21:46

ނިރުބަވެރި ހަމަލާއެއް އަންނަން އުޅޭ ކަމުގެ މައުލޫމާތު ރައްޔިތުންނަށް ނޭނގި އޮތީ ކީއްވެ ކަމުގެ ސުވާލު އުފެއްދެވީ އެއްވެސް ހާލަތެއްގައި ދިވެހި ރައްޔިތުން ގޯސް ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި ދެކެވުނު ވާހަކަތަކަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ

21:39

ރައީސް މައުމޫން: ފުލުހުން ކުރަމުންދާ މަސައްކަތަށް އައްސަރިބަހާއި ސާބަސް. ނިރުބަވެރިންގެ ކިބައިން މި ދިވެހި ގައުމު ވީ އެންމެ އަވަހަކަށް ސަލާމަތް ކުރަން ޖެހޭ

21:27

ޕްރޮފެސަރ އުގައިލް: ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނާތީ އެކަމާއި ހިތްހަމަޖެހޭ. ރައީސް ނަޝީދުގެ ފަރުވާ އަށް އެހީވި ހުރިހާ ޑޮކްޓަރުންނާރު ނަރުހުންނަށް ޝުކުރު ހައްގު.

18:42

ފުލުހުން މައްސަލަތަކުގައި މީހުން ހައްޔަރުކުރަނީ ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށާއި، ނަމެއްގައި އެއްވެސް ބަޔަކު ހައްޔަރު ނުކުރާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި މީހަކު ހައްޔަރުކުރަން ލަސްތަކެއްވީ ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދިފާއު ކޮށްފި

17:28

މި ހިނގާ މޭއި މަހުގެ ހަ ވަނަ ދުވަހު ނީލޯފަރު މަގުގެ މަޖީދީ މަގާއި ވީ ކޮޅުގެ ސަރަހައްދުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޭނުން ކުރި ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން މަސައްކަތް ކޮށްފައިވާ ކަން ފުލުހުން ހާމަކޮށްފި

17:14

ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ފުލުހުންގެ ޓީމެއް މިއަދު ރާއްޖެ އައިސް އަމަލީ މަސައްކަތް ފައްޓަވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

16:39

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

16:35

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި ހަމަލާއާ ގުޅިގެން މައުލޫމާތެއް ވެސް އަދި އިންޓަލިޖެންސެއް ވެސް ލިބިފައެއް ނުވޭ. މިކަމާ ގުޅިގެން ފިޔަވަޅެއް އަޅަން ޖެހޭ ފަދަ މައުލޫމާތެއް ވެސް ނުލިބޭ.

16:31

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި ހަމަލާގައި ބައިވެރިވާ މީހުންނަކީ ހަރުކަށި ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއް ކަން އަދި އެނގިފައެއް ނުވޭ. އެކަން އިތުރަށް ތަހުގީގުކޮށްގެން އެނގޭނީ. ވަރަށް ފުރުސަތު ބޮޑު ތުހުމަތު ކުރެވޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް.

16:30

ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: މި ހަމަލާގެ ފެށިގެން ގޮސް ހުރިހާ ކަމެއް ނިމެންދެން ހާސިލްވެވޭނެ.

16:28

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ތަހުގީގަށް ހައްޔަރު ކުރި މީހުންނަކީ ހަރުކަށި ފިކުރުގެ ކެޓަގަރީއަށް ދާ ބައެއް.

16:28

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރާ ގުޅުން ހުރި ކަންކަން ފެންނަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ

16:24

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ބަލާ އަތަމާ ޕެލެސް ކައިރި ހުރި މީހާ ނުފެންނައިރު، އެ މީހާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ

16:24

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ތަހުގީގަށް ފެންނަނީ މިކަމުގައި އިތުރު ބަޔަކު އުޅޭނެ ކަމަށް.

