ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގެ އިންޓަލިޖެންސް ރިޕޯޓު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ދެނެގަނެވިފައެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ނިރުބަވެރި ހަމަލާއެއް ކަމަށާއި އެކަމުގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަން ތަހުގީގު ކުރުމުގައި ފުލުހުންގެ ގާބިލިއްޔަތު ކަން ހުރި އެންމެ ފުރިހަމަ މިންވަރަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހަމަލާގެ ތަހުގީގައި ބޭރުގެ ފަރާތްތަކުގެ އެހީ ވެސް ހޯދުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ހަމަލާއާ ގުޅޭ އިންޓަލިޖެންސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހަމަލާއާ ގުޅިގެން ފުލުހުންގެ ހިދުމަތެއް އިންޓަލިޖެންސް މައުލޫމާތެއް ނުލިބޭ. މިކަން ކަން ނުހިނގަނީ ކީއްވެކަން ޕޯސްޓްމޯޓަމް ހައްދަވަން ޖެހޭ ފަރާތްތަކުން ހައްދަވާނެ. މިހާރު މަސައްކަތް މި ކުރަނީ މި ހަމަލާއާ ގުޅިގެން ފަހަތުގައި ތިބި މީހުން ހޯދުމަށް،" ހަމީދު ވިދާޅުވިއެވެ.

ހަމީދު އެގޮތަށް ވިދާޅުވިޔަސް، ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މީގެ ދެ މަހެއްހާ ދުވަސް ކުރިން، ފުލުހުންގެ އިންޓަލިޖެންސަށް ލިބިގެން ބައެއް ސަރަހައްދުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅިއެވެ. ހާއްސަކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިޔަވަޅުތައް ވަރުގަދަ، ޝައްކު ކުރެވޭ މީހުންގެ އަތް ދަބަސް ފަދަ ތަކެތި ބަލައި ފާސް ވެސް ކުރިއެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މި މައުލޫމާތެއް ހަމީދު ހިއްސާ ނުކުރައްވައެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ނަޝީދަށް އަމާޒުކޮށް، ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓަލެޖެންސް މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާގެ ފުރާނަފުޅަށް ގެއްލުން ލިބޭ ފަދަ ކަމެއްކޮށްފައި ވާތީ، މިކަމުގައި ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށެވެ. އަދި މިކަމުގައި 450 ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި، މިވަގުތު އެންމެ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަނީ ރޭގައި ދިން ނިރުބަވެރި ހަމަލައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިންޑިއާގެ އިންޓެލިޖެންސް ސަރވިސް

    ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މީގެ ދެ މަހެއްހާ ދުވަސް ކުރިން، ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު.

  2. ދޮގު އިލްޒާމް އެހެން ބަޔަކަށް

    އިންޑިއާ ސިފައިން މިގައުމުގައި ގާއިމްވެ ތިބެންފެށި ހިސާބުންވެސް މަމެން ހީކޮށްގެން ތިބިން މިފަދަ ދުވަހެއް އައިސްދާނެ ކަމަށް.

    11
    1
  3. ބޮޑު ޖަރީމާ

    ދޮގު ހެދުމާއި އޮޅުވާލުމާއި ދެވަނަ ކަމެއް ނޫން.

    13
  4. ހުސް ދޮގު

    ނޭންގޭނެ. އެއްވެސް ކަމެއް އިނގޭ ބަޔެއްތަ

    11
  5. ރިލޭޓިވް

    ދުވަހަކުވެސް އިނގޭ ކަމަކަށް ނުވާނެ.

    11
  6. ނެޕޮޓިޒަމް

    ތިއީ އާއިލީ ވެރިކަމެއް.

    11
  7. ފުރުވާލާށޭ

    ނަޝީދުގެ ސާޖަރީތައް ނިމިއްޖެ، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށް ވިނަމަވެސް މަމެން ގަބޫލެއް ނުކުރާނަމޭ ތިޔާ ލިބުނު އަނިޔާ ތަކަށް ރާއްޖޭން ފަރުވާ އެއް ލިބޭނެ ކަމަށް މިހާރުން މިހާރަށް ކެނެރީގެ ނަޝީދު އިތުރު ފަރުވާ އަށް ސިންގަޕޯރ އަށް ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ ފުރުވާލާށޭ

    5
    2
  8. ޔާގުންޑޭ

    އަޅުގަނޑު ގެއަށް ބަދަލު ނުކުރާށޭ ބުނީމާ ވެސް

    3
    11
  9. އިސްތިއުފާ

    ސަރުކާރުގެ ކެބިނެޓް ފެއިލް ވުމުގެ ނަތީޖާ ތަކޭ މިހާރު މިފެނިގެން ދަނީ ސަރުކާރު ގަނޑުކޮށް އިސްތިއުފާ ދޭންވީއޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ

  10. ބަފާބޭ

    ތިކަމުގައި ބައެއް ފުލުހުންނާއި ސިފައިންގެ އަދި ދީނީހަރުކަށި މީހުންގެ އަތެއްވާނެ..

