ފުލުހުންގެ އިންޓެލިޖެންސްއާއި ސިފައިންގެ އިންޓެލިޖެންސްއާ ދެމެދު އަބަދުވެސް ވާދަވެރިކަމެއް އޮންނަ ކަމަށާއި އިންޓެލިޖެންސަށް މައުލޫމާތު ލިބުމުގައި ހުރި މައްސަލަތައް ހައްލު ކުރަން އެ ކަމަށް އެއް އިދާރާއެއް އުފައްދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ސިރާޖް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ނުލިބޭ ކަމާއި ފުލުހުންގެ އިންޓެލިޖެންސްގައި މައްސަލަތަކެއް އުޅޭ ކަމާއި އެ މައްސަލަތައް ބަލައި ހައްލު ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެފައިވަނިކޮށެވެ.
ސިރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ ފެއިލާގެ ވާހަކަ ފާޅުގައި މިހާރު ދައްކަން ޖެހިފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސްއާއި ސިފައިންގެ އިންޓެލިޖެންސްއާ ދެމެދުގައި ވާދަވެރިކަން އަބަދުވެސް އޮންނަ ކަމަށް ސިރާޖް ވިދާޅުވިއެވެ. އެ ކަން ހައްލު ކުރުމަށް ޓަކައި ފުލުހުންނާއި ސިފައިން ތިބޭ މަރުކަޒީ އެއް އިދާރާ އިންޓެލިޖެންސަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"މި ކަން ހައްލު ވާނީ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީއެއް އުފެއްދިގެން،" ސިރާޖް ލިޔުއްވާފައިވެއެވެ.
އިންޓެލިޖެންސްގެ ފެއިލިއާ އާ ގުޅިގެން ފާޅުގައި މި ވާހަކަ ދައްކަން ޖެހިއްޖެ.
ފުލުހުންގެ އިންޓެލިޖެންސާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ މެދުގައި ވާދަވެރިކަން އަބަދުވެސް ބޮޑު. މިކަން ހައްލުވާނީ ސެންޓަރަލް އިންޓެލިޖެންސް އެޖެންސީއެއް އުފެއްދިގެން.
— Moosa Siraj (@MoosesSiraj) May 7, 2021
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް އެ ސަރަހައްދު ކައިރިންނެވެ. އެ ވަގުތު ގޮއްވާލާފައިވަނީ އެ ސަރަހައްދު ކައިރީ އޮތް ސައިކަލެކެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި އާންމުންގެ ދެ މީހަކަށް އަނިޔާވެފައިވެއެވެ.
ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އެމަނިކުފާނު ކުރަން ޖެހޭ ސާޖަރީތައް މިހާރު ނިމިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިހާރު ދަނީ ރެކަވަރީ ނުވަތަ ޒަޚަމްތައް ރަނގަޅު ކުރުމުގެ މަރުހަލާ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހަށިކަޅޮގައި ބޭރުފުށުން ވެސް އެ ވަގުތު ޒަޚަމްތައް ފެންނަން ހުއްޓެވެ.
ބޮޑު ރޯނުއެދުރު ފަތުވާއެއް ނެރުނީ ދޯ.
ރާއްޖޭގައި ވެރިކަންކުރަން ގާނޫނުގައޮންނަނީ އެއްމެރައީސެއް އެކަމަކު ދެ ރައީސުންތިބޭ ގަބޫލުކުރަން ޖެހެނީ ކޮންރައީސެއްގެ އަމުރެއްބާ މިކަންވެސް އެކަށްޗަކަށް ހެދުންމުހިއްމު.
ދެންކީއްވެ މާލަހުން ތިވާހަކަ ތިޔަވިދާޅުވީ އެއްއުރައެއްގައި ދެކަނޑިވެސް އެބައޮތް ރަށްޔަތުން ދެއްކީމަކަމުނުދަނީ .
ޢަދިބުގެ ވަކީލު ކުއްލިއަކަށް މިއަދު އަނގަފެޅީދޯ.. ކަލެއަށް ވަރަށް ކަންކަން އެގޭހެންއެބަހީވޭ..
ތިކަމަށް އިބުއެބަހުރި ރައީސްއޮފީހުގަ އޮފީހެއް އުފައްދައިފަ. ޢެތަނުން ބަލާނެ ތިކަން
އިންޓެލްއެއް ނޫން މައްސަލަޔަކީ. ސިޔާސީ ނުފޫޒުން 2 މުއައްސަސާ މިނިވްނކުރަންވީ. އޭރުން ބަރާބަރަށް އިންތެލިޖެންސް ވެސް އަދި ތަންވެސް ހިނގާނެ. ސިޔާސީ މީހުން ބޭރުކޮށް މުސްތަޤިއްލު ތަނަކަށް 2 މުއްއްސަސާ ހަދަންވީ.