16:22

ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް. މި މައްސަލައިގައި މިހާތަނަށް ލިބިފައި ހުރި ކަންކަމަށް ބަލާއިރު ހަރުކަށި ކަންކަމާ ގުޅުން ހުރި ކަންކަން ހިނގާފައިވާ ކަން ފާހަގަ ކުރެވޭ.

16:21

ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: ފުލުހުން މިހާތަނަށް ކުރި މަސައްކަތް ގެންދިޔަ ގޮތާ މެދުގައި ހިތްހަމަޖެހޭ. ފުލުހުން ވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތް މި ކުރަނީ. އަޅުގަނޑުމެންނާ މަޝްވަރާ ކުރަމުން މިދަނީ. އުންމީދު ކުރަނީ މި މައްސަލައިގައި ކޮންމެވެސް ނަތީޖާއަކާ ހަމައަށް ވީހާވެސް އަވަހަށް ދެވޭނެ ކަމަށް.

16:18

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭ ވީޑިއޯ އާއި އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ މައުލޫމާތު ފުލުހުން އާއްމުކޮށްފި

16:18

ޕޮލިސް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު: އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ސީނިއާ ޓީމެއް ވަނީ މަސައްކަތް ކުރަން ފަށާފައި. އިނގިރޭސި ވިލާތުގެ އެހީ ވެސް މި ތަހުގީގަށް އެބަ ލިބޭ.

16:16

އެސިސްޓަން ކޮމިޝަނަ މުހައްމަދު ރިޔާޒް: މި މައްސަލައިގައި ހައްޔަރު ކުރީ މއ. ފޭރުގެ މުޖާޒް އަހުމަދު، ގއ. ކޮނޑޭ ފޮޅޭމާގެ ތަހުމީން އަހުމަދު. މިއީ ކުށުގެ ރިކޯޑު އޮތް ދެ މީހުން. މި މީހުންނާ މައްސަލައާ ހުރި ގުޅުން ފަހުން ހިއްސާ ކުރާނަން.

ރައީސް ނަޝީދަށް ހަމަލާ ދިން ކަމަށް ބުނާ ދެމީހުން

16:14

އެސިސްޓަން ކޮމިޝަނަ މުހައްމަދު ރިޔާޒް: ސައިކަލް ނަންބަރު ބޯޑު ވަނީ ބަދަލުކޮށްފައި. ސައިކަލްގެ އަސްލު އިންޖީނު ނަންބަރު ހޯދައި، ސައިކަލްގެ ވެރި ފަރާތް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

16:13

ތަހުގީގަށް ހޯދަމުން އަންނަ އެންމެ މުހިންމު މީހާގެ ފޮޓޯ އާންމުކޮށްފި. މިއީ މީސްމީޑިއާގައި މިހާރު އާންމުވެފައިވާ މީހާގެ ފޮޓޯ.

16:12

އެސިސްޓަން ކޮމިޝަނަ މުހައްމަދު ރިޔާޒް: މި ވީޑިއޯގައި ވަރަށް ގިނަ ބަޔަކު ފެނޭ. މި ތަހުގީގަށް އެމީހުންގެ އެއްބާރުލުން ލިބޭ.

16:11

ވީޑިއޯ އިން ފެންނަނީ، ނަޝީދު ސެކިއުޓީންނާއެކު، ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ބޮން ގޮއްވާލާ މަންޒަރު.

16:10

ހަމަލާ ދިން ވަގުތު ފެންނަ ވީޑިއޯއެއް ފުލުހުން އާންމު ކުރަން ފަށައިފި.

16:08

ފުލުހުންގެ ޕްރެސް ކޮންފަރެންސް ފަށަން ތައްޔާރުވެއްޖެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވީޑިއޯ ފޫޓޭޖެއް ހާމަކުރާނެ.