    7
    4
  11. އިސްތިއުފާ

    ސާރޖަރީ ތައް ނިމުނު ނަމަވެސް ތިޔާ ކަމުން ފަސޭހަވާން އަދި ވަރަށް ގިނަ ދުވަސް ނަގާނެއޭ މިހާރުން މިހާރަށް ނަޝީދު ރާއްޖޭން ބޭރަށް ފުރުވާލަން މަމެން ރިކޮމެންޑް ކުރަމޭ ސަރުކާރުގެ ނާގާބިލް ކަމުންނޭ ރައީސް ނަޝީދަށް ނިރުބަވެރި ހަމަލާ އެއް ދެވޭނީ ސަރުކާރު އިސްތިއުފާ ދޭންވީއޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ

  12. އަހުމަދު

    ތިތާގަ އިންޓެލްއެއް އެބައޮތްތޯ، ތިތާގެ މަތި ބަދަލުކޮއްގެން ނޫނީ ތިތަން ރަނގަޅެއް ނުކުރެވޭނެ.

    14
  13. ކަނޑާލާ

    ފުލުހުން ކޮބާ ސިފައިން ކޮބާ ކޮން ކަމެއްތޭ ތަމެން ކުރަނީ ކުރެވެނީ ކުރާނީ ފުލުހުންގެ ބޮޑުން ސިފައިންގެ ބޮޑުން އިސްތިއުފާ ދޭންވީއޭ ސަރުކާރުގެ ކެބިނެޓް ވެސް އެއްކޮށް ފެއިލްވީއޭ ތަމެން ތިޔާއީ ބޮޑު ފެއިލިއަރ އެކޭ ސަރުކާރު ގެއަށް ކަނޑާލަންވީއޭ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ...

    8
    2
  14. ޙގ1996

    ކަނޑައެޅިގެން ދޮގެއް. އެމްޑީޕީއިން މީގެ ދުވަސްކޮޅެއް ކުރިން އޮންނާނެ އަންނިއަށް ހަމަލާއެއްދޭން އުޅޭކަމަށްބުނެ ނޫސް ބަޔާނެއްވެސް ނެރެފަ. ފުލުހުންނަށް މިމައުލޫމާތު އެނގިތިބެ އިހުމާލުވުމުގެ ޒިންމާނަގާ އިސްތިއުފާދީފަ ރައްކާވޭ ކަކުނިބޯ ހަމީދު

    11
  15. އަލީ

    އިންޓެލިޖެންސްތައް އޮންނަނީ ނަމަކަށް މިރާއްޖޭގައި. އެތަންތަން ބޭނުންކުރަނީ އޭރަކު އޮންނަ ސަރުކާރެއްގެ ސިޔާސީ އެޖެންޑާތައް ހިންގުމަށް. ޕީޕީއެމެއް އެންޑީޕީއެއް މައުމޫނެއް އެއަކު ނޯވޭ ތަފާތެއް. އިންޓެލިޖެންސްތައް އޮންނަނީ ރައީސްގެ މުށުތެރޭ. ޗީފް އޮފް ސްޓާފް ނޫނީ ޕޮލިސް ކޮމިޝަނަރު އެތަނުގެ ވެސް ވެރިންނަކީ. ދެން ނަމަކަށް ރަމްޒީ ގޮތުން މައްޗަށް ބަޔަކުލާފައި ތަންތަން ހިންގާށޭ ބުނެފައި އެމީހުންނަށް ނޯވޭ އޮތޯރިޓީއެއްދީފައެއް. އެތަންތަން ދާނީ ބޮލުރޮއްޖަކަށް ނޫންތޯ. އިންޓެލިޖެންސްއަކީ ފުރިހަމަ ނުފޫޒާ އޮތޯރިޓީ އޮންނަން ޖެހޭ ތަންތަން. އެތަންތާގައި ތިބެންޖެހޭނީ ވަގުތުދެވޭ ބުނެދެވޭ ކިޔާދެވޭ ބަސްވިކޭ މީހުން

    11
  16. ޔައުގޫބް

    ތި ފުލުހުންގެ މުވައްސަސާގެ ފެންވަ ރު.

