ރާއްޖޭގައި މިހާރު ކޮވިޑް-19 ގެ އާވައްތަރެއް އުޅޭކަމަށާއި މިވައްތަރުގެ ކޮވިޑްގެ ނުރައްކާ ބޮޑު ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ޑޮކްޓަރު ކަމަށްވާ މުހައްމަދު އަލީ ވިދާޅުވީ މިހާރު ރާއްޖޭގައި ފެތުރޭ ކޮވިޑް ފެންނަ ފެނުމަށް މާ ނުރައްކާ ކަމަށެވެ. މިވައްތަރުގެ ކޮވިޑް ޖެހުމުން ފުއްޕާމެއަށް މާ ބޮޑަށް އަސަރު ކުރުވާކަމަށާއި އަދި ބަލި ވެސް އަވަހަށް ފެތުރިގަންނަ ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންނަށް އާ ސްޓްރެއިން އިން ކުރާ އަސަރު ކުޑަކަން އަދި ސާފު ނުވާ ކަމަށް ވެސް ޑރ.މުހައްމަދު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ކޮވިޑްގެ އާވައްތަރެއް ފެނިފައިވާކަން މުޅިން ނިންމާނީ ޓެސްޓްތައް ހެދުމަށް ފަހު އެޗްޕީއޭ އިން ކަމަށެވެ.

ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެޗްޕީއޭ އިން ރޭ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި އިއްޔެ ވެސް 3153 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 766 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %24.29 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 8261 މީހުން އެބަތިއްބެވެ. އޭގެތެރެއިން 205 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ގެރި

    މި ސަރުކާރު އޮތީ ބޮޑުތަނުން ރޭޕަށް ފައްސިވެފަ.. އެހެން އެެއްޗިއްސަށް ފައްސި ނުވިއްޔާ ދެރައެއްނު

    17
    2
    • ޙައްގުބަސް

      ކީއްވެ އާވައްތަރެކޭ ތިޔަ އޮޅުވާލަން މަސައްކަތްކުރަނީ؟ ކީއްވެ ތިބުނާ ވޭރިއަންޓަކީ އިންޑިޔާއިން ފެނިގެން އުޅޭ ވޭރިއަންޓޭ ނުބުނަން ތިޔަ ހިފަހައްޓަނީ؟ މިސަރުކާރުން އިންޑިޔާގެ އުނގަށް ވެއްޓިފައިވާލެއް ބޮޑުކަމުން އަދިވެސް އެއުޅޭނީ އިންޑިޔާ މީހުން މިގައުމަށް އެތެރެވުން ހުއްޓުވާ ނުލެވިގެން!! އިންޑިޔާގެ ކަންކަން ގޯހުން ގޯހަށް ދާން ފެށީމާ އިންޑިޔާ މީހުން އައުން ހުއްޓުވަން އެތައްބަޔަކު މިސަރުކާރުގައި އެދުނު!! އެކަމަކު އިންޑިޔާ މީހުންގެ ކޮރަންޓީން މަރުކަޒަކަށް މިރާއްޖެހަދާ މީހުން ދިރިއުޅޭ ރައްޔަކަށް އެބައިގަނޑު ފޮނުވަމުންދިޔައީ!! ތިބުނާ އާވޭރިއަންޓަކީ އިންޑިޔާއިން ފެނިގެން އެއުޅޭ ވޭރިއަންޓް!! އެކަން އެނގޭ މީހުން އެބަތިބި!! ސާމްޕަލް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބުމުން އާވޭރިއަންޓޭ ބުނެ އޮޅުވާނުލާ!! ބުނަންވީ ހާމަކުރަންވީ އިންޑިޔާ ވޭރިއަންޓޭ ބުނަންވީ!! މިސަރުކާރުން ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ރައްޔިތުން ނުރައްކަލަށް ހުށަހެޅީ ހަމަ ސަރުކާރުން!! އިންޑިޔާ އެންބަސީއިން މިގައުމު ހިންގަނީ!! މިއޮތީ ބޮޑު މުސީބާތެއް!!

  2. ޖުހާ

    ތަމެނައް އަދިކިރިޔާތަ މިއެނގުނީ. މަމެން މިކިޔަނީ އުޅެޔޭ ދޫނުދޭށޭ...

    12
    1
  3. ގެރި

    ކޮވިޑު އުޅެނީ ތަރާވީސް ގަޑީ އެކަނިތަ.. ނުބައިނުލަފާކަން އެގަޑީ ލޮކްޑައުންކުރަނީވެސް

    12
    3
  4. ކޮބާއެޗުޕީއޭ

    އެންމެ ގިނަ ކޭސްތައް ހުރީ މާރުކޭޓާއި އޮފީސްތަކާއި ގުޅިފައި. މާރުކޭޓު ބަންދެއް ނުކުރޭ. އޮފީސްތައްވެސް އަސްލު ބަންދު ކުރީ ނަމެއްގައި. މީހުން ބަރާބަރަށް ޖޮބަށް ދާން އަމުރުކޮށްފަ އޮންނަނީ. މޯބައިލް ފިހާރަތަކުގެ މީހުން ދާންޖެހޭ. ކޯޓުތަކުގެ މުވައްޒަފުންވެސް ނިކުންނަން އަންގާފަ. ސެލޫންތަކުގައި ފޮތިގަނޑު ދަމައިގެން ބޯކޮށާ. އޮންނަނީ ވަޒީފާއަށް އަންނަން އަންގާފަ. އެޓް ލީސްޓް ސަރުކާރު އޮފީސްތައް އެއްކޮށް ޝަޓްޑައުން ކޮއްބަލަ. ބުނެބަލަ ތަން ބަލަހައްޓަންތިބޭ ދެ ތިން މީހުން ފިޔަވައި އެމްޕްލޮޔީސް ގެނައުމަކީ މަނާކަމެކޭ. އޮންލައިން ކޮށް މަސައްކަތް ކުރާށޭ.

