއަށްގެންދާނެ ކަަމށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސުކޫލުތަކުގައި ބައިނަލްއަޤްވާމީ އަދި ގައުމީ އިމްތިހާނުތައް އިންތިޒާމް ކުރެވިފައިވާ ގޮތުން ސުވާލު ކަރުދާސް ދަރިވަރުންގެ މޭޒުމަތީގައި ބޭއްވުމަށް ފަހު ދަރިވަރުން އެ ކަރުދާސް ކިޔާނީ އެކުއްޖަކަށް ލިބިފައިވަނީ ރަނގަޅު ސުވާލު ކަރުދާސްތޯ ބެލުމަށް ފަހު، އިމްތިހާނު ހޯލު ހިންގުމާއި ހަވާލުވެ ހުންނަ ޗީފް އިންވިޖިލޭޓަރަކު އެކަމަށް އިރުޝާދު ދެއްވުމުންނެވެ. މިއީ ހުރިހާ އިމްތިހާނު ތަކެއްގައި ވެސް ކަން ކުރަމުން އަންނަ ގޮތެެވެ.

ޑީޕީއީ އިން ވިދާޅުވީ، ދަރިވަރުންނަށް ޕޭޕަރު ފެނުމުގެ ކުރިން އިންވިޖިލޭޓަރުންނަށް ކުދިންނަށް ދެވިފައިވަނީ ގޯސް ސުވާލު ކަރުދާހެއްކަން ދެނެގަނެވި ޕޭޕަރު އެ ޑިޕާޓްމެންޓުގެ އިރުޝާދާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ކަމަށެވެ. އަދި އެ ސުވާލު ކަރުދާސްތައް ރައްކާތެރި ކޮޓަރީގައި ރައްކާކުރެވިފައިވާ ކަމަށް ޑީޕީއީއިން ވިދާޅުވިއެވެ.

ޑީޕީއީއިން ވިދާޅުވީ، އެދުވަހު ކަންހިނގައި ދިޔަ ގޮތް އެ ޑިޕާޓުމެންޓުން ބެލުމުން އެއްވެސް ދަރުވަރަކަށް އޮޅިގެން ދެވުނު ދިވެހި ކަރުދާސް 1 ފެނިފައިނުވާކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޑީޕީއީއިން ނިންމާފައިވަނީ ދިވެހި ކަރުދާސް 1 ގެ ޓެސްޓު ހެދުން ކުރިން ވެސް ތާވަލު ކުރެވިފައިވާ ގޮތަށް މާދަމާ ކުރިޔަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހަރެން

    ހުރިހާކަމެއްގައި އޮޅުވާލުން ކިހިނެއްހޭ މިގައުމުގައި މަގޭދިރިއުޅޭނީ އިތިއޮޕިޔާއަށް ދާންވީދޯ.

    10
    1
  2. ވައިރަސް

    މި ސަ ރުކާ ރުން ކު ރާ ކޮންމެ ކަމަކީ އޮޅިގެން ކު ރާ ކަންކަން. ޢޮޅޭ ސަ ރުކާ ރު. ނާގާބިލް ސަ ރުކާ ރު.

    8
    1
  3. ޢިއްޒަތްތެރިޔާ

    ކޮންމެވެސް "ބޭފުޅެއްގެ" ނުކިޔަވާ ދަރިއަކު އިމްތިހާނުގައި ބައިވެރިވާންޖެހުނު އަހަރެއްތަ މިއީ ؟

  4. އާސިދާ

    މިކިހާ ދެ ރަކަމެއް ކޮންމެ ކަމެއްގަ އޮޅިގެނޭ ކިޔައި މިހެން މިކަން ކު ރީމަ ގައުމުގެ އަގުވެއްޓި އަންނަންއޮތްޖީލުތައް ހަލާކުވާނީ...އަޅެ ތިޔަ ކަހަލަކަންކަން ކު ރަންއެނގޭ ބަޔަކާ ހަވާލުކޮށްބަލަ ކޮންމެ ބަޔަކު ބަލަނީ ތިމާގެ ޕާޓީ ކުދިންކޮލު ރުއްސަން ފެންވަ ރެއް ނުބަލާ ވަޒީފާތައްވެސް ބަހަނީ...ވީމަ އެކަހަލަ ހުރިހާކަމެއް ހިނގާނެ ދެއްތޯ