ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން ރޭވި އިރު، ދިވެހި އެއްވެސް ރައްޔިތަކަށް "ހިލަމެއް" ނުވޭތޯ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެންމެ އިސްވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސުވާލު އުފެއްދުވުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ދިން ފަދަ ނުރައްކާތެރި ހަމަލާއެއްދީ މީހެއްގެ ފުރާނަ ދުއްވާލަން ޖެހިލުންނުވާވަރު މީހުން ރާއްޖޭގައި ތިބިކަމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރަން އުޅޭ ކަން އެއްވެސް ރައްޔިތަކަށް ނޭނގެނީތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑު ހިތަށް އަރާ މިފަދަ ޑިވައިސްއެއް ހަދާ، އައިއީޑީއެއް ހަދައި ތަނުގެ ބައިންދާ މި ހުރިހާ ކަމެއް ކުރި އިރު، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް އާންމު ރައްޔިތަކަށް ނުވަތަ އެއްވެސް ބޭފުޅަކަށް އެްވެސް ހިލަމެއް ވަހުމެއް ނުވޭބާއޭ،" ޒަކަރިއްޔާ މަންސޫރު

ޒަކަރިއްޔާގެ އެހެން ވިދާޅުވުމުން މީސްމީޑިއާގައި ގިނަ ބަަޔަކު ވަނީ ފާޑު ކިޔައިފައެވެ. ބައެއް ރައްޔިތުންގެ ނަޒަރުގައި ޒަކަރިއްޔާ ވަނީ ހަމަލާގެ ޒިންމާ "ރައްޔިތުންގެ ބޮލަށް ކަނޑާލާފައެވެ".

ޒަކަރިއްޔާ އެހެން ވިދާޅުވާ ވީޑިއޯ ހިއްސާކުރަމުން މީހަކު ޓްވިޓާގައި ބުނެފައިވަނީ ހުރިހާ ކަމެއްވެސް ގޯސްވާއިރަށް އެކަމުގެ ޒިންމާ ރައްޔިތުން ބޮލަށް "ކެނޑުމަށް" ވުރެ ފޭލްވެއްޖެ ކަން އަމިއްލައަށް ގަބޫލުކުރަންވެސް މާ ރަނގަޅުވާނެ ކަމަށެވެ.

https://twitter.com/SamahIbrhm/status/1390858867370708999

އެހެން މީހަކު ބުނީ ޒިންމާދާރު މަގާމުގައި ތިއްބަވާ ބޭފުޅުން އެ ޒާތުގެ ވާހަކަ ދެއްކުމަކީ ހިތަމާ ހުރި ކަމެއް ކަމަށެވެ.

 

އަލީ އިއްޒަތު ކިޔާ ޓްވިޓާ އައިޑީއަކުން ކުރި ޓްވީޓެއްގައި އޭނާ ވަނީ ޒަކަރިއްޔާ އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީފައި ތިބި ސަބަބާއި ކީއްކުރަންތޯ އޭނާ ސުވާލުކުރިއެވެ.

 

 

މި ހާދިސާ ހިނގައި ދިޔައީ އިންޓެލްގެ ފެއިލިއާއަކުން ނުވަތަ މުއައްސަސާގެ އިސްވެރިންގެ ފޭލްވެގެން ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންވެސް ޒަކަރިއްޔާ ވަނީ ވާހަކަ ދައްކަވާފައެވެ. ޒަކަރިއްޔާ ވިދާޅުވީ "ބްލޭމް ގޭމް" އަކަށް ދިޔުމުގެ ކުރިން ފެއިލްވީ ކާކުތޯ ނުވަތަ ކޮން ބަޔަކު ހޯދުމަށްވުރެ އެންމެ އެކަތިގަނޑަކަށްވެެގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ނަޝީދަށް ހަމަލާދިނުމުގެ ކުރިން ފުލުހުން ނުވަތަ ސިފައިންނަށް އެކަމުގެ އެއްވެސް މައުލޫމާތެއް ކުރިއާލައި ލިބިފައިނުވާ ކަމަށް އެ ދެ މުއައްސަސާއިން ވަނީ ބުނެފައެވެ. އެކަމަކު ހަމަލާ ހިނގި ވަގުތު ނަޝީދުގެ ހަށިފާރިވެރިން ގޮތުގައި ތިއްބެވީ އެސްޕީޖީގެ އޮފިޝަލުން މަސައްކަތްކޮށް ކޮށްފައިވަނީ ދީފައިވާ ތަމްރީނުތަކާއި އެއް ގޮަތަށް ކަމަށް ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ރަދީފް

