އައްޑޫ ސިޓީ ހިތަދޫގައި، އަނބިމީހާގެ ކުރިމަތީގައި މީހަކު ދަންޖެހި މަރުވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ އައްޑޫ ސިޓީ ހިތަދޫ މީހަކާ ކައިވެނިކޮށްގެން އުޅޭ ށ. އަތޮޅު މީހެކެވެ. އެ މީހަކު ދަން ޖެހިފައި ވަނީ ކޮޓަރީގެ ދޮރުގައި ހުރި ފެންލައިޓްގައި ވާގަނޑު އައްސައިގެންނެވެ.

އެ މީހާ ދަންޖެހެން ފުންމާލިއިރު އަނބިމީހާއާއި ތިން ދަރިން ތިބީ ކޮޓަރީގައި ނިދާފައެވެ. އަދި ފިރިހެން މީހާ ދަންޖެހެން ފުންމާލި އަޑަށް އަނބިމީހާއަށް ހޭލެވުނު ކަމށް އެނގިފައިވެއެވެ.

ފިރިމީހާ މަރުނުވަނީސް އެ މީހާ ސަލާމަތް ކުރަން އޭނާގެ އަނބިމީހާ މަސައްކަތް ކުރި ކަން ވެސް އެނގިފައިވެއެވެ. މި ގޮތުން އަނބިމީހާއަށް ހޭލެވުމުން ފިރިމީހާގެ ފައިގައި ހިފަހައްޓައިގެން ގިނައިރުތަކެއް ވަންދެން ހުރި ކަން އެނގިފައިވެއެވެ.

އަނބިމީހާ އެކި މީހުނަށް ގުޅަން މަސައްކަތް ކޮށްފައިވާއިރު އެ މަސައްކަތުން ބަޔަކު މީހުން އައިސް އެ މީހާ ނަގާފައިވަނީ ދަންވަރު 1:10 ވީ ފަހުން ކަން މައުލޫމާތު ލިބިފައިވެއެވެ. އޭރު އޭނާ ވަނީ މަރުވެފައެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. ޥިސްނާ

  ބުއްދި ގަބޫލު ނުކުރާ ކަހަލަ ވާހަކަ ތިދެކެވެނީ ސަބަބަކީ 3 ތިންދަރިންގެ ކުރިމަތީގައި ތިހިމީހަކު ދަންޖެހުނު އިރުގަ ބަލަންތަ އެ ތިންމީހުން ތިބީ؟؟؟؟؟؟؟؟؟؟؟

  38
  102
  • އެއީ ހަސަދަވެރިން ގިނަތަނެއް

   އައްޑޫ އަކީ ދިރިއުޅެން ވަރަށް ފޫހި އަތޮޅެއް އެހެންނޫނަސް. ތިރަށުގެ ތާރީހަށް ބެލިނަމަވެސް އަމިއްލައަށް މަރުވެފައިތިބި މީހުން މަދެއް ނުވާނެ.

   36
   19
  • ސަރީ

   ކޮންކަހަލަ ސުވާލެއް ތިއީ ؟ ކުދިންގެ އުމުރު އެނގިގެންތަ ތިހެން ތި އަހަނީ ؟ ރޮއެ ހޭރެން ތިބުމެއް ނޫންތަ ބޮޑަށް ހިތައް އަރަނީ ؟

   ކަލޯވެސް މަތީގަ ހުރި ނަންބަރުތަކުން ނަންބަރަކަށް ގުޅާލަންފެނެ.

   32
   4
  • ނު ވިސްނުނެއްނު

   އޭ މިހިރަ ގަރަހިތާ... ރަނގަޅަށް ހަބަރު ނުކިޔަތަ ތި ކޮމެންޓްކުރަނީ.. އޭނީނު ބުނެފަ އޭރު އެ ކުދިންނާ އަނބިމީހާ އޮތީ ނިދާފައޭ

   39
  • ރަދީފް

   ބްރޯ.”ކުރިމަތި” ދިވެހިބަހުގަ މިބަސް ބޭނުންކުރާ ހާލަތްތައް ދަސްކުރުމަށް ގޮވާލަން.

   10
  • މުހަންމަދު

   ކޮމެންޓު ތިކުރީ މިޚަބަރު ކިޔާފަތަ؟

 2. ފައުނީ

  މުޖުތަމައުގައި ލާދީނީ އޮއެވަރުތައް ދެމިގެން ދިޔުމައް ދޫކޮއްލާފައި ރައްޔިތުން ތިބިތިބުމައް އޭގެން ނިކުއްނަތީޖާ ތިޔަ ފެންނަނީ. ދީނާއި ދުރުވާ ވަރަކައް ޣައިރު މުސްލިމުންގެ އާދަކާދަތަކާއި އެމީހުންގެ މުޖުތަމައުތަކުން ފެންނަ ނޭދެވޭ ހުރިހާކަމެއް އަންނާނީ ފެންނަމުން ތައާރަފްވަމުން. އަދިވެސް ލާދީނީ ބަޔަކު ތިބިއްޔާ އެބަޔަކައް ވޯޓުލައި ވެރިކަން ހަވާލު ކުރާތި.