    10
  17. އާދަމުގެދަރި

    މިވާހަކަ ބުނީމާ އެއްވެސް މީހަކު ރުޅި ނާންނާށެވެ. ދިވެހި ފުލުހުންގެ އިދާރާއަކީ ފެއިލްވެފައި އޮތް ކަރަޕްޓް އިދާރާއެކެވެ. މިހާރު އޮތް ގާނޫނާ އެއްގޮތަށް ފުލުސް އޮފީސް ހިންގައިގެން ވެރިން ލައްވައިގެން އެތަން ރައްޔިތުން ބޭނުންވާ ފަދަ ހުށިޔާރު ތަނަކަށް ނުހެދޭނެ. ތަން ތަނަކަށް ހަދަން ބޭނުމިއްޔާ އަދިވެސް ރިޓަރޔަރޑް އާމީ ޖެނެރަލުން ތަނުގެ ޑިވިޜަންތަކުގެ ހެޑުންގެ ގޮތުގައި ގެންނަވާށެވެ. އޭރުން ތަފާތު ފެންނާނެ. އެތަނުން ނެތިގެން އުޅެނީ ޑިސިޕްލިންގ އާއި މިލިޓްރީ އަޚުލާޤެވެ. ދިވެހިރާއްޖެއަކަށް ބޭރު ގައުމެއްގެ ފުލުހުންގެ އަޚުލާޤެއް ނުފެތޭނެ. މިތަނަށް އަދިވެސް ފެތޭނީ މިލިޓްރީ ދިވެހި އަޚުލާޤު.

    11
    1
  18. ވަހީދުބެ

    ފުލުހުންގެ އިންޓެލިޖެންސަށް އެނގެނީ ކޮންކަމެއް. ރާއްޖޭގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ރައީސް ސުންނާފަތިކޮށްލިއިރު ތި އިންޓެލިޖެންސަށް ތަނެއްދޮރެއްނޭނގޭ. ތި އިންޓެލިޖެންސުން ބަލަނީ މާރުކޭޓުން ރިހާކުރު ފުޅި ވަގަށްނަގަން އުޅޭތޯތަ. އެ ސަރަޙައްދަކީ ސަލާމަތީގޮތުން ބެލެހެއްޓެންޖެހޭނެ ތަނެއްކަންވެސް ނޭނގޭދޯ.

    4
    1
  19. ސާރ

    ސީޕީ މެންހެ އިންޓެލިޖެންސު ހިނގާނީ ލާދީނީ އެމްޑީއެންގެ ހިމާޔަތާއި ދެންވެސް ތާކުން ތާކު ނުޖެހޭ ކަންކަމުގަ އާއި އާއިލީ ވެރިކަން ހިފެހެއްޓޭތޯއެވެ. ގައުމުގެ މުހިންމު މަގާމުތަކައް އެކަށީގެންނުވާ މީހުން ލައިގެން މުއައްސަސާތައް ކޮމްޕުލަސެންޓު ވެފައިވާއިރު އޭގެ ދެރަ ލިބޭނެ އެންމެންނައް. މިހާދިސާއިންވެސް އެބަ ހާމަވޭ.. މިތާގަ ފުލުހުންނާއި ދިފާއި ބާރޭ ކިޔައިގެން މިތާއުޅޭ ގުރޫޕުގެ ދޯހަޅިކަން އޮތް ހިސާބު. މުޅި ފުލުހުންނާއި އެމްއެންޑީއެފް އެއޮތީ އޯވަހޯލް ކުރަންޖެހިފަ. އެކަމުގެ ހެއްކެއް މިހާދިސާ ހިނގީމަ އެންމެފުރަތަމަވެސް ބިސްމިކިޔާފަ ދުނިޔޭގެ އަނެއްކޮޅުގަ އޮތް އޮސްޓުރޭލިޔާ އިން ތަހުގީގުޓީމެއް ގެންނަން ސަރުކާރުން ނިންމި ނިންމުމަކީ. އެއީ ހެކި ޚުދު މިސަރުކާރުވެސް މިސަރުކާރުގެ ފުލުސް މުއައްސަސާއާއި އަދި އެމްއެންޑީއެފައް އެއްވެސް އިތުބާރެއް ނުކުރާކަން ފެންވަރު ރަނގަޅު ތަހުގީގެއް ކޮއްލާކަށެއް. މުއައްސަސާތަކުގަ މިތާގަ ތިބެނީ ހުސަ ބޯކެހިން ކަމާއި އަދި އެއީ ސަރުކާރުގެ ދޯހަޅި ދެއުޅިއެއްނެތް އަން ސިސްޓަމެޓިކް ހިއުމަން ރިސޯސް ސިލެކްޝަނުގެ ސަބަބުން ވީކަމެއްކަން.