ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައި އޮތް އައްޑޫސިޓީގައި އުސޫލުތަކަށް ގޮން ޖަހައި އެމްޑީޕީން ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މި ވެހިކަލް ބުރު ބާއްވާފައިވަނީ މިއަދު ހަވީރު ހިތަދޫގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވެހިކަލް ބުރަކީ ރޭގެ ވަގުތެއްގައި ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް އެމްޑީޕީން ބޭއްވި ވެހިކަލް ބުރެކެވެ.

ހިތަދޫގައި ވެހިކަލު ބުރެއް ބާއްވާފައި މިވަނީ ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިއޮތްއިރު، އެ އުސޫލުތަކަށް ބެލުމެއް ނެތިއެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އައްޑޫގައި ތިން މީހުންނަށް ވުރެ ގިަނ މީހުން އެއްފަހަރާ މަގުތަކަށާއި އާޢްމު ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެއް ކަމަށް ބުނެފައެވެ.

ވެހިކަލް ބުރުގައި ބައިވެރިވުމަށް އެތަނަށް ގޮސްތިބި މީހުން-- ފޮޓޯ: މީސްމީޑީއާ

މި ވެހިކަލް ބުރު އޮންނާނެ ކަމަށް ބުނެ މީސްމީޑީއާގައި ހިއްސާ ކުރި ޕޯސްޓުތަކާއި ގުޅިގެން އެސީޓިގެ ބައެއް ރައްޔިތުންގެ އިތުރުން އެހެން ބައެއް މީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން މީހަކު ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްރިކޮށް ހަރަކާތެއް ބާއްވާނަމަ، އެއަށްވުރެ ޒިންމާދާރު ކަމާއި އެކީ އެކަން ކުރެވޭނެ ކަމަށެވެ. އަދި ރަށުގެ ހާލަތު ކައިރިން ބަލަން ޖެހޭ ފަރާތްތަކުން އެފަދަ ވެހިކަލް ބުރެއް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

މިއަދު ހަވީރު އައްޑޫގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރުގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސޯދިގާއި އެސިޓީގެ އިންތިހާބީ މޭޔަރު އަލީ ނިޒާރުގެ އިތުރުން ކައުންސިލަށް ހޮވުނު ބައެއް ބޭފުޅުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފިނދަނަ

  ސޯބެ ޕްރައިމަރީން ކެޓީމަ މޑޕ އިން ހޮވިފައި ތިބި މެމްބަރުންނަށް ވޯޓްނުދީ އާއިލާ ހުރިހާ މީހުން ނިކުމެ ޕޕމ ކެންޑިޑޭތުންނަށް ވޯޓް ހޯދައިދިންކަން އަހަރުމެންނަށް އިނގޭ.
  އެގޮތަށް ކަން ކުރުމުން ޕާޓީން ގޮނޑިއެއް ގެއްލުނު. ޢަދި މޑޕ އަކީ ސައިޒް އޮޅިފައި އޮތް ޕާޓީއަކަށްވި.
  މިކަން މޑޕ އިސް މީހުންނަށް އިބގޭތީ ސޯބެ ރަނގަޅު މީހުންގެ ލިސްޓަށް އަރަން ކުރި ކަމެއް.

  16
  1
 2. ރަދީފް

  އައްޑޫ މީހުން އެއީ ހޭބަލިވެގެން އުޅޭ ބައެއް.

  33
  2
  • ހިޔަލަ

   ކޮވިޑްގެ ބަލިމަޑުކަން އިންތިހާ އަށް މަތިވެފައި އޮތްވާ ވަކި މީހަކުގެ ތާއީދު އޮތްކަން ދައްކަން އަމިއްލަ ފައިދާ އިސްކޮށް މުޖުތަމައުގެ އެހެން މީހުންނަށް މި ދިނީ ވަރަށް ބޮޑު ލަނޑެއް! މިމީހުން ހިތަށް އެރި ގޮތަކަށް ކަންތައް ނުހިނގާނެކަން އިނގެން ވެއްޖެ!!

 3. ޙަސަނު

  ތީ ލާދީނީ ބައިގަނޑެއް އެމް ޑީ އެން އާއި ދެކޮޅަށް އެއްކަމެއްވެސް ކުރަން ނޫޅޭ ބައިގަނޑެއް

  22
 4. ޓަކިބެ

  އަހަރުން ހައިރާނެއް ނުވޭ ތިކަމަކާ. އެމްޑިޕީއަކީ ގާނޫނެއް ގަވާއިދެއް އޮތް ބައެއްނޫން. ރޫހާނީ ލީޑަރަށްޓަކާ ދީނާ ގައުމުވެސް ފުނޑުކޮށްލާނެ ބައެއް އެމްޑީޕީއަކީ.

 5. ސިޑް

  ކު ރީގަވެސް މުޅި އައްޑޫ ރޯކޮށްލީ ހަމައިން ނެއޓިގެން ގޮސް ތިގޮތަށް ތީކީ ރައްޔިތުން ދެކެ ލޯބިވާ ބައެއްނޫން އަމިއްލަ އެދުން.

 6. ހާލުފޮޅި

  ހުއްޓުވަން ފުލުހުން ނުދޭތަ؟ ހައްޔަރެއް ނުކުރޭތަ އެކަކުވެސް؟ ޖޫރިމަނާވެސް ކުރަންވާނު.... ވަކި ބަޔަކު ވީމަ ވަކިގޮތެއް... އުސޫލާ ހިލާފު ވީމަ ގޮއް ރީނގުލަކަސް އަދަބު ލިބެންޖެހޭނެ..

 7. ނަޒީރު

  ވަގުން ހިމާޔަތް ކުރަން މަގުމައްޗައް ނިކުމެެެއުޅުނުއިރު ބޭފުޅުން ތިއްބެވީ އަވަހާރަފުޅު ގަތޯ؟

  1
  1