ކޮވިޑް-19 ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިޔާވެފައިވަނީ 81 އަހަރުގެ އަންހެނެކެވެ.

އޭނާ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުން ދަނިކޮށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ނިޔާވި އެ އަންހެން މީހާއަކީ ދިވެހި އަންހެނެއް ކަމަށާއި، އޭނާ ނިޔާވީ މިއަދު މެންދުރު ފަހު 2:46 ހާއިރު ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 82 އަށް އަރާފައެވެ.

މިއީ ރޭ 12:00ގެ ފަހުން ކޮވިޑް ބަލީގައި ނިޔާވި ދެވަނަ މީހާ އެވެ. އިއްޔެ ރާއްޖެއިން ވަނީ ކޮވިޑް ޖެހިގެން ހަ މީހަކު ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ގިނަބަޔަކު ނިޔާވަމުން އަންނައިރު، އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައްވެސް ވަނީ ނުރައްކާ މިންވަރަކަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިއްތިހާދު

    ކޮބާ ވެންޓިލޭޓަރްތައް ކޮބޯ ފުލޯޓިން ހޮސްޕިޓަލް ކޮބާހިލޭބަހާ މާސްކްތަކް އިންޑިއާގެ ހާލަތައް ނުދަނީސް ރައްޔިތުންނުކުމެ މިސަރުކާރުޖަވާބުދާރީ ކުރުވަންޖެހޭ މީސަރުކާރުން ރާއްޖޭގެ ރައްތަކައްފެތުރީ ސިޔށާސީބޭނުމަކައް ވޯޓް ހޯދަން ބަލިމަޑުކަމެއްގެތެރޭ އިބޫއެއް ކާސިމެއް ނުބަލާ ނިކުމެޖެހޭ ހާލަތުބަދަލްކުރަން