ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ދޭނެ ކަމަށް ޝައްކުވާ މީހުން މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުންގެ މުއައްސަސާއިން އެދިވަޑައިގެންފިއެވެ.

ފުލުހުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ހަމަލާއާ ގުޅިގެން ހަމަލާއެއް ދޭނެ ކަމަށް ޝައްކު ކުރެވޭ މީހެއް ނޫނީ ބަޔެއްގެ މައުލޫމާތު ލިބިފައިވާނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާ ކުރުމަށެވެ.

އަދި ނުރައްކާތެރި އަމަލެއް ދޭން އުޅޭހެން ހީވާފަދަ މައުލޫމާތެއް ލިބުނަސް އެ މައުލޫމާތެއް ހިއްސާ ކުރުމަށް ވެސް ފުލުހުން އެދިވަޑައިގެންފައިވެއެވެ.

މިފަދަ މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުން ވަނީ ހޮޓްލައިނެއް ވެސް ގާއިމްކޮށްފައެވެ. މި ގޮތުން 9704000 އަށް ގުޅުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް އެ ސަރަހައްދު ކައިރިންނެވެ. އެ ވަގުތު ގޮއްވާލީ އެ ސަރަހައްދު ކައިރީ އޮތް ސައިކަލެކެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި އާންމުންގެ ދެ މީހަކަށް އަނިޔާވެފައިވެއެވެ.

ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އެމަނިކުފާނު ކުރަން ޖެހޭ ސާޖަރީތައް މިހާރު ނިމިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިހާރު ދަނީ ރެކަވަރީ ނުވަތަ ޒަޚަމްތައް ރަނގަޅު ކުރުމުގެ މަރުހަލާ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހަށިކަޅޮގައި ބޭރުފުށުން ވެސް އެ ވަގުތު ޒަޚަމްތައް ފެންނަން ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕޮގުބާ

    މޮޔައިން އުޅޭތަ މިހާރުވެސް ތިކަހަލަ ވާހަކަ ފުޅުހުންނާ ހިއްސާކުރަން ތިޔައުޅެނީ ބަޔަކުލައްވާ ލާރިތަކެއްދީގެން ތިކަން ނުކުރާ ބައެއްގެ ބޮލުގަ ބަދުނާމް އަޅުވަން އެކަންކުރިމީހުން ތިބޭނީ ދުރުގަހޭން

    7
    1
  2. ކިނބޫ

    އަލީ ޔާސިރު ކިޔާ މީހަކު ފޭސްބުކް ގަ ލިޔެފަ އެބައޮތް ގޮއްވާލާނެ ވާހަކަ. ފިޔަވަޅު އަޅަން ކެރޭނެބާ؟

  3. މަދިއްޓޭ

    މާލޭގެ ގޭންގް ހަދައިގެން އުޅޭ ހުރިހާ ފަރާތްތައް ހައްޔަރުކޮށް މާލެ އަމާން ތަނަކަށް ހައްދަވާށެވެ. ތިޔަ ގުރޫޕްތައް ތިބެނީ ދައުލަތައް ވުރެ މަތީގައެވެ. މީސްމީހުންނަށް އަނިޔާވެރިވުމާއި ކުށްތަކަށް އަރައިގަތުން އާންމު ވެއްޖެ..

  4. ޙޯކޯ

    ދީނީ ގޮތުން ހައްދުފަހަނަ އަޅަފައި ތިބޭ މީހުންނާއި އަދި އެކި އެކި ސިޔާސީ މީހުން ވެސް ބޭނުން ކުރާ ބަޔަކީ މާލޭގެ ގޭންގުތަކެވެ. މިމީސްމީހުން ހިފާހައްޔަރު ކުރުމަށް ގޮވާލަން...

  5. އެމަންޖެ

    1.ކެނެރީ ނަޝީދު
    2.ކެނެރީ އީވާ

  6. ޢބޮލަިސް

    ޏޯކޮމެންޓް