ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޭގައި ހުއްޓާ ބޮމުގެ ހަމަލާއެއް ދިނުމަށް ގޮވާލީ މަޖާޒީ ގޮތަކަށް ކަމަށް އެ ވާހަކަ މީސްމީޑިއާގައި ލިޔުނު ފަރާތުން ބުނެފިއެވެ.
މީސްމީޑިއާގައި އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު ވަނީ ރޭގެ ވަގުތެއްގައި ރައީސް ނަޝީދަށް ދީފައިވާ ބޮމުގެ ހަމަލާއަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދިން ހަމަލާއެއް ގޮތަށް ސިފަކޮށްފައެވެ.
އެގޮތުން އޭނާ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލުން ނެރުމާއި އެކީ އެއްޗެހި ގޮއްވަން ފެށީ ކަމަށާއި ރައީސް ޖެހެނީ ގޭގައި ބަހައްޓާފައި ގޮއްވާލަން ކަމަށެވެ.
"ހަމަ ޖަލުން ނެރޭއިރަށް ގޮއްވަން ފެށީ!. ގޭގަ ބަހައްޓާފަ ގޮއްވާލަން ވަރަށް ރަނގަޅަށް!" އަލީ ޔާސިރް ނަމަކަށް ކިޔާ އެ މީހާ މީގެ ކުރިން ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާ އާއި ދެކޮޅަށް ވާހަކަދައްކާފައި ވެއެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އެއީ މަޖާޒީ ގޮތަކަށް ބުނި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދިފައެވެ.
"އެސްޓޭޓަސް އަކީ ގޮއްވުމަށް ހިތްވަރުދީ، މީހަކަށް ގެއްލުމެއް ދޭ ނިޔަތުގަ އެއް ނޫން. މަޖާޒީ ގޮތަކަށް އެވަގުތު ހިތަށް އައި ޝުއޫރެއް ފާޅުކޮށްލީ. އަދި މިހާރު އަންޕަބްލިޝް ކޮށްފައި ވާނީ" ވަގުތު ނޫހުން ޝާއިރު ކޮށްފައިވާ ހަބަރެއްގެ ކޮމެންޓުގައި އޭނާ ބުނެފައި ވެއެވެ.
މީގެ އިތުރުން އޭނާ ބުނީ ދުރު މީހުންނަށް އޭނާ ކުރިން ލިޔުނު ސްޓޭޓަސް ފެންނާނީ ވަރަށް ނުބައި މާނައެއްގައި ކަން ގަބޫލު ކުރައްވާ ކަމަށާއި އަދި އެގޮތަށް ހީކުރެވޭނަމަ އެކަމަށް ވަރަށް ހިތާމަ ކުރާ ކަމަށެވެ. އަދި އޭނާ އަކީ ސިޔާސީ މީހެއް ނޫން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
"މިކަމުން މީހުންގެ ހިތުގަ ހިތްބުރަ ކަމެއް، ނުރުހުމެއް އުފެދިފައިވާނަމަ މާފަށް އެދެން" އޭނާ ބުންޏެވެ.
ރައީސް ޔާމީނާއި ގުޅިގެން މިފަދަ ވާހަކަތަކެއް އޭނާ ދައްކާފައިވާއިރު، ރައީސް ނާޝީދުގެ އަންހެން ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވަނީ އެހަމަލާއަކީ އެތެރެއިން ރޭވިގެން ހިންގާފައިވާ ހަމަލާއެއް ކަމަށާއި އެހަމަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަތެއް ވާނެ ކަމަށް ބުނެފައެވެ.
މާފަށް އެދުނަސް ބަލައިނުގަނެވޭނެފަދަ ލިޔުމެއް އެއީ. އޭނާ ތަހުގީގު ކުރެވެންޖެހޭނެ.
ތީ މާޖާ އެއްޗެއްނޫން ބުނާން. މިމައްސަލަބަލަންޖެހޭނެ. މީހަކު ގަސްތުގައި މަރާލުމަށް ނޫނީ އަނިޔާއެއްދިނުމަށް ހިތްވަރުދޭ ވާހަކަ ދެކެވުމަކީވެސް ޓެރަރިޒަމްގެ އަމަލެއް.
އަލީޔަހުޔާއަށް އެނގޭތޯ އެއީ ގާނޫނީ ކުށެއްކަން ނޭންގޭކަމުގައިވާނަމަ އެފަދަލާއިންސާނީ ވާހަކަނުދެއްކުމަށް ގޮވާލަން އެއްއިންސާނަކު އަނެއް އިންސާނާގެ ކަރާމާތަށް އަރައިނުގަތުމަށް ގޮވާލަން.
ކީއްކުރާނީ މީި ފެނަވަރު ދުއްޕާފަ ޔާމީނާ ކިއާ މީހުންގެ
ކަލޭގެ ލަދު ކޮބާ؟ މީހުންނަށް އަނިޔާވެރިވުން އެއީ މަޖަލަށް ދެއްކޭނެ ވާހަކައެއްނޫން.ކަލޭ ތިހިރީ ގަޔަށް ސީ ލެވިފަ.
ހިތައްއެރިހާ އެއްޗެއްގޮވާފަ ލިޔެފަ ޝާއިއުކޮށްފަ ކީކޭ މިކިޔަނީ!! ރައިސް ޔާމީން ގެއަށްބަދަލުކުރީމަ ގޮއްވަންފެށީއޭ ގޭގައި ބަހައްޓާފަ ރަގަނޅަށް ގޮއްވާލަންވީއޭ ބުނެ ބިރުދައްކާ އިންޒާރު ތިދިނީ މިހާރުވެސް މިރާއްޖޭގެ އެންމެގިނަބަޔަކު ސަޕޯޓްކުރާ ވެރިއަކާ ދިމާލައްކަން ހަނދާންނެތުނީތަ؟ ބިރުދައްކާ އިންޒާރުދިން މައްސަލަ ބަލަންޖެހޭނެ!! ޓެރެރިޒަމަށް ހިތްވަރުދިން މައްސަލަ ބެލެންޖެހޭނެ!! މީނާއާދޭތެރޭ ފިޔަވަޅުއެޅެންޖެހޭނެ!! ދައްކަންޖެހޭ ވާހަކަތަކާ ނުދައްކަންޖެހޭ ވާހަކަތައް މީނާއަށް އެނގޭވަރުގެ އަދަބެއް މީނާއަށް ލިބެންޖެހޭނެ!! ރައިސް ޔާމީނާ ކުޅެން ނޫޅޭތި ދޮގުއިލްޒާމްތައް އަޅުވައިގެން!! ރައިސް ޔާމީންގެ ސަޕޯޓަރުންޖެހޭ މިކަމާއިގެން އުޅެން އެހެން ބަޔަކު މިއީކަމަކަށް ނަހަދާ ދޫކޮށްލައިފިނަމަ!! ގައުމުގެ ހަމަޖެހުންންގާލާ ވާހަކަތައް ނުދެއްކޭނެ! އަމުދުން ޓެރަރިޒަމަށް ހިތްވަރުދޭ މީހުން ގޮއްވާ މަރާ ވާހަކަތައް ދެއްކިގެންނުވާނެ!! މީނާއަށް އަދަބުދޭންޖެހޭ ކަމާބެހޭ އިދާރާތަކުން!! އެއްވެސް މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންލިބޭކަމެއްކޮށްގެންނުވާނެ!! ތަންތަން ގޮއްވައިގެންނުވާނެ!!
އެއްވެސް މީހަކު މަ ރާލުމަށް ފާޅުގައި ނުވަތަ ސިއް ރުން
ވެސް ގޮވާލުމަކީ ޓެ ރަ ރިޒަމްގެ އަމަލެކެވެ. މިކަން ތަހްގީގު
ކޮށް ސަ ރީޢަތް ހިންގުމަށް ސަ ރުކާ ރަށް ގޮވާލަމެވެ.
ތިފަދަ ގޮވާލުންތަކަށް މާފު ނުކުރެވޭނެ ސަބަބަކީ އެފަދަ ދަށުދަރައިގެ އަމަލު ތައް ކުރާމީހުންނަށް ހިތްވަރު ދިނުން އަހަރެންގެ ނަޒަރުގައި އެގަދަ ގޮތަކަށް ވާހަކަ ދައްކާނީ ވެސް އެބައިގެ މިހުން ތަންތަން ގޮއްވާ ޓެރަރިޒަމަށް ހިތްވަރު ދެނީ ވެސް ޓެރަރިސްޓެއްe
މިކަހަލަ ގޮވާލުންތަކަށް މާފުދެވިގެންނުވާނެ..
އަންނި އަށް ހަމަލާދިނީވެސް މަޖާޒީކޮށްނޭ ބުނަންވީނު.
ކޮންމަޖާޒެއް ބަޖާޒެއް ކިޔާކަށް. ތީ ހަމަ ގަސްތުގަ ރައީސް ޔާމީނަށް ގެއްލުންދޭން ބުނިއެއްޗެއް. ޕޮލިހަށް ކެރޭނެތަ މީނާ ހައްޔަރުކޮށް ސުޥަލުކުރަން؟
ބޮންގޮއްވީވެސް މަޖާޒީގޮތަކަށޭ ބުނީމާ ނިމުނީދޯ
ނުސީދާ ގޮތަކަށް ވިއަސް އެ އޮތީ ބުނެވިފަ. ކިޔާނެހާ އެއްޗެއް ކިޔާފަ ދެން މަޖަލޭ ކިޔާނެ ކަމެއް ނެތް. މީި ނުބަލާ ދޫކޮށްލަންވީ ވަރުގެ ކަމެއް ނޫން. މީސްތަކުންގެ ތެރޭ ފިތުނަ އުފެދޭ ގޮތް ގޮތަށް ވާހަކަ ދެއްކުމަކީ އެއްވެސް ހާލަތެއްގަ ބަލާގަނެވޭނެ ކަންކަމެއް ނޫން.
އޭނާއަކީ ނިރުބަވެރިންގެ ލިސްޓްގައި ގިންތިކުރެވޭނެ ބޮޑު ޓެރަރިސްޓެއް. ތިޔަ ޔާސިތރު ހައްޔަރުކޮށް 50 އަހަރުގެ ޖަލުހުކުން ތަންފީޒުކުރަންޖެހޭނެ. މިނޫންގޮތަކަަށް މިކަން ނުހުއްޓުވޭނެ.
އޭނާއަށް މިއީކޮން މައްސަރެއް ކަމެެއްވެސް އިޙްސާސް ނުކުރެވުނުތާ އެފަދަ ގޮވުން ގޮވާއިރު ހިތާމައަކީ މިސަރުކާރުން ތިޔަފަދަ ކަމެއް ނުބަލާނެ އެމީހުންގެ މީހެއްގެ ވާހަކަބުނެވުނު ނަމަ ފަހަރެއްގަ ބެލީސް ތޯއްޗެއް ހައްހައް!!!!!؟؟؟؟)
ކޮން މަޖާޒީއެއް ކިޔާކަށް އޭނާހިފާ ހައްޔަރު ނުކުރާނަމަ މިސަރުކާރުގެ އިންސާފެއްނެތެވެ.
މީނަ ހިފާ ހައްޔަރުކޮށްފި ތަ؟