    ޒަކަރިއްޔާގެ ގޭގަ މިއަދު ރޯދަވީއްލަން ތައްޔާރުކުރި ތަކެތިވެސް އާންމު ރައްޔަތުންނަށް އެނގޭނެ ތާ ތި ފަލްސަފާއިން ކަންކަމުގަ ވިސްނާނަމަ..މި ފަދަ ޖެނަރަލުންނަށް ބަދު ބަހެއް ބުނާކައްނެތިން.ނަމަވެސް ލަދު ކޮބާ ހޭ އަހާލަން ބޭނުން.ވވެދުން

    41
    2
  2. Anonymous

    އިންޓެލް އަށް ނުވި ހަބަރެއް ރައްޔިތުންނަށް ވޭ ދޯ

    33
    1
  3. ޟމ

    ރައްޔިތުންގެ ސަލާމަތަށް ބަޔަކަށް ބޮޑު މުސާރަ ދީފަ އެކަންކަން ހޯދަން ބައިތިއްބާފަ ފަރާތްތަކުން މިޒާތުގެ ވާހަކަ ދައްކަން ލަދެެއް ނުގަނޭތޯ؟ ކޮބައިތޯ ޒިންމާދާރު ކަމަކީ ވާޖިބު އަދާނުކުރެވުނީމަ މަޤާމް ދިފާޢު ކުރެއްވަން ރައްޔޮތުންތޯ ކަތިލަންވީ، އިސްތިއުފާ ދިނިއްޔާ މާތާހިތުވާނެ

    30
    2
  4. ބަކުރުބެ .

    އިސްތިއުފާ

    24
    1
  5. ޒަކަރިއްޔާ

    ޢެގުރިމެންޓުގަ އޮއެއްޗެއްވެސް ބުނެނުދެވުނު

    26
    1
  6. ތިއްތި

    މިފަދަ ދަނޑިވަޅުތަކުގައިވެސް މީހުންގެ މެދުގައި ފިތުނަ އުފެއްދޭތޯ ބަލާ. ވަކި ސަ ރުކާ ރު ރަނގަޅު ކު ރަނީކީ އެއް ނުން. އެކަމްް ހަޤީޤަތަކީ ދިވެހި ރައްޔިތުންނަކީވެސް އަމިއްލަ އެދުންބޮޑު ނުބައި ބައެއްކަން. ކޮންމެ ފަހަ ރަކު ކަންކަން ބޮއްސުން ލާއި ރަށް ސަ ރުކާ ރު އެކަނި ގޯސް ކު ރާނީ...ފަ ރުދީ ޒިންމާ ކޮބައިހޭ...ކޮވިޑްގެ އަދަދު މައްޗަށްދާކަން ތިމާ އަމިއްލައަށް އެނގޭއި ރު ކިތައް މީހުންތޯ ފަ ރުދީ ޒިންމާ އަދާކު ރަން ގޭގައި މަޑުކު ރަނީ... އެކަކު އަނެކަކަށް އިނގިލި ދިއްކު ރުމުގެ ކު ރިން ވިސްނާލުން މުހިއްމު.