  124
  38
  • ކޮއްކި

   ކޮންމެ ކަމެއް ސިޔާސީ ނުކޮށް ހުރެބަލަ.

   22
   11
  • 🙄

   ނަފްސާނީ ބައްޔަކީ އީމާންތެރިކަން ވަކި ކުޑަ ވީމަ ޖެހޭ ބައްޔެއް ނޫން. މުޖުތަމައު މިއަށްވުރެން ތަހުޒީބުވާން ޖެހޭ. ކަންކަން އެނގެން ޖެހޭ. ކޮންމެ މީހަކުވެސް ދައްކާނި މީހަކު މަރުވީމަ މަރުވީ ވާހަކަ. ހަމަ ހުރެފަކަ މީހަކު މަރެއް ނުވާނެ. އެހިސާބަށް އޭނަ ދާން ޖެހުނީ ކީއްވެތޯ ބަލާ މުޖުތަމައުން މިފަދަ މީހުންނަށް ކޮށްދެވެން އޮތް ކަމެއްއޮތީއާ ކޮށްދޭންޖެހޭ. މީ 2021. ޒަމާނާ ހާލަތަށް ބަދަލު އަންނާނެ އެކަން ގަބޫލުކުރަން ޖެހޭނެ.

   2
   1
 3. ހަސީނާ

  އަމިއްލައަށް މަރުވުމަކީ ހައްލެއްނޫން. އެއީ ބޮޑުވެގެންވާ ފާފައެއް. ހާދަ ދެރައެ

  156
  4
  • ހާދަ ފޫހި ތަނެކޭ އެއީ

   އަހަރެން އައްޑޫގައި ވަރަށް ގިނަ އަހަރު ހޭދަކުރިން. އައްޑޫ ނޫން މީހެއްގެ ހައިސިއްޔަތުން އަހަރެންގެ އަމިއްލަ ތަޖުރިބާއިން ބުނެލަން އޮތީ، އަހަރެން އައްޑޫގައި ހޭދަކުރި ދުވަސްތަކަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް އެންމެ އެކަނިވެރިވި، ހިތްދަތިވި، ފޫހިވި، މާޔޫސްވި ދުވަސްތައް.

   36
   10
   • މަރީ

    @ހާދަ ފޫހި ތަނެކޭ އެއީ
    އަހަރެން އެއްބަސް ކަލެޔާ. އެއީ ބޮޑާ، ނާތަހުޒީބު، ކިބުރވެރި ނުބައި ބަޔެއް އުޅޭ ތަނެއް.

    13
    7
   • ހިސާނު

    މީ ހާދަ އިންޓެރެސްޓިން ކޮމެންޓެކޭ. މިއާ ގާތްކުރާ ހިޔާލުގެ އައްޑޫނޫން ކިހާ ބަޔަކު އައްޑޫގައި ދިރިއުޅޭބާއޭ ވަރަށް ހިތަށް އަރާ. އަހަންނަން އައްޑޫމީހުންގެ ފަރާތުން ފުދޭވަރަކަށް ގިނައިން ފީލްވާ ވައިބެއް އެއީ ދޭ ޑޯންޓް ގިވް އޭން އެފް އެބައުޓް ނަން އައްޑޫއަންސް. އަނެއްކާ އަނެއްކޮޅުން ވަރަށް ހިތްހެޔޮ އައްޑޫ ބައެއް ރައްޓެހިންވެސް އެބަތިބި. އަބަދުވެސް ދެވެނީ ދަތުރުވަރުގައި (ގިނަވެގެން ހަފްތާއެއް). އެހެން ދާއިރު އައްޑޫ އަބަދުވެސް ވަރަށް ހިތްގައިމު.

    • ފަސްޓް ހޭންޑް އެކްސްޕީރިއަންސް

     ހަމަ ހަގީގަތްތީ. ވަރަށް ބޮޑަށް ބީރައްޓެއްސެއް ކަމުގެ އިޙްސާސް ކުރެވޭ..

 4. ނަން

  އެ އިންސާނާ އަށް، މާތްﷲ ހެޔޮ ވިސްނުން ދެއްވާށި

  62
  13
  • ސޭކު

   މަރުވެއްޖެކަމަށް ލިޔުމުގަ އޮތީ

   78
   3
 5. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

  މި ސަރުކާރުން ރައްޔިތުންނަށް ޖައްސާ ބަލާއާއި މުސީބާތަށް ކެތްނުވެގެން ނިކަމެތި ރައްޔިތުން އަމިއްލައަށް މަރުވާ ހިސާބަށްވެސް ދަނީ

  70
  102
  • ބޮޑުވަޒީރު ނަޝީދު

   މިކަން ވެސް ސިޔާސީ ކޮއްލީ ދޯ

   19
   5
 6. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  ހިތާމައިގެ ކޮޅެއްނެތެވެ.
  އެންމެބޮޑު ހަތް މޫބިޤާތުގެ ތެރޭގައިވެސް ޙައްޤަކާއި ނުލާ މަރާލުން ހިމެނެއެވެ. الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات الغافلات المؤمنات. އެމީހަކު އަމިއްލައަށް އެމީހެއްގެ ހަށިގަނޑު ހަލާކެއްގެ ތެރެއަށް ވައްޓާލުން ހުއްދަވެގެންނުވެއެވެ. وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ

  62
  1
  • ރާޖާ

   ޝޭޚް މާލަސްވީ ތި ނަސޭހަތް ދޭން.. ނަސޭހަތް ދިން އިރު އެސޮރު މަރުވެއްޖެއޭ!

