ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ސިފައިންގެ މީހެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަމާލް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމްއެންޑީއެފްގެ އިސް ފަރާތްތަކުގެ ނުވަތަ އެމްއެންޑީއެފްގެ މީހެއްގެ ބައިވެރިވުން އޮޮތް ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް އަދި ފެންނަން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ނިޔަތެއް ސިފައިންގެ މީހެއްގެ ކިބައިގައި ނެތް ކަމުގެ ޔަޤީންކަން ދެއްވާ ކަަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެމްއެންޑީއެފްގެ އެއްވެސް އަތެއް މިކަމުގައި ވާނެ ކަމަކަށް. މިކަމުގައި މިހާރު ވެސް އިންވެސްޓިގޭޝަން ކުރުމުގައި ވެސް އެ ހިނގަނީ ސިފައިންނާއި ގުޅިގެން އެ އެހީ އާއި އެކުގައި. އަޅުގަނޑުމެންނަކީ މި ފަދަ ކަންކަމުން ރައްޔިތުން ސަލާމަތްކޮށް އަދި އެ ބަލަހައްޓާ ހައިރިސްކް ބޭފުޅުންނަށް ސަލަމާތްތެރިކަން ދޭން ތިބި ބައެއް. އެހެންވީމަ އަޅުގަނޑުމެންގެ ލީޑަރ ޝީޕްގެ ވިސްނުމެއް ނޫން، ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އެކަހަލަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެން. އަދި ހަމަގައިމުވެސް އަޅުގަނޑުމެންނަށް އެއްވެސް އިންޑިކޭޝަނެއް ވެސް ފެންނަން ނެތް (ސިފައިންގެ މީހެއް މިކަމުގައި ބައިވެރިވި ކަމަކަށް) އެޔަގީންކަން ދެން." އޭނާ ވިދާޅުވިއެެވެ.
ރައީސް ނަޝީދަށް މިފަދަ ހަމަލާ އެއް ދީފައި ވާއިރު ރައީސް ނަޝީދު ގެންދެވީ ނިރުބަވެރި ޖަމާއަތްތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ތިބި ކަމަށާއި އެ މިހުންނަށް ފުލުހުންނާއި އެމްއެންޑީއެފްގެ އިސް މީހުން ހިމެނޭ ގޮތަށް ވާގިވެރިވާ ބަޔަކު ތިބި ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.
ރައީސް ނަޝީދު އަށް ރޭ ދިނުމަށް ބޭނުން ކުރި ގޮވާ އެއްޗަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ދަރަޖައެއް ބާރުގަދަ އެއްޗެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ފާހަގަކުރައްވާފައެވެ.
ރޭ މާލޭ ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަށް 24 ގަޑިއިރުވެގެން ދިޔަ އިރުވެސް ފުލުހުންގެ ހައްޔަރަށް މީހަކު ގެންގޮސްފައިނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިހިނެއް ތިޔެއް އިނގެނީ ކަލޭމެން ދަށްކަނީ ތާކުންތާކު ނުޖެހޭ ވާހަކަ .
އަނެއްކާ ދައުރެއް އޮތީތަ ރަންގަޅު
ނާހަމަ ތެދެއް..
ސަމާލު ކަލޭ ކޮސްނުގޮވަބަލަ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގައި ސިފައިންގެއިން ބުނިހޭ ބައިވެރިވުމެއް ވާނެއޭ. މިހާރު ތިޔަދެމުއައްސަސާގައި ތިބި ދެމީހުންނަކީ ތިޔަދެތަނުގެ އެތެރޭގެ ސިއްރުތައް ބޭޒާރުކޮށް ގައުމައް ހިޔާނާތް ތެރިވެފައިވާ ދެގައްދާރުންނޭ.
ޢިތުރު ތިލަފަޅު ވަގު ޑީލް ރައްޔިތުން ނަށް ހާމަ ކުރަން ދެކޮޅު ހެދި ބަޔަކު ތެދެއް ނަހަދާނެ. ޢަމުދުން މި ޝަމާލަކީ ތެދެއް ހަދާނެ މީހެއް ކަމަށް ގަބޫލެއް ނުކުރެވޭ. ކަލޭމެންގެ ތެރޭން މީހެއްގެ އަތެއް ނޯންނަންވީސަބަބު ބުނެދީބަލަ!!
ކޮބާތޯ މީގެ ދެތިން މަސްކުރިން ސިފައިންގެ ތެރެއަށް ފިނިފެންމާ ލޯންޗު ގޮއްވާލި ގޮތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފަ އެޅިހާ ގަނޑުތައް.
ސަރުކާރު ބަދަލުވާ ކޮއްމެފަހަރަކު ކުންފުނުތަކުގެ އިސްވެރިން ބަދަލުވާހެން ސިފައިންގެ އާއި ޕޮލިހުގެ އިސްވެރިން ބަދލުވުމަކީ މައްސަލައެއް. އެއިން އެނގިގެންދަނީ ސިޔާސީ ނުފޫޒު އެތަންތަނުގައި އޮންނަކަން.
ވީމާ މިކަހަލަ ހާދިސާތަކާއި ސިފައިން ނުވަތަ ފުލުހުންގެ މައްޗަށް އެއްވެސް ބަޔަކު ޝައްކުކޮށް ސުވާލު އުފައްދާނަމަ އެއީ މިމުއައްސަސާތައް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމުގެ ހެއްކެއް.
އޮތިއްޔާ ބުނާނަން ދޯ. ؟ ބޯހަލާކު. ނަސީދު ދަރި ބުނޭ މާރިޔާ ކުރި ކަމެކޭ