    13
    15
    • ބޮއްކު

      ކަންކަން ބޮއްސުލައިގެން ދާން ފުރުސަތު ލިބޭގޮތަށް ގާނޫނު ހަދައި އުސޫލުތައްހަދައި ހަދަނީ ސަރުކާރަކުން ނޫންތަ. މަޖިލިސް މެޖޯރިޓީ އާ ދެންވެސް އޮތް އެއްޗަކާ ދިނީމަ ރައްޔަތުން އިތުބާރުކޮށްފަ ބުނީމާ ތަޅުލެވިގެން ގޭގަ ވެސް ނުތިބޭތަ؟ މިމުއްދަތުގެ ތެރޭގަ ދައުލަތުގެ ހަޒާނާ ދޮވެލީމަ ވެސް ކުށްވެރިވީ ރައްޔަތުންތަ؟ ރައްޔަތުން ފަރުދީ ޒިންމާ އޭ ކިޔާފަ ސީރީއަސް ކުރުވައިގެން ކަމެއް ކުރުވޭނެތަ ކޮވިޑް ގަ ބޭުނުންގޮތަކަށް އުސޫލުތައް އަނބުރާގެން ސަކާރަތް ޖެހި ސަރުކާރަކަށް. ސަރުކާރުން ބެނުންހާ ގޮަތަކަށް ދެއިރު ދެދަޅައަށް އުސޫލުތައް ހަދާ ސަކަރާތް ގަންނަން ފެށީމާ މިކަމާ ވަކި ރައްޔަތުން ސީރިއަސް ވާނެތަ. ލޮކްޑައުން އަކީ ނިކަމެތި މީހާ ވީ ގުރުބާނީ އެއް މިކަމުން ސަލާމަތް ވާން/ ސަރުކާރު އިސްވެރިންނަށް އަސަރު ނުކޮށްފާނެ. ގުރުބާނީ އެކަމް ދިޔައީ ފެނަށް. އެކަމް މީގަވެސ ހަޔާތް ކެނޑި ލަދުކުޑަމިވީ ރައްޔަތުން. ލަދު ކެނޑެނީ ލަދު ކެނޑުވީމަ. މިސަރުކާރު އައީ ހަމަ މަ ވެސް ވޯޓް ދީގެން . އެކަމް ކަލޭގޮތަކަށް ފިތިފަ އެއް އަބަދަކު ސަރުކާރު ރަންގަޅެއްނުކުރާނަން.

      4
      1
      • ތިއްތި

        އެންމެ ފުރަތަމައިނުންވެސް އަޅުގަނޑު ބުނިން ވަކިސަރުކާރު ރަނގަޅު ކުރަނީކީއެއް ނޫނޭ... ދެވަނަ ކަމަކަށް ކަލޭމެންނަށް ހެޔޮ ނުބައި ވަކިކުރަން އެނގޭކަމަށް ވަންޏާ ލަދު ހަޔާތް ކެނޑޭހާ ދަރަޖައަށް ވެއްޓެން ޖެހޭ ހެއްޔެވެ؟ ރައްޔިތުން ރައްޔިތުންގެ ބާރު އެންމެ ފުރިހަމަ ގޮތްތައް ހިފެން އޮއްވާ ކަލޭމެންވީ ރެސްޓޯރަންޓް ތަކާއި ފިހާރަތަކަށް ވަދެ އެނބުރެން ހެއްޔެވެ؟ ތިޔަ ބުނާ ސަރުކާރު ކުރާ ކަންތައް ރަނގަޅަށް ނުނިންމައިގެން ތިޔަ އާންމު ރައްޔިތުން ނިކުތިންތޯ؟ ސޯޝަލް މީޑިއާގަ އަޑު އުފުލިންތޯ؟ ކަލޭމެން ސަރުކާރުގެ އިސްމީހަކަށް އިސްތިއުފާ އަށް ގޮވައި ނުވަތަ ރައީސަކު ބާލަން މުޒާހަރާތަކަށް ދެވޭ.. ކޮވިޑް ކަހަލަ ނުރައްކާތެރި ބަލި ފެތުރޭތީ އަޅާ ފިޔަވަޅު ހަރުކަށި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރާއިރު ބުނަނީ އިޤްތިސޯދެކޭ..މިގައުމުގެ އިޤްތިސޯދު ހިންގަން ހުންނަނީ މިގައުމުގެ ރައްޔިތުންނެއް ނުންތޯ؟ ތިހާ ހިތްޕުޅު ރަނގަޅީއްޔާ ވިޔަފާރިތައް ދުވަސްކޮޅަކަށް ބަންދު ކޮއްބަލަ. ތިއީ ތުއްތު ކުދީންނެއް ނޫން ވިއްޔާ..

