ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަށްޓާވަފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ހަމަލާ ދިން މައްސަލައާއެކު ދިގުދެމިގެންދާ ޖަލްސާއެއް ރައްޔިތުންގެ މަޖިލީހުގައި ވަނީ ފަށައިފައެވެ. މި ޖަލްސާގައި ރިޔާސަތުން އެންގުންތަކެއް އެންގުމަށް ފަހު، ޖަލްސާ މެދުކަނޑާލައެވެ. އަނެއްކާ ވެސް ފަހުން ޖަލްސާ ފަށައިގެން ރިޔާސަތުން އެންގުމެއް އަންގައި ޖަލްސާ މެދުކަނޑާލައެވެ.

މިއަދު ހަވީރު އަލުން މަޖިލީހުގެ ޖަލްސާ ފަށްޓަވައި އީވާ ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އޮޕަރޭޝަންތައް ނިންމުމަށް ފަހު ޒަޚަމްތައް ރަނގަޅުވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި ހާލަތު ސީރިއަސް ކަމުގައި އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދެއްވި ކަމުގައި ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާއެއް ދެވިފައި ވަނީ މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ފަށްޓަވާފައި ވަނިކޮށެވެ. އެމަނިކުފާނު އަލުން އަނބުރާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން ދެން ވެސް އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ކުރެއްވުމުން ގެންދެވި މަސައްކަތް ކުރިއަށް ގެންދާނަން. އެމަނިކުފާނަށް އަލުން އަނބުރާ އާދެވެން ދެން އަޅުގަނޑު ހަމަ ގައިމު ވެސް އަޅުގަނޑުގެ ހުރި ހިތްވަރަކާއެކު ކުރިއަށް ގެންދާނަން." އީވާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ލީޑާޝިޕްގައި އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު ފެށި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހާއެކު، މަޖިލީހުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ވެސް ގެންނަމުންނެވެ. މި ގޮތުން ކުރީ މަޖިލިސްތަކަށް ވުރެ މި މަޖިލީހުގައި ކޮމިޓީތަކުގެ މަސައްކަތް އިތުރުކޮށް، ކޮންމެ މައްސަލައެއް ގޮތަށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ދަނީ ދިރާސާކޮށް ފާރަވެރިވަމުންނެވެ.

މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ކުރިއަށްދާއިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ގެންދަނީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ދިރާސާ ކުރަމުންނެވެ. މި ކޮމިޓީއަށް ސަލަމާތީ ޚިދުމަތްތަކުގެ އިސް ބޭފުޅުން ހާޒިރުކޮށް މަޝްވަރާ ކުރެވެމުންދާ ކަމަށް އެނގިފައިވެއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް އެ ސަރަހައްދު ކައިރިންނެވެ. އެ ވަގުތު ގޮއްވާލާފައިވަނީ އެ ސަރަހައްދު ކައިރީ އޮތް ސައިކަލެކެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި އާންމުންގެ ދެ މީހަކަށް އަނިޔާވެފައިވެއެވެ. ދެން ތިބި ފަރާތްތަކުގެ ހާލަތު ރަނގަޅެވެ.

ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އެމަނިކުފާނު ކުރަން ޖެހޭ ސާޖަރީތައް މިހާރު ނިމިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިހާރު ދަނީ ރެކަވަރީ ނުވަތަ ޒަޚަމްތައް ރަނގަޅު ކުރުމުގެ މަރުހަލާ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހަށިކަޅޮގައި ބޭރުފުށުން ވެސް އެ ވަގުތު ޒަޚަމްތައް ފެންނަން ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޞަނަމް

  ރެނހެނދި ހަދީޖާއަށް ނުވިކަމެއް ދަށްތައަށް ވެދާނެބާ..

  13
  1
 2. ސަގަރު

  ޑުރާމާ ކުޅެން ނޫޅޭ.

  16
  1
 3. ހުސޭނުބޭ

  ރައީސް ނަޝީދު ފެއްޓެވި މަސައްކަަތަކީ އިސްލާމްދީނަށް ފުރައްސާރަކުރުން.
  އަދި އެބަ އޮތް އެއް ކަންތައް
  ރާއްޖޭގައި ޓެރަރިޒަމް އުފެއްދީ ރައީސް ނަޝީދު
  ޓެރަރިޒަމް ޤާނޫނެއް ފުރަތަމަ ރާއްޖޭގައި ފާސްކުރެވުނީ 1990 ވަނަ އަހަރު ރާއްޖޭގައި ސާކް ސަމިޓް ބޭއްވިޔަނުދޭން ނަޝީިދު އެކަމުގައި ބައިވެރިވެ ބޮންގޮއްވުމުން
  ދެން ތި ގޮނޑޮޔަށް އަރާ އިނދެ މި ދެކަން އޮތީ ކުރިޔަށް ގެންދެވެން.

  14
  1
 4. އޮޅުވާލި ވޯޓު

  ޚަލެޔަކީ ރައްޔަތަކައް ކޮންކަމެކޮއްދީފަހުރިމީހެ މިއަދުމާރައްޔަތުންވެގެތިއުޅެނީ ކެނެރީގޭ މީހާއޭކިޔާފަ ރައްޔަތުންގެ ބޮލައްސަވާރުވާނ3ކަމެނެތް

 5. ސަރާ

  ކޮން ކަމެއްތަ ފަށާފައޮތީ ކެސިނޯ އެޅުންތަ .

  14
  1
 6. އެމަންޖެ

  ނަޝީދާއެކު އީވާވެސް މިދިވެހި ގައުމުން ބޭރުކުރޭ.

 7. ޅޮލް

  ކުރިއައް އޮތީ ނާޗަރަންގީ ކުޅޭގޭ އެޅުން