    13
    2
  5. ކޮބަޑި

    މި ސަރުކާރު އޮތީ ކޮވިޑާ ރޭޕާ ވައްކަމަށް ފައްސިވެފަ

    14
    1
  6. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ނުރައްކަލޭ ރިހާކުރޭ ނުކިޔާ.. ވެކްސިން 2 ޑޯސް ޖަހުވާފި.. އަހަރުމެނަށް ލުއި ލިބެންޖެހޭ.. ލުއި ނުލިބެންޏާ ކީއްކުރަން ޖެހުވި ވެކްސިނެއް މީ

    13
    4
  7. ގެރި

    މިސަރުކާރުމީ މާބޮޑު ބަލާވެރިކަމެއް ކޮވިޑަށް ވުރެ

    15
    3
  8. ބަކަރިމަސް

    ދެން ބުނާގޮތް ހަދައިގެން ގޭގަ ތިބެވޭނީ ބިލްތައް ދައްކައިދީ ކައިބޮއެހަދާނެ ލާރި ދެންޏާ.. ކުރީފަހަރުވެސް ޖަނަވާރުތައް އަހަރުމެން ބަނޑަށް ޖެއްސީ

    11
    2
  9. ބަބޫ

    އިންޑިޔާއިން ގެނައި ވައްތަރު. މުޅި ދިވެހިރާއްޖޭގައި އިންޑިޔާ ޓުއަރިސްޓުން. ބަލާލި ކޮއްމެ ދިމާލަކުންވެސް. އެމީހުންގެ ހާލަތު އެހެން އޮއްވާ ފްރީކޮށް އަދެވޭގޮތް ހެދި މީހުން މިކަމުގެ ޒިންމާ ނަގަން ޖެހޭ. އަދި އެމީހުން ކޮވިޑަށް ފިލަން ވެގެން ރާއްގެއައިސް ގިނަދުވަހު ތިބެވޭނެހެން 1 އަހަރަށް ޓޫރިސްޓް ވިސާ ދިގު ކުރީވެސް ހަމަ އެމީހުން.

    14
    1
  10. ގައްބަރު

    ބޯޑަރު ބަންދު ނުކުރަންޖާ އަދި މިއަށް ވުރެންވެސް ބާރުގަދަ ވައިރަސް ވެސް ފެންނާނެ

    14
    1
  11. މުހަންމަދު

    މިހާރު ރާއްޖޭގައި އޮތީ ކޮވިޑުގެ ބައްޕަ ކޮވޑުުުުު އިންޑިޔާގައި އޮތީ ކޮވިޑުގެ އަންމަ

    9
    2
  12. ގަމާރު

    ޢޭތި ނުކުތީ ގ. ކެނެރީގެއިން.

  13. ހަޖާާމު ބޭބޭ

    ތިޔައީ ހުސް ދޮގު

  14. ރެފްރީ

    އަސްލުކާކުގެކައި ރީގަތޯ މުހަންމަދު އަލީ ތިހެންތިޔަވިދާޅުވަނީ ؟

  15. ފޭރާން

    މީސްމީހުންގެ ފުރާނައަށް ގެއްލުންދިނުމެއް އަދި މީހުންނަށް އަނިތާވެރި ވުނެއްވެސް އިސްލާމްދީނަކު ނެތް! ޤައުމެއްގެ ރައްޔިތުންތަކެއް ފަނާވެގެންދަނީ! އެހެން ޤައުމެއްގެ ބަޔަކު މިތަނަަށް އަތްގަނދަކޮށްފި! އެޖެންޑާ 19 އަކާއި އަނެއްދިވެހިރާއްޖެއަކަށް ދަނީ އޭ ކިޔާ ޔަހޫދިންގެ މަކަރުވެރި ބޮޑެތި ލާދީނިއްޔަތު ގްރޫޕްތަަކުގެ ހީލާތާއި މަކަރުވެރި ފޭރާމުން ފެންވަރާގެން އަައިސް ރައްޔިތަކަށް ބޮޑެތި ދޮގުތައް ދޮގުމައްޗަށް ދޮގުތައް ހަދާ ބަޔަކު ބަނޑަށް ޖެހިގެންދާއިރުވެސް ﷲ ގެ ކޯފާއެއް ޢަޛާބެއް މުސީބާތެއް ނުޖައްސަވާ އެއްބަޔަުވެސް ދުނިޔޭގައި ވޭތޯ؟މި ޤައުމަކީ ސައްތައިން ސައްތަމުސްލިމް ޤައުމެއް! މިޤަައުމަށް މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީނެއްގެ ކަންތައްތައް ގެނެސްފަތުރަން ޔަހޫދީންނާއި އެކު އުޅޭ ބައިގަނޑެއް ކީއްކުރަންތޯ ދޮގުތައް ހަދާކަމަރާ ހީލަތުންވެރިކަމަށްއަރާ ޤައުމު އިނދަޖެހޭއިރުވެސް ހޭދެބައިވެފަ މިތިބީ؟ ބޭރުގައުތަކުގައި ސަލާމްޖަހަންޖެހި ފައިބުޑަށްވެއްޓުނީ ސަރުކާރުގެ ނާގާބިލްކަމުންކަމާއި މެދު ދިވެހިރައްޔިތުން މިއަދު ޝައްކެއްވެސް ނުކުރޭ!