ފަތުރުވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވި ނ. ވެލިދޫ އަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ވެލިދޫން ސިއްހީ މަރުކަޒުން ރޭ ވަނީ އެރަށުން ފަތުރުވެރިންތަކެއް ކޮވިޑަށް ފައްސިވެފައިވާ ކަަމަށް ބުނެފައެވެ.

އެރަށު ސިއްހީ މަރުކަޒުން ރޭބުނީ، އެރަށުގައި ތިބި ފަތުރުވެރިންގެ ތެރެއިން 16 ފަތުރުވެރިއަކު ކޮވިޑަށް ފައްސިވެގައިވާ ކަމަށެވެ.

ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ މަރުކަޒުން ބުނެފައި ވެއެވެ.

އެރަށު ކައުންސިލް ނައިބް ރައީސް އަހުމަދު ޖައުފަރު "ވަގުތު"އަށް ވިދާޅުވީ، އެރަށުން ފައްސިވި 16 ފަތުރުވެރިންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި 25 މީހެއްގެެ ސުންކު ނަގާފައިވާ ކަމަށް ޖައުފަރު ވިދާޅުވިއެވެ.

އަދި ރަށުގެ އާބާދީގެ 10 އިންސައްތަ މީހުންގެ ސުންކު ނަގައި ފޮނުވަން ޖެހޭ ކަމަށް ބެެލެވޭ ކަމަށް ޖައުފަރު ވިދާޅުވިއެވެ.

އަދި ފައްސިިވި އެންމެން ވަކިން ކަރަންޓީންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ހެލްތް އެމާޖެންސީ އޮަޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވީ، މިހާރު އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

މިހާރު އަތޮޅު ތެެރޭގެ 30 ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔަތުން

    ކޮވިޑް ފެތުރުނީ ސަރުކާރާ އެޗްޕީއޭގެ ދޯހަޅި ސިޔާސަތުގެ ސަބަބުން. އިބޫ ސޯލިހް އާ މައި މޫނާ އިސްތިއުފާ ދޭންޖެހޭ. މިސަރުކާރުން މޯދީ ގެ ބަސް އަހައިގެން ދިވެހިން މަރާ ހުސްކޮއްފި