        2
        1
  7. ސޯޓޭ

    ޒަކަރިއްޔާ މަންސޫރަކީ ވަރަށް މަކަރުވެރި ވާހަކަ ދެެއްކުންތެރިއެއް ، ކޮންމެ ސަރުކާރެއް އަތަސް އެސަރުކާރުން ފައިދާ ނަންގަވާ ،،،،،، ގިނަ ޕްރޮމޯޝަން ތަށް ހޯއްދަވަން ދަންނަ ބޭފުޅެއް

    27
    2
  8. އަޤީލަންބާ

    ބޮންހެދިމީހާއޭ ބޮން ގޮވައިގެން އަނިޔާވީ. އެއީ އަމިއްލަ އަށް ސަޕޯޓްބޭނުންވެގެން ޖެއްސި ސްޓަންޓެއް ވީމަ ރައްޔިތުންނަކަށް ނޭގޭނެ ދޯ

    22
    5
    • މީނަގެ

      ލަދުހަޔާތްކުޑަ މީހާ މިފަދަ މާތްމަހެއްގަ ރޯދައަށްހު ރެ ތިހެދިދޮގުގެ އަޒާބު ލިބޭނެދުވަހެއްބައްދަލުކު ރާނެ. ޥަގުތުފާއިތުނުވަނީސްތައުބާވެ. ޙެޔޮމަގަށް ރުޖޫއަވޭތޯބަލާ ދެންވެސް.

      2
      1
  9. އަޙްމަދު ޒަކީ

    އަސްލު ޒަކަރިއްޔާގެ ވާހަކަފުޅުގައި އެވިދާޅުވީ، އާމުންގެ ތެރެއިން އެއްވެސް މީހަކަށް މިކަން ކަމެއްގެ ވަސްވާސްވެސް މިފަހަރުނުވެޔޭ. އިންޓެލްއަކީވެސް އާންމުންނާއި، މުއްއައްސަސާތަކުން ގުޅިގެން ކުރިޔަށް ދާއެއްޗެއް. ދިވެހިން ތަންކޮޅެއް ލޯހުޅުވަންޖެހޭ އެބަ. އެއްވެސް ވަރެއްގެ ކުއްހީއެއް އުޅެންޏާ ރިޕޯޓް ކުރުން.

    10
    14
  10. ރޯމީ

    ޒަކަރިޔާ މަންސޫރަކަށް ރައްޔިތުންނަކަށް އެސުވާލެއް ނުކުރެވޭނެ. ރައްޔިތުންނާ ގާނޫނަކުން ހަވާލުކޮށްފަ އެބައޮތްބާ އެމަސްއޫލިއްޔަތު އަދާކުރަން. ތިމާމެންގެ ފޭލިޔަރރ އެހެންމީހުންގެ ބޮލަށް ނުކަނޑާ

    26
    2
    • ފޯއްބެ

      އިންޓެލް ފުރިހަމަ ވަނީ އެންމެން ގެ މަސައްކަތުން ކަން ނޭންގުން އެއީ ދިވެއްސަކަށް ވީތީ ލަދުގަންނަން ޖެހޭކަމެއް...އެ ސުވާލު އެކުރީ އެނިޔަތުގަ..މީޑިޔާ ޅަވީމަ ނޭންގެނީ..މިއީ ވަކި ބަޔަކު ފެއިލް ވުމެއް ނޫން...އިންޓެލް މާވަރުގަދަ ތަންތަން ފެއިލް ވަނީ ކީއްވެ؟ އިލާހީ ގާނޫނު ގަ ލިޔެވިފަ ވާ ކަމެއް ނުހުއްޓުވޭނެ...ވ.އ

  11. ލލލ

    ތިނޫނިއްޔާ ކަމެއް ކުރާ ބައެއް މިގާއުމުގަ ނޫޅޭނެ. އިނާޔަތްތައް ބޮޑުކޮށްދީ ފްލެޓްދީ ކާންދީ ލާންދީ ބޯންދީ އަދި ނުވި ތާކަށް ބަރިބަރިޔަށް ޕްރޮމޯޝަން ބަހާދީ ހަދާއިރުވެސް މިދަނީ ކޮންމެ ކަމެއް ފަނުފުލަށް. ތިޔަ ދެބައި މީހުންނަށް ދެރަ ބަހެއް ބުނަން އަސްލު ބޭނުންވެސް ނުވޭ. އެކަމަކުވެސް ހިތާމަކުރަން މިހިރަ ކަންކަން ވީމަ. ސަރުކާރުން ދެންތިބި އޮފީސްތަކާ މުައައްސަސާ ތަކަކީވެސް ވަކި އާދައިގެ ކަންކަން ކުރާ ތަންތަނެއް ނޫން. އެކަމަކުވެސް ބަލައިގަތުން ކުޑަކުރޭ މިސިފައިންނާއި ފުލުހުން ލޮއްސައިގެން އުޅެން ހަދައިގެން. ގައުމުގެ ސީނިއަރރިޓީސް ސެކިޔުރިޓީ ބެލެހެއްޓުމުގައި ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ.

  12. ސަދަސދ

    ދެން މާދަން ފެން ކުންފުނިންވެސް ބުނަންވީ ފެން ޕުރެޝާ ދައްވީ ރައްޔިތުން ފަރުދީ ޒިންމާ އަދާ ނުކުރާތީއޭ. ފެން އިސްރާފް ކުރަނީއޭ. ފާހާނާގަ ގިނައިރު ވަނީއޭ. ކަރަންޓު ކުންފިނިވެސް. ޒަކަރިއްޔާއަކީ ކަނޑުކޮހެއް. އެމްއެންޑީއްފް އާ ޕޮލިހުގަ ގިނައީ މީގަ މީހުން. ޒިންމާ ނުނަގާ ރައްޔިތުން ބޮލަށް. އިސްތިއުފާ. މާރިޔާ ދައްތަވެސް.

  13. ވާހިދު

    ރަށްޔިތުން ގެ ޓެކްސް ފައިސާއިން ބޮޑުމުސާރަދީފައި ބޮޑު ޔުނިފޯމެއް އަޅުވައިފައި ތި ތިބެނީ މިކަހަލަ ކަމެއް ދިމާވިޔަ ނުދިނުމަށް އަދި ކަލޭމެން މަޖަލުގައި އުޅެނިކޮށް މިފަދަ ކަމެއް ދިމާވީމާ ރަށްޔިތުން ކަލޭމެންނާ ކުރަން އޮތީ ތިސުވާލު. ކޮބާ ކަލޭމެން ގެ ޖާސޫސީ ކަންކަން ބަލަން ހާއްސަކޮށްފައި ތިބި މީހުންނާއި ވަސީލަތްތައް؟ ހިލަމެއް ނުވިދޯ.. މިޔަށް ކިޔަނީ ފެއިލްވުމޭ..

  14. ބިންގޯ

    ޒަކަރިޔާ ކޮސް ނުގޮވަބަލަ. އެކަން ކުރިބަޔަކަށް ވެސް ހިލަމެއް ވީ ހެނެއް ހިޔެއްނުވޭ. އެހެންވީމަތާ އެމީހުން ގޮސް ޒ.މަންސޫރު ކައިރީ ގަ ނުބުނީ.

