ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރައްކާތެރިކަން ކަށަވަރުކޮށް ދެއްވުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސް ކުރާ ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމަށް މީހަކު ގޮވާލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މީސްމީޑިއާގައި އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު ވަނީ ރޭގެ ވަގުތެއްގައި ކުރީގެ ރައީސް ނަޝީދަށް ދީފައިވާ ބޮމުގެ ހަމަލާއަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދިން ހަމަލާއެއް ގޮތަށް ސިފަކޮށްފައެވެ.

އެގޮތުން އޭނާ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލުން ނެރުމާއި އެކީ އެއްޗެހި ގޮއްވަން ފެށީ ކަމަށާއި ރައީސް ޖެހެނީ ގޭގައި ބަހައްޓާފައި ގޮއްވާލަން ކަމަށެވެ.

"ހަމަ ޖަލުން ނެރޭއިރަށް ގޮއްވަން ފެށީ!. ގޭގަ ބަހައްޓާފަ ގޮއްވާލަން ވަރަށް ރަނގަޅަށް!" އަލީ ޔާސިރް ނަމަކަށް ކިޔާ އެ މީހާ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ، ޤައުމު އިތުރަށް ހަލަބޮލިވާނެ އެއްވެސް ޖާގައެއް އަދި މިކަހަލަ ފިތުނަވެރި ދޮގުވާހަކަ ފެތުރުމުގެ ފުރުސަތުތެއް މި ނާޒުކު ދަނޑިވަޅު ނުދިނުމަށް ސަރުކާރަށާ ސަލާމަތީ ބާރުތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާފައި ވަނީ މާފުށި ޖަލު އޮފިސަރުން ފައްސިވަމުންދާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހޫ

    ޥަގުންތޯ ހިމާޔަތް ކު ރަންވީ ގމ ރ.

    2
    10
  2. އަލްޖިބްރާ

    ކަލޭ ހާދަބާރަކަށް ތިތެޅިގަތީ ! މޭޔަރުކަމަށް އާދެވުނަސް ޔާމީނު ޖަލުން ނެރެން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ !

    3
    13
  3. ބޯގޯސް

    ކޮންތާކުން ވައްކަންކުރީ ކަލޭގެ ގެއިންތަ

    9
    2
  4. މަތޫ

    މީހުންނަށް ވަގަށް ގޮވާނީ ހުސްވަގުން
    މި ރާއްޖޭގަ ވެ ރިކަންކު ރިމީހުން ތެ ރރެއިން ތިޔަ ބުނާ
    ޥައްކަންނުކު ރާމީހަކު ކަލޭ ދައްކަބަލަ ހައްހައް ގުދޯގުދޯ ނުގޮވާ ތާ ރީޚް ދި ރާސާ ކޮށްލާ ކޮއްކޮމެން
    ޥަ ރަށް ސަލާމް