ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ގޮއްވާލީ އައިއީޑީ އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީއަށް ވުރެ ބާރުގަދަ އައިއީޑީއެއް ކަމަށް އެމްއެންޑީއެފުން މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ގޮއްވާލީ އައިއީޑީ އަކީ "ކޮމަންޑް ޑިޓޮނޭޝަން" އެއް ކަމަށެވެ. ޝަމާލް ވިދާޅުވި ގޮތުގައި އެއީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ކަމަށާއި، ބޮޑަށް ބެލޭވޭ ގޮތުގައި އެ ގޮއްވާލަފައިވަނީ ފޯނަކަށް ވުރެ ބޮޑަށް ރިމޯޓް ޑިވައިސްއެއް ބޭނުން ކޮށްގެންނެވެ.

ޝަމާލް ވިދާޅުވީ މި އައިޑީއަކީ މީގެ ކުރިން ރާއްޖޭގައި ގޮއްވާލާފައިވާ ޒާތުގެ އައިއީޑީތަކަށް ވުރެ ބާރުގަދަ އަދި އެތައް ދަރަޖައެއް މަތި އައިއީޑީއެއް ކަމަށެވެ. އަދި މި އައިޑީގައި ގިނަ އަދަދެއްގެ ރޭޒާ ފުށް ލާފައި ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

"2007 ވަނަ އަހަރު ސަލަޓަންޕާކްގެ އައިއީޑީ އަށް ބަލާލާއިރު މި އައިއީޑީ ކޮމްޕެއާ ކުރާއިރު މިއައިއީޑީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން. މީއީ ހަމަލަ ވަރުގަދަ ކުުރުމަށްޓަކައި ގިނަ އަދަދަކަށް ރޭޒާ ފުށްލާފައި އައިއީޑީއެއް." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވި ގޮތުގައި ބާރުގަދަ އެ ބޮމަކީ މިލިޓަރީއެއްގައި ބޭނުންކުރާ ފަދަ ތަކެތި ބޭނުންކޮށްފައި ހުރި ބޮމެއް ނޫނެވެ. އެހެންކަމުން އެއީ އެމްއެންޑީއެފްގެ ތެރެއިން ލިބުނު އެއްޗެއް ކަމުގައި ނުބެވެލޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ "ހޯމް މޭޑް" ނުވަތަ އަމިއްލައަށް ބަޔަކު އުފައްދާފައިވާ ބޮމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރުއްވަން އުޅުއްވަނިކޮށެވެ. މި ހަމަލާގައި އެމަނިކުފާނާއެކު، ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ދެ ހަށިފާރަވެރިންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ކަމަށޤ އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ދެން ޒަހަމްވި ފަރާތްތަކަށް ފަރުވާ ދިނުމަށް ފަހު، ހާލަތު ރަނގަޅު ވުމުން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަޑިއެދުރު

    ކާޅުހާލި ހެދީމާ ކޮވެލި ބިސް އަޅަނީ.ދެންކިޔާނީކީކޭ. މިނިމެނީ ރޯދަމަހެއް. މިޤައުމެގެ ރައްޔިތުންނަށްވެރެންޕޮލިހުންގިނަ. ރޯދަ ނުހިފާމީހުންނާއި، ޕީސްކޮޅު ވިއްކާހެދުދުން ޢާއްމުކަމަކަށްވެއްޖެ. ވީކަމެއް،ވާކަމެއްހައްދަވައިގެންނެތް. ދެންމުޔާނެ އެއްޗެއް އެބައޮތްތަ؟ ބައްޔަށްރައްކާތެރިވުންވެސް
    އޮވޭ!

  2. ހުސޭނުބޭ

    ސައިކަލެއްގެ ކަވަރު ކުނޑިކުނޑިވެގެން އަންނައިރު ވަރަށް ނުރައްކާވާނެ........ ދެން ތި ބުނީ ރޭޒާފުކޭ....... ބަލަގަ އެހައި ބައިވަރު ރޭޒާފުށް ހުރިއިރު އެހެން މީހުންނަށް މަގުމަތިން އެ ނުފެނިފައި ކަލޭމެންނަށް އެ ފެނުނީ 3 ލޯ ހުރީމާތަ؟

  3. ސަމްސިއްޔާ

    އެހާބަރުގަދައިރުވެސް ކައިރީގައި ތިބި އެހެން އެންމެންނަަށްވެސް މާބޮޑު ގެއްލުމެއް ނުލިބިސަމާމަތްވީ. މާތްﷲ ގެ ކުޅަދުންވައްތަކަން.

  4. ކެތި

    ބާ ރުގަދަނުވިއެންނުން !! ބާ ރުގަދަވިނަމަ...

  5. ށަގީލް

    މިހުރިހާ ބޮމެއްގަ ފަހަތުގައި ހުރީ މީނަދޯ! އެހެންވެތާ ތިހާޔަގީން ކަމާއެކީ ތިބުނަނީ ދެން ފިނިފެންމާގަ ގޮވި އެއަޗައް އެޅީ ކިތައް ފުއްތަ!

    • ސަޓޯ

      ގޮދަން ފުއް ކަންނޭނގެ އަޅަފަ ހުރީ ދޯ ؟؟