  15. ޒުންނަ

    ތި ފެންނަނީ މި ވެރިކަން އައި ފަހުން ތިމާމެންކުރި ހުވަޔަކީ ދިވެހި ޤައުމާއި ޤައުުމުގެ ރައްޔިތުންގެ ޙައްޤުގައި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ކޮށްގެން ތިބި ހުވައެއްނޫންކަން! މި މީހާގެ އީމާންތެރިކަމެއްވެސް ނެތީބާ! ބޮޑުމުސާރަކާލާގެން ކޮސް އަނގަހާވަނީ! ޔޫ އާ ނޮފް އަޕްޑޭޓިން ދަޓް ޖޮބް! ސަރ! ކެެނެރީގޭ ނަޝީދެކޭ ސަރ އެކޭ މާރިޔާ ދައިތައެކޭ އެއްވެސް ތަފާތެއް ނެތް! ޑީ ގްރޭޑް ބިގް ފެއިލަރ . އިސްތިއުފާ ދެއްވާފަ ވަޑައިގަންނަވާ އިނގޭތޯ! މީހަމަ ދިވެހިރައްޔިތުންގެ މިއަދުގެ ޒުވާނުންގެ އިޙްސާސް، އެމްޑީޕީ ޕޯޑިއަމް މިޤައުމަށް ކަމަކު ނުދޭ ސަރ!

  16. އަދުރަމަ އަދުރޭ

    އެންމެ މަތިން މިކަހަލަ ސުވާލެއް އައިމަ އެނގިއްޖެ ދިވެހިރާއްޖެ ޓެރަރިޒަމް އަމަލަކަށް ތައްޔާރުވެފަ އޮތް ވަރު.. ހުރިހާ ދިމާލަކުން މުސާރަނަގައިގެން ރައްޔަތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރަން ތިބޭމީހުން ގޯހުން ދާ ކަމެއް ރައްޔަތުންނާ ގުޅުވައި ރައްޔަތުންނާމެދު ސުވާލު އުފައަދަން ފެށީމަ ދެން ރައްޔަތުން މިޖެހުނީ ކޮންމެ މީހަކު މުއައްސަސާއެއްގެ މަސައްކަތް ކުރަންނު. ރައްޔަތުން ވެގެން ޕޮލިސީ ލެވެލްގަ ހާއްސަ ހުއްދަ ދީގެން މީހުން ރަށަށް ފޮނުވާ، އިންޑިއާ އިން ފަތުރުވެރިން ގެނަސް އަދި ވޯޓްލާން ރަށަށް ދެވޭގޮތަށް އުސޫލުތައްވެސް މިހެދީ. ރައްޔަތުންނަށް ރައީސް ނަޝީދު ގެކޮޅުގަ ސެކިއުރިޓީ ބަލަހައްޓާ އިންޓެލް މައުލޫމާތު ހޯދަން މިޖެހުނީވެސް. މީގެ ކުރީންވެސް މައުލޫމާތެއް ލިބިފަ އޮތިއްޔާ ހިއްސާ ކުރަން ބުނޭ ސަލާމަތީ ބާރު ތަކުން. މިމޭރުމުން ރައްޔަތުންނާ މެދު ސުވާލު އފައްދައެއް ވާހަކަ ދައްކައެއް ނަހަދާ.

  17. ނަޑާލް

    ޒަކަރިއްޔާ ސަރ އަށް ރަނގަޅަށް ދުފަން ނުދީ ތިކަހަލާ ކޮންފަރަންސަކަށް އެރުވީމަ ރަނގަޅު އެއްޗެއް ނުކިޔޭނެ. ދުނިޔޭގަވެސް ހަމައެކނި ދުފައިގެ ބުރިގޭޑިރ ޖެނަރަލް މަގާމަށް ވާސިލްވި ބޭފުޅާ ޒަކަރިއްުޔާ ސަރ އެއީ.

