20:56

ހއ. ދިއްދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 87ށް އަރައިފި

17:53

ކޮވިޑް-19 ޖެހިގެން 11 ގައުމަކުން މިއަދު މިހާތަނަށް ގިނަ ބަޔަކު މަރުވެއްޖެ

17:09

މިހާރު ކޮވިޑް-19 ފެތުރެމުންދާ ހއ. ދިއްދޫގައި ކާފިއު އިއުލާނުކޮށްފި

15:49

15:37

އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރެމެއް ނެތި ހެލްތްް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިތުރު ފިޔަވަޅުތަކެއް އަޅައިފި

00:53

ކޮވިޑް ޖެހިގެން އިތުރު އަންހެނަކު ނިޔާވެ ޖުމްލަ 83 އަށް އަރައިފި.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އަންނަނީ އިތުރުވަމުންނެވެ. ކޮވިޑަށް ޓެސްޓް ކުރާ އަދަދަށް ބަލާއިރު ފައްސިވާ މީހުންގެ ނިސްބަތް ވެސް ހުރީ އާދަޔާއި ހިލާފަށް މަތީގައެވެ. ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %24 މީހުން މިއަދު ފައްސިވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު 3153 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 766 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %24.29 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދަކީ ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލައަށް ބަލާއިރު ވެސް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު މާލެ އިން 571 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 171 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 23 މީހުން، އިންޑަސްޓްރިއަލް ރަށްތަކުން އެކަކު މިއަދު ފައްސިވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 8261 މީހުން އެބަތިއްބެވެ. އޭގެތެރެއިން 205 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެހެންވެ މިހާރު ވަނީ މާލެ އާއި އަތޮޅުތެރޭގެ ފަސް ރަށެއްގައި ވެސް ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކާފިއު ވެސް އިއުލާން ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ކޮބާ ޕަލެސްތީން ނިޔުސް

  2. އހ

    އެބަޔަކު އަމިއްލަ އަށް އެބައެއްގެ މައްޗައް އަންނަ މުސީބާތްްްްތަކައްް މަގުފަހިކުރަނީ........ ... ދަރިވަރުން ބިރުގަނެ ފުރޭތައެއްގެ ސިފަ ޖަހާތީ ނުނިދިގެން ރޮއެރޮއެ މޫނުއަޅައިގެން ތަޢުލީމީ ދާއިރާގަ މަސައްކަތް ކުރަމުން އައި ބައެއް މުވައްޒަފުންނަށް މޫނު ބުރުގާ ނާޅާ ނިކުންނަން އެންގި ދުވަސްވެސް ހިނގައްޖެ. މިހާރު މިޖެހުނީ ކޮންތާކު؟ ހައްހާ.... މިހާރު އަންހެނެއް ފިރިހެނެއް ނެތި މޫނުބުރުގާއެކޭ އެއް ފަދައިން މޫނު ނިވާކުރަންޖެހިއްޖެ... އެބައެއްގެ ތެރޭގަ ޖާހިލުކަން އާންމުވީީމަ ﷲ ކޯފާ ޖައްސަވާނެ. ވިސްނަބަލަ...

  3. ކާފަ

    މައިމޫނާ...... ކޮބާ ކިހިނެއް