ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް ދީފައިވާ މި ދަނޑިވަޅަކީ ފެއިލްވީ ކޮން ބައެއްތޯ ބަލަން ޖެހޭ ވަގުތެއް ނޫން ކަމަށާއި، މި އެންމެ އެކަތިގަނޑަކަށްވެގެން ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރަންވީ ވަގުތު ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓިސީ) ގެ އެންމެ އިސްވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ގައުމީ ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ނިރުބަވެރި އަމަލުތައް ހުއްޓުވުމަށް އެންސީޓިސީން ވަރަށް ގިނަ ކަންތައްތަކެއް ކުރެވެމުން އެބަގެންދަވާ ކަމަށެވެ.
އޭގެ ތެރޭގައި ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި ނުރައްކާތެރި މީހުން އެކި އެކި މަރުހަލާތަކުގައި ކޯޓުތަކުން ވީއްލިގެން ދިޔުމުން ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ދަންނަވައި އެކަންކަމާއި ބެހޭ ގޮތުން ދިފާއީ ބާރާއި ފުލުހުންނާ ޑިފެންސްއާ، ހޯމް މިނިސްޓްރީ ގުޅިގެން ހިންގޭ ކަންތައްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"ސެކިއުރިޓީ ކައުންސިލުގެ ސަބްކޮމިޓީ ގައި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން ވާހަކަ ދެކެވި އަމަލުތައް ކުރެވެމުން އެބަދޭ" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ، މިފަދަ ނުރައްކާތެރި ހަމަލާއެއްދީ މީހެއްގެ ފުރާނަ ދުއްވާލަން ޖެހިލުންނުވާ ވަރު މީހުން ތިބިކަމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ.
"ދެރަވާން ޖެހޭ ކަމެއް. މި މުޖުތަމައަށް މިފަދަ ނިރުބަވެރި ހަމަލާއެއްދީ އޭގެ ކޮން ފައިދާއެއް، ކާކަށްތޯ އޮތީ" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
އެއަށް ފަހު އޭނާ ވިދާޅުވީ، މިކަން ހިނގައި ދިޔަގޮތުގެ ތަހުގީގު ކުރިޔަށްދާއިރު އެންމެން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށެވެ. ފޭލްވީ ކޮންބައެއްތޯ ބެލުމުގެ ފައިދާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކާކު ކޮން ހިސާބަކުން ފޭލް ވެގެންތޯ ކޮން މިނިސްޓަރެއްގެ ފެެއިލިއާއެއްތޯ މިފަދަ ސުވާލުތަކުގެ ބަދަލުގައި އަޅުގަނޑުމެން އެބަޖެހޭ، ނޫސްވެރިންވެސް ވަރަށް ބޮޑަށް މިކަމާއި ބެހޭ ގޮތުން ހޭލުންތެރިކަން އުފައްދައިދޭން، މި ބްލޭމް ގޭމަކަށް ދިޔުމުގެ ކުރިން" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ނިރުބަވެރި ހަމަލާއެއް ރާވަން އުޅޭކަމުގެ އެއްވެސް ކަހަލަ ޝައްކެއްވާނަމަ ވީހާވެސް އަވަހަށް އެންސީޓީއަށް އެންގުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. ހާދިސާ ހިންގި މީހުން ތަހުގީގުން ހާމަވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ޒަކަރިއްޔާ ވަނީ ދެއްވާފައެވެ.
"ނުފެނި ފިލައިގެން މާގިނަ ދުވަަހކު ނުތިބެވޭނެ ކަންނޭނގޭ އެއްވެސް ބަޔަކަށް. ތަހުގީގުތަކުން ފެންނާނެ" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ހަމަލާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެއް ނުވެއެވެ. އެކަމަކު ހަތަރު މީހަކު ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެލާޓްލެވެލް އެންމެ މައްޗަށް ޖައްސާފައެވެ.
ބޮލުން މައްސަލަ ކަޓުވާލަން މޮޅު.. ޒިންމާ ނަގަންވީމަ މި މީހުން ބަލަނީ ބޮލުން ކަޓުވަން
މީނިއްމާލަންޖެހޭވަގުތު
އިސްތިއުފާދީފަ ރައްކާވޭ
ދެން ފޭލިވީބަޔަކު ބަލަންވީ މަހުޝަރަތް ދުވަހުތަ.؟ ކޮބާ މިހާތަނައް ރާއްޖޭގައި ފަހަކައް އައިސް މަރާލާފައިވާ މީހުންގެ މަރުގެ ތަހުގީގުތައް..؟ ތީ ހާދަފަސޭހަކޮއްލާފަ ޒިންމާއިން ރެކެން ދައްކާލިވާހަކައެއް.
މިބާވަތުގެ ކަންކަމުން ރައްޔިތުންނާ ޤައުމު ރައްކާތެރިކުރުމަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައިތިބޭބަޔަކަށް ކަމެއް ބަލަންވީވަރަށް ނުބެލިގެން ޤައުމުގެ ވެރިންގެތެރެއިން މީހަކު މިފަދަ ނުރައްކާތެރި ހަމަލާއަކާ ކުރިމަތިލާން ޖެހުނީމަ ފެއިލްވީ ވާހަކަ ދައްކާނެދޯ.
މަންސޫރު ރަގަޅުވާނެ ބާސަންދޭން
މީނާ މާދުވަސްވެ ކިޔޭ އެއްޗެހި ނޭގޭ
ރަގަޅީ ޤައުމީ ޚިދުމަތުން ރިއަރޓް ކުރިއްޔާ.
ވ ދެކޮޅުނުޖެހޭ ސިޔާސީ ވާހަކަ ދެކެވޭތޯ ބެލީ.
ނަބިއްޔާ އަށް ފުރައްސާރަ ކުރުން ހުއްޓުވަން އެންމެން އެއްބާރުލުން ދިނިއްޔާ ކިހިނެއްބާ ވާނީ
ޒަކަރިއްޔާ ކަލޭ މިކަމުގައި ޖަވާބު ދާރީ ކުރުވާނަން. ޒިންމާ އަދާ ނުކުރެވުނީ ނޫނީ އަޑީގެ ރޭވުމެއް.
ހަޑިމުޑުދާރު..
ފޭލްވީ ބަޔަކު ބަލަންޖެހޭ ހެންހީވަނީ ތިންބާރުން އެއްބާރު އެދުއްވާލީ.. ރައީސް ނަޝީދު އަހުލާގާ ބަސްމަގު ހުންނަގޮތުން ވިޔާނުދާ މީހުން ލޮލުގަ އަޅާގަންނަނީ މިރާއްޖޭގަ އެހެންސިޔާސީ ބޭފުޅުންވެސް އެބައުޅޭދޯ
ބޮޑު މުސާރަ ދީގެން . މިމީހުން ބޭތިބުމުގެ މާނައެއްނެއް މިއަދު / ވަގުތުން ވަގުތައް އިސްތިއުފާދީ
ތިބުނެވުނީލައްކަވާހަކަ! ފެއިލްވީކޮނބައެއްކަންވެސްތިބުނެވުނީ!
ތެދެއް ތި ބުނީ މީ މިޑާރާ ގަނޑު ނިއްމާ ، ތިބައި ގަނޑު ރިޓަޔަރ ކޮށް މި ޤައުމު އިސްލާޙު ކުރަން ވީ ވަގުތު.
ކަލޭތި ފެއިލްވެފަ ހުރި މީހެއް.
ހުރިހާކަމެއް ފެއިލްވި ހިސާބު ޒަކަރިއްޔާއަށް ވިސްނޭބާ ފެއިލްވިހިސާބު ފެށުނީ ރާއްޖޭގެ ރައީސަކު އިންލޯންޗެއް ގޮއްވާލާ އެކަމަށް އަޅާނުލުމުގެ ސަބަބުން ދެން ތިތަވިދާޅުވަނީ އެންމެންހޯދޭނެކަމަށް އަނެއްފެއިލް ތިޔަފެއިލް މާކުރިންވަނީ ފެށިފަ ބޮޑު ހިޔާނާތުގައި ހަމައެކަނި ކުއްވެރިވީ ޔާމީން ކަލޭމެން ހަށްޔަރު ކުރާނީ ކަމާ ނުބެހޭ މީހުން މިއީ ފެއިލް....
އަދީބަކީ ކުރީގެ ރައިސް އަވަހާރަ ކޮށްލަން އުޅެގެން ހުކުމް ކުރިމީހއެއް މިސަރުކަރުން ކޯޓް މެދުވެރިކޮށް މިނިވަން ކުރި މީ ދެރަކަމަކީ ކޮން ގައުމެއްގަތޯ ޓެރަރިސްޓުން މިނިވަން ކުރަނީ
ޚިޔާލު ތަފާތުވިޔަސް މީހުންގެ ފުރާނައާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަކީ އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭނެ ކަމެއްނޫން. ޒަކަރިއްޔާ މަންސޫރަށް ކުރެން އަހާލަން ބޭނުން ޔޫޓީ އެފް އެއްބަސްވުން ހަދައި ރާއްޖެ އަވައްޓެރި ގައުމެއްގެ އަޅުވެތިކަމަށް ގެންދިއުމަށް މަގުފަހިވާ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ދިވެހިރައްޔިތުން ތިބިތޯ ސުވާލު ނުއުފެއްދީ ކީއްވެގެންތޯ؟ރައްޔިތުން ރޮއި އާދޭސް ކުރަމުން މިދަނީ އެ އެއްބަސްވުން ހާމަކޮދިނުމަށް އެކަމަކު އެކަމެއް ތިބޭފުޅުން ނުކުރައްވާ ނޫންތޯ؟ ރައްޔިތުންގެ ރައްކާތެރިކަމާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ނޫން ތޯ ސިފައިންނާއި ފުލުން ޤާއިމުވެ ތިބެނީ، ތިބޭފުޅުން ބަލައި ޔަޤީންކޮށް ކަށަވަރު ކޮށްދޭން ޖެހޭ ކަމެއްނޫންތޯ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އާއި ދައުލަތުގެ އިސްވެރިންނާއި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން، މިކަން ރަގަޅު ކުރައްވާ. ޤައުމުގެ އިސް ވެރިޔަކަށް މިފަދަ ނުރައްކާތެރި ކަމެއް އަމާޒު ވުމުން އެކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި ވެސް އުފެދިގެން ދާނެ، ވީމާ އެމީހުން އިންސާފުގެ ކުރިމައްޗަށް އަވަހަށް ގެނައުމަށް އިލްތިމާސް ކުރަން، ރައްޔިތުން ނުފިލާނެ އަދި ރައްޔިތުން ނަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ކަމާއިބެހޭ ފަރާތްތަކަށް ހިއްސާކުރާނެ ކުރިންވެސް މިފަދަ ކަންކަމުގައި ގިނަރައްޔިތުން ވަނީ އެއްބާރުލުން ދީފައި.