 7. މާހާ

  މިކަހަލަ ޚަބަރު ގެނެސްނުދިނުމަށް އެދެން

  94
  13
  • ނަސޭހަތް

   ވަގުތު އެޑިޓަރުން ކަމުގެ މާހިރުންނާއިވެސް މަށްވަރާކޮށްލާފަ މާހާ ގެ މިނަސޭހަތް ގަބޫލުކޮށް މި ހަބަރުވެސް ޑިލީޓުކޮށްލައި ތަކުރާރު ނުކުރުން އެދެން.

   12
   2
  • ޥިސްނާ ހޭބަލި

   ކަލޭ މެން ކަަހަލަ މީހުންގެ ކޮމެންޓް ކިޔާފަވެސް މަދަންޖެހެން ބޭނުން ، ހޭބައްޔާ ، އެމީހުން ނިދާފަޔޯ ތިބީ ، ދަން ޖެހުނު އަޑަށޯ ހޭލި ، އާޓިކަލް ކިންތަ ، ކޮމެންޓް ކުރުމުގެ ކުރިން ....

  • މާހަހަ

   ދެން ކައިޒިން ގެ ފޫޑްސް ވާހަކަތަ ގެންނަންވީ ؟

 8. Anonymous

  ހު ރި ހިތާމައެއްގެ ބޮޑުކަމާއެވެ، ޔާﷲ، އަޅަމެންނީ ހެޔޮބަސް އަޑުއަހާ ރަނގަޅު ޞާލިޙު ބައެއްކަމުގައި މިންވަ ރު ކޮށްދެއްވާނދޭވެ.

  89
  2
 9. ބަބޫ

  މި ޚަބަރަކީ ވަރަށް ފުރިހަމަ ޚަބަރެއް. އެކަމުގެ ހުރި ގޯސްކަމާއި އަދި އެކަހަލަ ކަމަކުން ސަލާމަތް ވުމަށް ވަރަށް ފުރިހަމަ މައުލޫމާތު އެބަހުރި

  72
  11
 10. ރަދީފް

  ހާދަ ހިތާމަވެރި ހާދިސާއެއް.ވަރަށް އަސަރުކޮށްފި.

  60
  3
 11. އަހުމަދު

  ތިޔަތާލިޔެފަ ހު ރިއެއްވެސް ފޯންނަންބަ ރަކުން ހޯދާދެވޭއެއްވެސް ހައްލެނޯވޭ އެމީހުންގެ ބޮޑާވާހަކަ
  އެމީހުންދައްކާނީ މީތަޖު ރިބާ ތިމަ ރުވިމީހާ އެތަނަށް
  ގުޅާފަ މިއުލެނީ ތިންދަ ރިންނަށް ކާންދޭނެފަދަނެތިގެންނޭ ބުނިކަމަށް ވަންޔާ އެމީހުންބުނާނެ ތިކަމެއް މިތާ މެންޑޭޓަކުނެތޭ
  މަ ރުވީމަ ދެން އެކަންބެލުން މެންޑޭޓުވާނެ

  49
  1
 12. މައި

  ޢެމީހާ ސަލާމަތްވިތަ؟

  32
  8
 13. ވަސް

  އެ ކުދީންނައް ކެއްތެރިކަން ދެއްވާށި.

  66
  3
  • ބެއްޔާ

   އަނބިމީހާ އަށް އެހެން ފިރިޔަކު ދެއްވާށި.

   14
   5
 14. ހިތްދަތި ދުވަސްތައް

  އައްޑޫ މީހުންނަށް އިނގޭނީ ހަސަދަވެރިވާށާއި، ޢީބަ ބުނަން. މާއްދިއްޔަތަށް ފެން ބޮވައިގަނެފަ ތިބި ބަޔެއް ކައިރި ހިތްހަމަޖެހުމެއް ހިތަަކަށް ނުލިބޭނެ.

  26
  4
 15. ޢަލީ

  ޥިސްނާ މި ލިޔުން ކިޔާފަތަ ކޮމެންޓް ތިޔަކުރަނީ

  8
  2
 16. މޫސަ

  ވިސްނާއަކީ ބޮޑު ހޭބައްޔެއް. ރަގަޅަށް ވިއްޔާ އުޅޭނީ ވެސް ސިޔާސީ މުފައްކިރަކަށް ވެގެން.

 17. އަނެއް ދިވެހިރާއްޖެ

  އައްޑޫގަ އުޅެވޭނީ އައްޑޫ މީހުންނައް. މީ ތަފާތު ތަނެއް. މަލެ، ރާއްޖެ ތެރެމީހުންނަކައް ނުވާނެ.

  4
  1