15:48

ރާއްޖޭގައި ކަންކަން ހިނގާ ގޮތުން އަދިވެސް އިތުރު ނުރައްކާތެރި ކަންތައްތައް ދިމާވެދާނެ ކަމަށް ބަލަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ

15:10

އޭޑީކޭގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި

15:10

ޑރ. ނިޔާފް: އާންމު ގޮތެއްގައި ޕޭޝަންޓުންގެ މައުލޫމާތު މިފަދަ ގޮތަކަށް ހޮސްޕިޓަލުން ނުދެން، އެހެން ނަމަވެސް މިއީ ސީރިއަސް މައްސަލައަކަށް ވާތީވެ އަދި ގިނަ ރައްޔިތުންނަށް އެނގެން ޖެހޭނެ މައުލޫމާތު ކަން ގަބޫލުކޮށް އެ މައުލޫމާތު ހާމަ ކުރަން ހޮސްޕިޓަލުން ނިންމީ. އުއްމީދު ކުރަން ބޭނުންވާ ވަރަށް ތަފްސީލީ މައުލޫމާތު ދެވުނު ކަމަށް

15:03

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގޮހޮރު ވެސް ފޫއަޅާއިގެން ގޮސްފައި ހުރި ކަމަށާއި ސަލާމަތް ވީ ރޯދަ މަހާ ދިމާކޮށް އެމަނިކުފާނުގެ ގޮހޮރު ބޮޑަށް ހުސްވުމުން ކަމަށް އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުން ވިދާޅުވެއްޖެ

14:56

ޑރ ނިޔާފް: ގޮޮހޮރު ފޫގޮސްފައި ހުރި ނަމަ ގޮހޮރު ލީކުވާނެ. އެކަމަކު ރޯދަ މަހާއި ދިމާވީމަ ނަސީބު ދިމާކުރި ގޮތުން ގޮހޮރު ބޮޑަށް ހުސްކޮށް ހުރީ -

14:54

"ބަނޑު ތެރޭގައި 3 ސީޓީ ސްކޭނަށް އަރާ ކަހަލަ ދަގަނޑު ކޮޅު ހުރި. އޭތި ވަދެ ގެއްލުން ލިބުނީ ކޮން ހިސާބަކަށް ކަން އެނގޭނީ އެތެރެ ބަލާލީމަ. އެތެރެ ބެލީމަ އެނގުނީ ބަނޑުގެ މަސްގަނޑު ފޫ އެޅިކަން. ދެން ލޭ ހުރިކަން. ކެމެރާ ލައްވައިގެން ބެލީ. ފޫ އަޅާލާފައި ހުރީމަ މާނައަކީ އެތެރޭގެ ގުނަވަންތަކަށް ވެސް ގެއްލުން ލިބިފައި ހުންނާނެއޭ. ފާހަގަކުރެވުނީ ފަލަ ގޮހޮރުގައި ހުރި ފޫއަޅާފައި. މައިދާވެސް އެއްފަރާތުން ވަދެން އަނެއް ފަރާތުން ނުކުމެގެން ގޮސްފައި ހުރީ - ޑރ. ނިޝާން

14:53

އަމާޒުވި ނިރުބަވެރި ހަމަލާގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފުއްޕާމެ ފޫއަޅައިގެން ގޮސްފައި ހުރިކަމަށް އެމަނިކުފާނަށް ފަރުވާދެއްވަމުންދާ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއްޖެ.

14:45

ރައީސް ނަޝީދުގެ ފުއްޕާމެ ފޫއަޅައިގެން ގޮސްފައި ހުރި، ވަރަށް ބޮޑަށް ޒަޚަމްވެ ޑެމޭޖް ވެފައި ވެސް ހުރީ. އެހެންވެ ފުއްޕާމޭ ނޫގަނެފައި ހުރި. އެއް ސެންޓިމީޓަރު ތިރިއަށް ދިޔަ ނަމަވެސް ހިތަށް އަމާޒުވެ ނުރައްކާ ވެގެން ދާނެ - ޑރ. ޝާފިއު

14:43

" ދަގަނޑު އެތިކޮޅުތަކެއް ހުރި އެއްވަރެއްގެ ޔުނިފޯމް އެތިކޮޅުތަކެއް. އަޅުގަނޑުމެންނަށް އެނގުނީ ފުއްޕާމޭ ތެރޭޭގައި އޭގެ އެތިކޮޅެއް އިންކަން. އެއީ މިވަގުތު ފުރާނަ އަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބަލާ އެންމެ ފުރަތަމަ ދޭން ޖެހޭ ފަރުވާ ދޭން ހަރަކާތްތެރިވިން." - ޑރ. ނިޔާފް

14:43

ޑޮކްޓަރު ޝާފިއު އާއި ނޭޕާލް ޑޮކްޓަރަކު ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ރައީސް ނަޝީދަށް ލިބިލެއްވި ޒަޚަމްތައް ކިޔައިދެއްވައިފި.

14:41

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭ ޑޮކްޓަރުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ - ވަގުތު އިމޭޖްސް: އަހުމަދު ޖައިޝާން

14:40

ރައީސް ނަޝީދުގެ ހަށިކޮޅުގައި ލިބިދީފައިވާ ޒަޚަމްތައް ޑޮކްޓަރު ނިޝާން ދެއްކެވި - ވަގުތު އިމޭޖްސް: އަހުމަދު ޖައިޝަން

14:37

ރައީސް ނަޝީދު ފަރުވާއަށް ގެނެވުނުއިރު ހުރިހާ ސުވާލަކަށް ޖަވާބު ދެމުން ދިޔަ. އެހެންވެ ކޮންޝިއަސް ލެވެލް ރަނގަޅު ކަން ފާހަގަކުރެވުނު. ދެން ޕްރައިމަރީ ސާވޭއެއް ކުރި. އޭރު ވަރަށް ބޮޑަށް އެކި ތަންތަނުން ލޭ އަންނަ ކަން ފާހަގަވި. އެހެންވެ އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނީ. - އޭޑީކޭ ޑޮކްޓަރު ތުމްޝޫމާ

14:35

ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ އޭޑީކޭގެ ޑޮކްޓަރު ނިޔާފާއި، ޑޮކްޓަރު ތުމްޝޫމާއާއި ޑޮކްޓަރު ނިޝާން

14:34

ރައީސް ނަޝީދަށް ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލްގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

14:15

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅޭ ފޮޓޯއާއި ވީޑިޔޯ މީސްމީޑިއާގައި ނުފެތުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފި

14:09

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

14:04

އް ދިން އިރު ޑިފެންސް މިނިސްޓަރަކަށް ހުރީ އެމްޑީޕީ ނޫން ޕާޓީ އެއްގެ ޑިފެންސް މިނިސްޓަރެއް ނަމަ އެ މީހެއްގެ މަޤާމު ގެއްލޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ނައިބު ރައީސް ޑރމުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ

13:54

ގ.ގަދަފެހި ގޯޅި ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިތުރު މީހަކު ގެންގޮސްފި، އޭނާ ގެންދިޔައީ މޫނުގައި އެއްޗެއް އަޅުވައިގެން.

13:52

މިއަދު ހަވީރު 4:00 ގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ. މިއީ ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ބޭއްވާ ބައްދަލުވުމެއް.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟްގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައި.

13:47

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ސީސީޓީވީ ފުޓޭޖުން ބޮން ގޮއްވާލި ކަމަށް ފެންނަ މީހާ ހިމެނޭ ކަން "ވަގުތު" އަށް އެނގިއްޖެ

13:29

ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު

12:51

 

11:47

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ ސިޓީ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގައި އެކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި.

11:42

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން ރޭވި އިރު، ދިވެހި އެއްވެސް ރައްޔިތަކަށް "ހިލަމެއް" ނުވޭތޯ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެންމެ އިސްވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސުވާލު އުފެއްދުވުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެ.

11:13

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ކަމަށް ބެލެވޭ މީހާ އަތަމާ ޕެލެސް ކައިރީ ހުރެފައި ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލުމަށް ފަހު ފިލުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ގެ ނުރުހުން އިދާރާތަކަށް އަމާޒު ކުރައްވައިފި.

10:18

ރައީސް ނަޝީދަށް ދިން ހަމަލާގެ ހެއްކެއް އޮތްނަމަ އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަދައިފި.

09:24

ރައީސް ނަޝީދަށް ނުރައްކާ ބޮޑުކަން އެނގޭތީ ފިޔަވަޅުތައް ވަރުގަދަ ވާނެ - މާރިޔާ

00:42

ރައީސް ނަޝީދަށް ދިން ހަމަލާގައި ސިފައިންގެ މީހެއްގެ ބައިވެރިވުމެއް ނޯންނާނެ: ޗީފް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާ ނުވަތަ ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެންމެ މަތީ އެލާޓަށް ގެނެސްފައެވެ. ހަމަލާ ދިން ސަރަހައްދުން ޝައްކުކުރެވޭ ފަދަ އަމަލުތަކެއް ކުރި ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވީނަމަވެސް އަދިވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ހަމަލާ ދިން މީހުންގެ ތެރެއިން އެއްވެސް މީހެއްގެ އެއްވެސް މައުލޫމާތެއް އަދި ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެއެވެ. އެމީހުން ހޯދަން މަސައްކަތެއް ކުރާކަން ވެސް އަދި ފުލުހުން ނުބުނެއެވެ.

މިރޭ އެމްއެންޑީއެފް އިން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. ސިފައިންގެ ހަރަކާތްތައް އަވަސް ކަމާއި، ފުރިހަމަ ކަމަށް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ތައުރީފް ކުރެއްވިއެވެ. އަދި މިކަން ކުރި ބަޔަކު ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ޅަތީފާ

  ޢަމިއްލައައް ބޮއެގެން އުޅޭ ބޮނޑިއެއް އެއީ

  61
  15
 2. ނާރު

  އެމަނިކުފާނު އަމިއްލަގޭގައި ނުޖެހޭ ސެކްރިޓީ ދީގެން ބަހައްޓާކަށް އެދަދަ އިއްޒަތްތެރިން ސަލާމަތީތަންތަނުގައި ބަހައްޓަންވާނީ އެ މަގުން އާއްމުންގެ ސައިކަލްތައް ނެގުމުގެ ބަދަލުގައި އެހެންގޮތަކަށް ސެކިއުރިޓީ ދިނުން މުހިއްމު

  43
  11
  • ޝައްފަ

   ފޮނު ނަންބަރެއް ދީބަލަ. މިވަރު ކޮށްނުލެވޭތަ؟

   • ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ވަޓްސްއަޕް އަދި ވައިބަރު ނަންބަރު ވެސް ދެއްވަން ވާނެ.

    • މުބީނު

     އިޢުލާން ކުރަންވާނެ !

 3. ޗީފް ކެނަރީ

  ބޮޑުވަޒީރުކަން ހޯދަން ކުރާހާ މަސައްކަތް ރައްޔިތުން ތިބީ ހޭހުއްޓަ އިންޑިޔާ ގެރިންނައް ރާއްޖެ ދޭކަށެއްނޫން ސްޓަންޓު ސަރުކާރު ފެއިލްވެފަ ތިބީ

  70
  13
 4. ނީޝް

  ސިޔާސީ ފޯމިއުލާއިން ނަޝީދު ބޭރުކޮއްލުމައް ޕާޓީގެ އެތެރެއިގެ ފެކްޝަނަކުން ހިންގިކަމަކައްވެސް ވެދާނެ. މިހާރަކައް އައިސް ކޮންމެ ކަމެއްކޮއްލާފަވެސް ޓެރަރިސްޓުން ލުރިކަމެކޭ ކިޔާފަ ޓެރަރިސްޓުންގެ ބޮލުގަ ކަންކަން އަޅުވާލުމަކީ ބަޔެއް ތަރައްގީވެފަ ތިބި ގައުމުތަކުންވެސް ކުރާކަމެއް. ހަގީގަތް އިނގޭނީ ރަނގަޅު ހަރުދަނާ ތަހުގީގެއް ކުރެވިގެން. އެކަމަކި އެފަދަ ތަހުގީގެއް ހިންގޭނެ ވަރުގެ ފެންވަރު ހުރި މުއައްސަސާތަކެއްވެސް ރާއްޖެއަކު ނެތް. އަދި ތަހުގީގު ހިންގުވައިދިނުމައް ބަރޯސާވެވޭނެ ވަރުގެ އިޚްލާސްތެރި ބޭރުގައުމުތަކެއްވެސް ނެތް. މިޔައް ކިޔަނީ މުޅި ގައުމު ފޭލިވުމޭ.

  64
  4
 5. ޕޮގުބާ

  މީހަކު ހައްޔަރު ކުރާއިރަށް ބުނާނެ ރައީސްޔާމީން ބުނެގެންނެ އެކަންކުރީ ދެން ދޮޅުރޯނާތަށް ގަބޫލް ކުރާނެ

  38
  7
 6. ޟަރުދީ

  އެމަނިކުފާނު ވެއްޓުނީމާ ނަގާ އެއްކާރަށްލާ އަނެއްކާރަށްލާ ތަޅުވަތަޅުވާފަ ހޮސްޕިޓަލް އަށް ގެންގޮއްސަ މި ކިޔަނީ ކްރިޓިކަލޭ ބޮޑީގާޑުންނަށް ނޭގޭތަ އަވަސް ފަރުވާވެސް ދޭން ނޫނީ އެ ހާލަތުގައި އެންބިއުލާންސް ގެނެސް ހަދަން ފަރުވާ ކުރުމުގައި އެމްއެންޑީއެފް ފަރުވާކުޑަ އެ މަނިކުފާނު ވެއްޓުނުތާ ބޭއްވިނަމަ މާރަގަޅުވީސް

  18
  13
 7. ކާފަ

  އެއީއަމިއްލައަށްޖެއްސިސުޓަންޓެން ހުރިހާމީހުންގެސަމާލުކަންހޯދުުމަން

  36
  7
 8. ކުއްލިނުރައްކާ

  މީ ނަސީދު ދެކެ ރުޅިއަންނަ ހުޜިހާމީހުން ރާވައިގެން ހިންގާފައިވާ މުޑުދާ ރު އަމަލެއް

  12
  43
 9. ޙައްލު

  ނުކެރޭނެކޮމެންޓު ޖަހާދޭކައް

  6
  1
 10. އަލިބެ

  އަލްހަމްދުلِلّٰهِ. ފުލުސް އޮފީސް ފޮގެޓްމީ ނޮޓަށް ބަދަލުކޮށް ޕޮލިސް ކޮމިޝަނަރު ޕައްޕި ހަވާލުވުމުން ކުރިއެރުން ފެންނަންފަށާފައޮތީ

  4
  3
 11. ދިވެހިމީހާ

  އެއްވެސް ދޮގަކާނުލާ އަޅެ ބުނެލަދީބަލަ ހަމަ އެއާ ސީރިއަސް ތޯ އެމަނިކުފާނު. ތިޔަ ކަމަކީ ހަޤީޤީ ކަމަކަށް ވުން އެކަށީގެންވޭ އަދި އެކަން ކުރި މީހަކު ނުވަތަ ބަޔަކު އެކުރީ ގޯސް ކަމެއް. އެއީ އެމަނިކުފާނަށް ހަމަލާން ދޭން އުޅުމުގައި ކޮންމެށް އެހެން ދަރިއަކަށް ގެއްލުން ލިބުންވެސް އެއީ އެއާއިލާ އަކަށް ލިބޭ ނިކަމެތި ކަމެއް. ދެން މިކަން ކުރިބަޔަކު ކުރިގޮތް ގޯސް އެކަމަކު ކުޑައިރުންސުރެ އުޅުނު ރަޙްމަތްތެރިޔާ ގަންބާލާ އޭނާ ގެ ނާގާބިލް ކަން ދައްކަން ތިޔަވަރުގެ ސްޓަންޓެއް އޭ.ޑީ.ކޭ ތެރޭ ޖެއްސުން އެއީ އާޙިރުގަވެސް ލުއިވެދާނެ ކަމެއްކަމުގައި ނުދެކެނީތޯ. މަށަކީ އާއްމު މީހެއް ވީމަ ހަމަ ބުނެލީ