  18. Anonymous

    މަނިކުފަާނައް ޒިއްމަާ އެގިނުލައްވަާ ވިީމަާ އިސްތިއުފަާދެއްވވަާ

  19. މއާޒު

    ދައުލަތުން ޙަރަދުކޮށް އެމެރިކާ އަދި އިންގިރޭސިވިލާތުން ތަމްރީންކޮށް މުސާރަޔާ އިނާޔައްތައް ދީގެންވެސް ކަމެއް ދިމާވާއިރު ހަލަމެއްވެސް ނުވޭ. ޖެނަރަލް ރޭނެކް އާމެދު ސުވާލު އުފެދޭ ، ތިޔަތަނުގަ ސިޔާސީ އަދި ކަލްޗރ އޮއްނަގޮތުން ކުފޫހަމަނުވާ މީހުން ޕްރޮމޯޓް ކުރުމުގެ ނަތީޖާ ހަމަ މިގޮތައް ފުލުހުންވެސް އިސްޓިކާ ޖެހުން ނޫންކަމެއް ނޯންނާނެ ދެން ޖޫރިމާނާ ކުރާނީ އެއީ އެމިހުންގެ ޤާނޫނީ ވާޖިބް މިޤަޢުމު ބޭރުގެ ފަރާތްތަކައް ނީލަންކިޔާ ނިންމައިފި.
    ދެން ސެކިޔޯރިޓީ ދޭންށޭކޔާފަ މައިދޮރާށިން ބޭރުގެ ސިފަިއިންނައް ދޮރުހުޅުވީމަ ނުމުނީ 21 ގަރުގަ ލަދުގަނޭ މިހާނާގާބިލް މީހުން މިދިވެހިޤަޢުމުގެ ސަލާމަތީ ކަންކަމުގެ ޒިންމާހަވާލުކުރާތީ. ނާްާބިލް މިހާ މަޤާމްގެ ދަހިވެތިކަމުގަ ތިމަންނަޔައްވާނެޔޭ ކިޔާފަ މަޤާމައް އަރަނީ ކަމެއްދިމާވީމަ ހަދާނެގޮތް ހުސްވެފަ. މޮޅެތި ވާހަކަދައްކަނީ. ދައުލަތް ފެއިލްވެއްޖެ އަޅުގަނޑަކީ ރައީސް ނަޝީދައް ކުރީގަ ތާއީދު ކުރިމީހެއް އެކަމަކު މިހާރަކު ނުކުރަން ރައީސް ޔާމީންގެ ސިޔާސަތުތައް ކަމުދަނީ އކަމަކު އިބްރާޙިމް މުހައްމަދު ސޯލިހަކީ މިހާރު މިޤަޢުމުގަ ހުރި އެއްމެ ނާޤާބިލް ވެރިޔާ ކަން ސައްކެއްވެސް ނެތް. ރައީސް ނަޝީދުގެ ތައްޕާހުން ވރިކަމައް އައިސް ހައިސިއްޔަތު އޮޅިފަ އެހުރީ.

  20. ވެރިން

    އިސްތިއުފާ ދީފަ ރައްޔިތުންނާ މަގާމު ހަވާލުކު ރަން ވީ ނޫން ތޯ

  21. ގަމާރު

    ބަލަ ވެރިޔާއަށް ނެގުނު އެއްޗެއް އަހަރެމެން އަކަށް ނޭނގޭނެ ނޫންތޯ!

  22. ގުދުގުދާބެއްޔާ

    ޒަކަރިއްޔާ މަންސޫރަކީ މައުމޫނު ދައުރުގެ މީހެއް! އެމީހުންނަށް އަބަދުވެސް އިގެނީ ކުރީގެ ގާނޫނުއަސާސީ! އޭގައި އޮންނަނީ "އެގިހުރެ ނާންގާ މީހާ" އަށް އަންނަ ހުކުމުގެ ވާހަކަ!