ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިލިޓަރީއެއްގައި ބޭނުން ކުރާ ބޮމެއް ނޫން ކަމަށާއި އެއީ ގެއަކުން ތައްޔާރު ކޮށްފައިވާ ނުވަތަ ހޯމް މޭޑް ބޮމެއް ކަމަށް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އޭގެ މައްޗަށް އިންސިޑެންޓް އެސަސްމަންޓް ރިޕޯޓެއް ތައްޔާރު ކުރި ކަމަށެވެ. އެ ރިޕޯޓް ފުލުހުންނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެ ރިޕޯޓާ ހަވާލާ ދެއްވައި ޝަމާލް ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު ގެއިން ނިކުމެވަޑައިގެންނެވީ 20:25 ގައެވެ. އެއީ އެހެން ރަށެއްގައި އޮތް ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އޭރު އަރިިހުގައި އެމަނިކުފާނުގެ ހަށިފާރަވެރިން ހަރަކާތްތެރިވި ކަމަށާއި، ކުރީގައި ސީޕީ އެޖެންޓުން ވެސް ތިއްބެވި ކަމަށެވެ.

ޝަމާލް ވިދާޅުވ އޭރު އެ މަގުގެ އެއް ފަރާތެއްގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީ ބޮމެއް ހަރުކޮށްފައިވާ ކަމަށެވެ. އެއީ "ހޯމް މޭޑް" ނުވަތަ އަމިއްލައަށް ބަޔަކު އުފައްދާފައިވާ ބޮމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

"ކަންމައްޗަށް ވާގޮތައް ޕާކްކޮށްފައި އޮތް ސައިކަލްގައި ހަރުކޮށްފައި ހުރި އައިއީޑީ ގޮއްވާލާފައިވޭ. ހަމަލާ ދިނުމާ އެކު ރައީސް ނަޝީދު ބިން މައްޗަށް ވެއްޓިވަޑައިގެންނެވި. އެވަގުތު ފަހަތުގައި ހުރި ބޮޑީގާޑަށް އަނިޔާވި. އަދި ދޮރުކޮޅު ހުޅުވަން ހުރި އެޖެންޓް ވެސް ޒަހަމްވި. ޑިވައިސްގެ އަޑުވެސް ވަރަށް ގަދައަށް އިވުނު. މިއީ ހޯމް މޭޑް ޑިވައިސްއެއް ކަމަށް ލަފާކުރެވެނީ." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ގޮއްވާލި އައިއީޑީ އަކީ "ކޮމަންޑް ޑިޓޮނޭޝަން" އެއް ކަމަށެވެ. އެއީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ކަމަށާއި، ބޮޑަށް ބެލޭވޭ ގޮތުގައި އެ ގޮއްވާލަފައިވަނީ ފޯނަކަށް ވުރެ ބޮޑަށް ރިމޯޓް ޑިވައިސްއެއް ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގައި ގޮއްވާލާފައިވާ ޒާތުގެ އައިއީޑީތަކަށް ވުރެ ބާރުގަދަ އަދި އެތައް ދަރަޖައެއް މަތި އައިއީޑީއެއް ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ. މި ގޮތުން 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީއަށް ވުރެ މި ފަހުން ގޮއްވާލި އައިއީޑީ ބާރުގަދަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އައިޑީގައި ގިނަ އަދަދެއްގެ ރޭޒާ ފުށް ލާފައި ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރުއްވަން އުޅުއްވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ދެ ހަށިފާރަވެރިންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ކަމަށޤ އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނާޡް

    ނަސީބެއްނު ފިހާރައަކުން ގަތް އެއްޗެކޭ ނުބުނިކަން

  2. ސޮނިބެ

    ބޮންއެއީ ބިމުއަޑިން ފަޅާއެއްޗެށް ނޫނޭ މޮޔަނުގޮވަބަލަ އެއީ އަމިއްލައަށް ހަދާއެއްޗެކޭ

  3. ސޮނިބެ

    ކޮބާ ކޮމެންޓެއް ކޮށްލަންވެސް ނުކެރުނުދޯ

  4. ޑައެލޯގް

    ރާއްޖެބައިބައިކޮށް ފިތުނަފަތުރާލީ ނަޝީދުއާއި ޑީއޯ ސައްޕެއާއި ސިއްކައާއިލާއާއި ކެރެފާއާއިލާ މުގުލުގަ ހުރެގެން ވެރިކަމާހެދިއެވެ. ދެންއޭގެ ފޮނިމީރުކަން ނަޝީދަށް މިލިބުނީމިއަދެވެ. މައުމޫނު އެމީހުނަށް ގޯސްވިއެއްކަމަކު އެއިރު ރާއްޖެ އަމާންވެފަ އުޅެންފަސޭހައެވެ.

  5. އުގުރި

    އަޅުގަނޑު ހީކުރީީ ގަހެއްގައި އަޅާފައި ހުރި އެއްޗެއް ކަމަ ..

  6. ކިނބޫ

    ހެހެހެ
    ބަލަ މަ ހީކުރީ ކަލޭ ދިން ބޮމެއް ކަމަށޭ. ކެކެ
    މަ ހުވާ މިބުނީ މިމީހުނާހުރެ މޮޔަވެދާނެ. ހިހިހި

  7. ދިވެހިން

    36 ގަޑިވީއަރިވެސް މީހަކުހައްޔަރުނުވޭ. ކޮބާސަލާމައްކަމަކީ. ؟؟؟