  3
  2
 12. ޒކ

  މި ޖަރީމާ ހިންގި މީހުންނަށް ފިޔަވަޅު އެޅެންޖެހޭނެ. އަދީބުހެން ޑީލެއްގެ ތެރެއިން ސަލާމަތްވެވިގެން ނުވާނެ!

  10
  5
 13. ބުރާންތިސް

  ބާއީ ލުތުފީ އެތައް ދިވެހިންނެއް މަރާލީމަވެސް ލަންކާގައި ހުންނަ އެމްބަސީގައި އަރާމު ދިރިއުޅުމެއް އުޅުނުވާހަކަ ނޫސްތަކުން އަޑުއެހިން.
  މި4 މީހުންގެ ދިރިއުޅުން އެއްވެސް ބަޔަކު އެކަހަލަ ގޮތަކަށް ބަދަލުނުކުރާނެ ކަމަށް އުއްމީދުކުރަން.
  އެބަޔަކު ކުރި ކުށަށް ހައްގު އަދަބު ނުލިބެނީހެއް ތިކަހަލަ ވިޔާނުދާ އަމަލު ނުހުއްޓުވޭނެ.

  12
 14. ދިސްވޭ

  މިއީ ގައުމެއްތަ ކަމުގައި ސުވާލު ކޮށް ހަދާ މިކަން އެއީ މާބޮޑު ކަމެއް ކަމަށް ދައްކަން އެމްޑީޕީގެ މެމްބަރުން އަމިއްލަ އަށް އެމެން އެއީ އެކްޓިވިސްޓުންނަށް ހެދިގެން އުޅުނު ނަމަވެސް އެމެން އެކްޓިވިސްޓުންނަށް ވަނީ ޝޯޝަލް މީޑިއާ ގައޭ ހަގީގަތުގައި އެކްޝަން އިން އެކަމެއް ނުފެނެއޭ މިސަރުކާރުގެ އެންމެ ބޮޑު ފެއިލިއަރ އަކީ ހުރިހާ މިނިސްޓްރީ ތައް އެއްކޮށްލާ އެމްޑީޕީ ގެ ތަޖްރިބާ ނެތް މީހުންނަށް މިނިސްޓަރު ކަން ދޭތީއޭ ތިމާވެށި މިނިސްޓަރު އެއީ އިންޖިނިއަރެއް ނޫނޭ ދެން ކޮން ތަޖްރިބާ އެއްތޭ ހުންނާނީ ތަމެން އިސްތިއުފާ ދޭންވީއޭ ތިޔާ މައްސަލައިގައޭ ރާއްޖޭގައި ބޮން ގޮއްވަމުންދަނީ...

  6
  1
 15. ހުސޭނުބޭ

  ޑަކްޓަރުންގެ ބަހުން މުޙައްމަދު ނަޝީދު ސަލާމްތަވީ ދުވާލު ކައިފައި ރޭގަނޑު ރޯދައަށް ހުރުމުންކަން ދޭހަވަނީ!

  10
  4
 16. އިސްތިއުފާ

  ޑިފެންސް މިނިސްޓަރު މާރިޔާ އިސްތިއުފާ ދޭންވީއޭ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ

  10
 17. ވަތަން

  ގޮއްވާލި މީހާ ހައްޔަރު ނުކުރޭ ރަނގަޅަށް ބަލާފަ ހަބަރު ޖަހާބަލަ