ކުރީގެ ރައީސް އަދި މަޖިލީހުގެ ރައސް މުހައްމަދު ނަޝީދަށް އޮތް ނުރައްކާ ބޮޑުކަން އެނގޭތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި މިނިސްޓަރ ވިދާޅުވީ އިއްޔެ ރޭ ވަކިތަނެއްގައި ހަމަލާ ދީފާނެ ކަމަށް މައުލޫމާތު ލިބިފައި ނެތް ނަމަވެސް ކަމާއި ބެހޭ އިދާރާތަކަށް އިންޓެލެޖެންސް ރިޕޯޓްތައް ލިބެމުންދިޔަ ކަމަށެވެ. އަދި އެ މައުލޫމާތުގެ އަލީގައި ވަރަށް ގިނަ ފިޔަވަޅުތައް ފާއިތުވެ ދިޔަ ތަނުގައި އަޅާފައިވާ ކަމަށާ މިހާރުވެސް ސަލާމަތީ ގޮތުން އަޅަން ޖެހޭ އިތުުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ރޭގައި މިވެނި ރަނެއްގައި މިވެނި ހަމަލާ އެއް ދޭނެ އޭ އެ މައުލޫމާތު ނުލިބުނު ކަމުގައި ވިޔަސް އެނގޭ އިންޓެލެެޖެންސް ރިޕޯޓްތަކުން އެ ބޭފުޅާ އަކީ ހައިރިސްކް ބޭފުޅެއް ކަމާއި. ދެންމެ ޗީފް ވިދާޅުވި ގޮތަށް އެ އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުން ދިޔައީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެ ރިއެކްޝަން ދިޔަގޮތުންނާއި އެހާ އަވަހަށް ހޮސްޕިޓަލަށް އެ ޒަހަމްތަކާއި އަދި އަޅުގަނޑުމެންގެ ކުދިންނަށް ލިބުނު ޒަހަމް އާއި އެކީގައި ވެސް އެ ބޭފުޅުންގެ ފުރާނަ އަށް ވުރެ އެމަނިކުފާނުގެ ފުރާނަ އިސް ކުރިކަން." މާރިޔާ ވިދާޅުވިއެވެެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވި މީހުން މުޖުތަމައުގެ ތެރޭގައި އެބަތިބި ކަމަށާއި މިއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ. މިހަމަލާ އަކީ ސެކިއުރިޓީ ފެއިލްވެގެންވީ ކަމެއްތޯ އެނގޭނީ އެ ހާދިސާގެ އެސެސްމަންޓެއް ހެދުމުން ކަމަށް އޭނާ ވިދާޅުވިއެވެެ.

"އެމަގުގައި ސައިކަލްތައް ބަހައްޓާފައި ހުންނާތީ އެކަން އޮތީ ރެއިސްކޮށްފައި. އެސައިކަލްތައް ނަގައި ދިނުމަށް ކަމާބެހޭ އިދާރާތަކުގައި ވާނީ އެދިފައި. އަޅަން ޖެހޭ ފިޔަވަޅުތައް ކޮންމެ ހަފްތާއަކު ރިވައިސް ކުރަމުން އާދޭ." ޝަމާލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ސިފައިންނަށް ލިބެމުން އައި އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ވަރަށް ގިނަ ކަންކަން ކުރިންވެސް ހުއްޓުވާފައި ވާނެ ކަމަށެެވެ. އަދި އެ މައުލޫމާތުތައް ކަމާއި ބެހޭ ފަރާތްތަކާއި މެދުނުކެނޑި ހިއްސާކުުރަމުން އައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިންޓެލިޖެންސް އިންޕުޓް ލިބޭ. ބޭރުގެ ގައުމުތަކުގެ އިންޓެލެޖެންސް އިދާރާތަކުން ވެސް އަޅުގަނޑުމެންނަށް އެކި ކަހަލަ މައުލޫމާތުތައް އަބަދުވެސް ފޯރުކޮށްދެއްވާ. ތަކުރާރުކޮށް އެ ލިބެމުންދާ މައުލޫމާތުތައް އަޅުގަނޑުމެން ހިއްސާކުރަމުންދަން އެ ލިބެން ޖެހޭ ދިމަދިމާލަށް. ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި ހުއްޓިފައި ހުންނާނެ. ރައީސް ނަޝީދުގެ ސެކިއުރިޓީ އަށް ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންޓިނިއުއަސްލީ އަޅުގަނޑުމެން އެސެސްމެންޓް ހަދަމުން ގެންދަން." އޭނާ ވިދާޅުވިއެވެ.

ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ރޭ ދިން ހަމަލާގެ އިންޓަލިޖެންސް ރިޕޯޓު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި އިއްޔެ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ދެނެގަނެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ބޯގޯސް

  އިންޑިޔާ ސިފައިން ގެންނާނެ ގޮތެއް ނޭންގިގެން ތިއުޅެނީ

  23
 2. މާރިޔަތު ދައްތަ

  އަހަރެމެން ނަށް ވެސް އެނގޭ ތިޔަ އިންޓެލިޖެންސަށް އެނގޭ ވަރަށް. ރަށުތެރޭގައި ބީތާވެގެން ދުވާ ގޮލައެއްކަން. އެންމެންގެ ކަޅި ހުއްޓޭނެ ދޯ އެގޮތަށް އުޅެންނާ.. އެއްްފަހަރު ވެސް ބުނެލަބަލަ ދައުލަތުން ބޮޑު ހަރަދު ކޮށްގެން ތިޔަ ބަލަހައްޓާ އިންޓެލިޖެންސް ޑިޕާރޓްމަންޓަށް ކުރެވުނު ކަމެއް.. 48 ގަޑިއިރު ވެގެން ދާއިރު ވެސް މީހަކު ހައްޔަރެއް ނުކުރެވޭ. ޕްރެޝަރ ބޮޑުކަމުން ކިޔަނީ 04 މީހަކަށް ސަސްޕެކްޓް ވެޔޭ.. މިވަރުގެ ހަމަލައެއް ދީފަ ނުބަހައްޓާނެ ދޯ މިނިވަންކޮށެއް... ހުސް ހޮޅި ވާހަަކަ.. ފެއިލްވެފައި ތިޔަ އޮތީ.. ދެން އިސްތިއުފާ ދީ އަވަހަށް މާރިޔާ

 3. ޕޮގުބާ

  ރައީސްޔާމީނަށް ކުރި މަލާމާތް އަރާ ... ހަމަކުރީ

  19
  2
 4. ހާމާނު

  ސަރުކާރުގެ އިސްބޭފުޅުންގެ ގެއާ އޮފީސް ތަކާ 100 މީޓަރު ދުރުގަ ނޫނީ އެއްވެސް ވެހިކަލެއް ޕާކުރުންމަނާ ކުރަންވީ، ޕާކު ކޮއްފިނަމަ ވަގުތުން ތިލަފުއްޓައްލާ ނައްތާލާ،

  6
  11
 5. ހިންނަވަރުބަޖަރާ

  ފިޔަވަޅުތައް ވަރުގަދަކަން އެނގޭތާ؟ އޮތީއައިސީޔޫ ގައި ވިއްޔާ. މިދައިތަގަނޑު ދެކެ މަ ހާދަހާ ފޫއްސެއްވެޔޭ. ލޯބޮޑުބަކުރެއްހެން ހީވާ ބޮޑު އައިނެއްއަޅާގެން، ވާހަކަ ދައްކާއިރުވެސް ހީވަނީ އަނގަޔަށް ކުޅިމިރުހެއް ފިތާލާގެން އުޅޭހެން.

 6. ބޯޖަލީލު

  މާރިޔާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ....

 7. ވެރިން

  އަހަ ރުމެން ހު ރިހާ ދިވެހިން މި އުޅެނީ ބޮޑު ނު ރައްކަލެއްގެ ތެ ރޭގަ އެމްޑީޕީ ވެރިކަމަށް އައިއްސު ރެން. މުޅިގައުމު އިނޑިޔާ އަށް ދީ ހުސްކޮއްލާފި

 8. ޒުމަށްރަދު

  ކީކޭތަ ކަލޭމެންތިކިޔަނީ މާރިޔާ ތިބުނަނީ އިންޓެލިޖަންސު މައުލޫމާތުތަށް ލިބޭ ހަމީދު އެބަބުނޭ އިންޓެލިޖަންސު މައުލޫމާތުތަށް ނުލިބޭ ކަލޭމެން ތިކިޔާ ޅެމުގެ ކާފިޔާއާއި ބަނޑުވަށް އަކުރު އެއްގޮތްކުރާނެ ގޮތެއްހޯދަން އިންޑިއާގެ ޅެންވެރިޔެއް ގެންނަން ވެއްޖެއެއްނު.

 9. ކާފަބޭ2020

  ޚަބަރުތަކުންއިނގޭގޮތުގައި އެގޯޅީގަޕާކުނުކުރާގޮތަށް ހަމަޖައްސަން އެދިފަވަނީ ވީމާ އެކަންހަމަނުޖެހިއޮތީކީއްވެތޯ؟ އޮފީސްތަކުގެ ގުޅުންތައްކުޑަވުމުގެޒިންމާނަގާނީކާކުތޯ؟ ތަންތަނުގަމޮޅެތި ވާހަކަދައްކާ ކަރާފެޅިއަކަސްކަމަކުނުދާނެ ޒިންމާއެއީ ބުނެލާބަހަކުންއަދާވާއެއްޗެއްނޫންކަން އުސްތާޒާއަށްނޭގުމަކީ؟؟؟

 10. އަލީ

  މާރިޔާމެންނަކަށް މިގައުމު ނުބެލެހެއްޓޭނެ.

 11. އަޤީލަންބާ

  ތީވާނެގޮތް. އެއްވެސް އުރަފަތެއްނެތް އަންހެނަކު ޤައުމެއްގެ ޑިފެންސް މިނިސްޓަރަކަށް ލީމަ.

 12. ހަސަމީ

  ނަޟީދު އިންޑިއާގަ ބަހައްޓާ އޭރުން ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވުނީ.