ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ބޮމުގެ ހަލަމާގެ ސަބަބުން ލިބިވަޑައިގެންފައިވާ ޒަހަމްތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ފަރުވާ ދިނުމަށް ބޭރަށް ގެންދިއުމަށް ނިންމައިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ގެންދަން ނިންމާފައިވަނީ ސިންގަޕޫރަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާއެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ރައީސް ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ސިންގަޕޫރަށް ގެންދިއުމަށް ނިންމާފައިވާއިރު، އެމަނިކުފާނަށް އޭޑިކޭގައި ވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައެވެ. އެއޮޕަރޭޝަންތަކަކީ ބޮން ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ ބޮލަށާއި މެޔަށާއި ބަނޑަށް އަދި ފަޔަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކޮށްފައިވާ އޮޕަރޭޝަންތަކެވެ. މި އޮޕަރޭޝަންތަކަށް 16 ގަޑިއިރު ހޭދަވި ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމުގައި ކޮށްފައިވާ އޮޕަރޭޝަންތަކަކީ ކާމިޔާބު އޮޕަރޭޝަންތަކެއް ކަމަށާއި އެހެން ނަމަވެސް މިވަގުތު ހާލު ސީރިއަސް ކަމުން ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މިހަމަލާގައި ރައީސް ނަޝީދާއިއެކު ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ކީއްވެބާ އިގިރޭސިވިލާތަށް ނުގެންދަނީ

    41
    20
    • ރައްޔިތުން ހެއްލުން

      ބުއްޅަބޭ އެބުރި ރާއްޖެ އަންނަ ދުވަހު މީނަ ބޭނުންވަނީ ދިވެހި ރައްޔިތުން ނަޝީދަށް ހޫނު މަރުހަބާއެއް ކިޔަން. އޭރުން ގެއްލުނު ތާއީދު އަނބުރާ އަނެއްކާވެސް ހޯދުނީ.

    • ކެކެކެ

      އަލީ ވަހީދު ހުރީމަ.

  2. ސައްހަ

    އަބުރާ ރާއްޖެ ނާއްސީޔާ ވަރައް ރަގަޅު.

    63
    53
  3. ޢަލީކޮއި

    ތިކަމަށް އެންމެ ރަނގަޅުވާނީ އިންޑިޔާ.

    57
    22
  4. ދަންބެރު

    ދެންރާއްޖެ ނައުމަށް އެދެން ފިތުނަފަސާދަ އުފަށްދާމީހެއްތީ.

    51
    25
  5. އަންމަރު

    ރާއްޖޭގައި އޮތް ނަމަ ގޭމު ފަޅާ އަރަނެތީ ނައްޓާލަނީ.. ރަސޫލާއަސް ބަދުބަސް ބުނުމުން ކަނުވެފައިވާ މަޖުލީސް ދަމަށް ހެލައިގެން މަސައްކަތް ފަށައިފި.. އެކަމަކު ހަމަ ރައްޔިތުންގެ މެންބަރުންނޯ. ޙަރާން ކޯރު

    46
    15
  6. ހާލުފޮޅި

    ގެއްލެނީ ތޯއްޗެ...

    20
    15
  7. ޛ

    ޢާއިލާ އިން ބުންޏޭ ރަނގަޅޭ އޭޑީކޭ އިން ބުންޏޭ ސީރިއަސއޭ ކީކޭ މިކިޔަނީ

    10
    4
  8. އެމަންޖެ

    ދެންތިޔަ ކުޅެން އުޅުއްވާ ޑުރާމާ އުމުރުގެ ބާކީބައި ގައުމުން ބޭރުގަ ފުރިހަމަ ކުރައްވާ. މިގައުމައް ބޭނުންތެރި މީހެއްނޫން ތީކީ.

    16
    9
  9. ސޭމް ސްޓަންޓް އިން އަ ޑިފެރެންޓް ވޭ

    ބުއްޅަބޭ އެބުރި ރާއްޖެ އަންނަ ދުވަހު މީނަ ބޭނުންވަނީ ދިވެހި ރައްޔިތުން ނަޝީދަށް އެއްކަލަ ގޮތަށް ހޫނު މަރުހަބާއެއް ކިޔަން. އޭރުން ގެއްލުނު ތާއީދު އަނބުރާ އަނެއްކާވެސް ހޯދުނީ.

  10. ކިނބޫ

    ދެން ނާންނައްޗޭ.
    ޓެރަރިސްޓުން ޖަލުން ނެރެ ހުރިހާ ތަނަކަށް އުނދުޅި ބާނަން ފުރުސަތު ދިނުމަކީ ނުރައްކާތެރިކަމެއްކަން އެނގިއްޖެ؟ ޕާޓޭން ޕާޓޭންނާ ތަޅާފޮޅަހެން ޓެރަރިސްޓުން ޓެތިރިސްޓުންނާވެސް ތަޅާނެ.

  11. ޥަހީދުބެ

    ރަނގަޅީ ދެންދާ ގޮތަށް އެކޮޅުގަ މަޑުކުރިއްޔާ! ޑްރާމާގެ މޭކަޕް މިކޮޅުން އެެހާ ކަމުނުދާތީވެ އެކޮޅަށް ދަނީހެން ހީވަނީ. މަގުބޫލުކަން ހޯދަން ޖައްސާ ޕަބްލިސިޓީ ސްޓަންޓެއްތީ! މީނައެއްނު އުނގަޑު އޮޕަރޭޝަނަށޭ ކިޔައިފަގޮސް ގޮނޑިދުއްވަންވެސް އުޅުނީ! މީނަ އެއްޗެކޭ ބުނޔަސް އެކަން ވެެރިފައިކޮށްފަ ގަބޫލުކުރެވޭނި.