ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މިރޭ ރައްދުދީފިއެވެ.

އިންޑިއާ ސަރުކާރަށް ރައްދުދީ ފޮރިން މިނިސްޓްރީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހުކުމް ކުރީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، އުސޫލުތަކާއި ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"ދިވެހިރާއްޖެ އިން ތަކުރާރުކޮށް ވެސް ދަންނަވަން އޮތީ ރާއްޖޭގައި ޤާނޫނުގެ ޙުކުމް ތަންފީޒު ވެގެންދާކަމާއި، އަމަލު ކުރެވެމުންދަނީ ޖިނާޢީ އަދުލުގެ ނިޒާމްގެ އުސޫލުތަކާއި އެއްގޮތައް ޤާނޫނޫތަކާއި ޤާނޫނޫ އަސާސީ އަށް ކަން ދިވެހި ސަރުކާރުން ކަށަވަރު ކުރާނަމެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން ނޫން ކަމަށާއި އެ ޝަރީއަތް ދިޔަ ގޮތުން މިނިވަން ރިޔާސީ އިންތިހާބަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިންޑިއާ އިން ވަނީ ޖަލުގައި ތިއްބެވި މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުން މިނިވަންކޮށް، ރިޔާސީ އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދޭން ސަރުކާރަށް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބަވަނަ/މާލެ

    ވަރަށްބަރާބަރު ދިވެހިރާއްޖެ ކިތަންމެކުޑަނަމަވެސް ދިވެހިރާއްޖެއިންވެސް ބަސްބުނެވޭނެ ދިވެހިން ނުސިހޭނެކަން އިންޑިއާ މިހުންދަންނަންޖެހޭނެ އެއްބުރުން ޔާމީން މިފަހަރު ހޮވާނަން ޔަގީން.

  2. ގެރިގުއި

    ބަރާބަރު، ފިނޑިވެގެން އިންޑިޔާވީމަ ބިރުން ތިބޭކަށް ނުޖެހޭނެ،

  3. ާއދލ

    ކޮބަާ ބޯހިމަނަން ދިޔަ މުސްލިމް ރައްޔިތު

    މިީހަާ ކޮބަާ (ޒަާކިރު ނައިކު)

    • އަމީން

      ޑރ.ޒާކިރު އަބްދުލްކަރީމް ނައިކް رحمالله މިކަމާ ދޭތެރެ ރައްދު ނުދެނީ ސިޔާސީ މައްސަލަ އަކަށް ވާތީ އެވެ.

  4. އެމެޗާރ

    އިންޑިޔާއަކީ މިރާއްޖޭގެ ކުރިއެރުމާއި އިދިކޮޅަށް ކުޅޭ ބަޔެއް...އަޅާ ނުލާ!

  5. އެއްމެން

    އިންޑިއާ މީހުން މިހާރު ތިބީ ބޯ ހަލާކުވެފާ.

  6. ކާޅު

    އިންޑިއާ އަކަށް ދިވެހި ރާއްޖޭގެ ޤާނޫނު މުގުރާލާކަށް ނުގޮވޭނެ

  7. ޔާމީން

    ސިޔާސީ މީހަކަށްވުމަށްފަހު ޢޭނާ ކިތައްމެ ކުށެއްކުރިއަސް ރާއްޖޭގައި އެކުށަށް އަދަބު ދެވޭވަރުގެ ޤާނޫނެއް ނޯންނާނެ.ދެން މެންބަރުން ޤާނޫނު މިހަދަނީ ޢާންމު ރައްޔިތުމީހާއަށް އެަކަނި އަދަބު ލިބޭ ގޮތަށް ދެއްތޯ. ޢެމެރިކާެާއި އިންޑިއާފަދަ ޤައުތަކުންވެސް ތާއިދުކުރަނީ އެގިތަށް. ޢެހެމްވީމާ މިވީ ގޮތުން ޔީނަށް ކިހިނެއްބާ އަދަބު ދޭނީ. ސިޔާސީ މީހެއްވީމާ ޔާމީނު ކުއްވެރިއަކަށް ނުވާނޭނުން. މިކަމުން ދޭހަވަނީ ބޮޑުން އަމިއްލަ އެދުން އިސްކުރާވަރު. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާ. ޙެހެހެހެ ސޯކޯލްޑް ސިޔާސީ

  8. ތަކުރު

    ޢިންޑިއާ ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު މިމައްސަލައިގައި ތުޙުމަތު ކުރެވޭ އެންމެން ހައްޔަރުކޮށްފައިވާ ކަމަށާއި މިގޭންގަށް ނިސްބަތްވާ މީހުންނަކީ މީގެ ކުރިންވެސް މިފަދަ ކުށްތައް ކޮށްގެން ހައްޔަރުކޮށްފައިވާ ބައެއް ކަމަށެވެ އަމިއްލަ ގައުމުގެ ހާލަތު މީ.

  9. މާމަ

    ރައްދު ވަރައްވެސް ފުރިހަމަ . އިންޑިޔާއިން ރާއްޖޭއިން ކުރާ ކަންކަމަކަށް ނުބެހެވޭނެ. ޢިންޑިޔާ އިން ދުވާލަކު އެތަކެއް ކުޑަކުދިން ރޭޕް ކޮއް މަރާއިރު ބަޔާނަތަކެއް ނުނެރޭ ! ނަރެންދުރަ މޯދީ ކަލޭ އަކިލޭސް މިސްރާ ގޮވައިގެން މަހައްދޭބަލަ

  10. މަޒް

    ކަލޭމެންނަށް ހީވާނެ ރައްދު ދިނީއޭ ރާއްޖޭން ކިނބިއްސެއް އެޅިޔަސް...

  11. ޖޯން

    އިންޑިޔާ ބޭނުމެއްނޫން ބޭނުމީ ޗައެނާ

  12. ޖޯން

    ކަޅޭމެން ގައުމުގެ ކަންތައް ރަގަޅު ކޮއްބަޅަ

  13. މާމިގިލީ މީހާ

    އިންޑިޔާއިން ދެން އަޅާނީ ރާއްޖެއަށް ބޮން ކަންނޭގެ...

    • ޚދހދގ

      އޭރުން ޗައިނާ މީހުން އައިސް އިންޑިޔާ މީހުން ސީ ލައްވާލާނެ...ދެން ލަލަލަ

  14. ކަށިކޮލި

    "އިންޑިއާގެ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން ނޫން ކަމަށާއި އެ ޝަރީއަތް ދިޔަ ގޮތުން މިނިވަން ރިޔާސީ އިންތިހާބަކާ މެދު ސުވާލު އުފެދޭ ކަމަށެވެ." މީހަމަ 500% ޕަސެންޓު ތެދުވާހަކައެއް ރާއްޖޭގެ ގާނޫނު އަސާސިގަ އޮވޭހޭ ސުޕްރީމްކޯޓު ފުރާޅުން ޓިނުނަގަން؟؟؟؟؟؟ ހޭބަލިވާ!!

  15. ނޫރު

    އިންޑިޔާއަކީ ނިސްބަތުން ތުއްތު އަންހެންކުދިން ރޭޕް ކުރުމުގެ ރިކޯޑް ޤައުމެއް، އެހެން ޤައުމުތަކުގެ ދާޚިލީ ކަންތަކާއި ނުބެހި 300 މިލިއަން މީހުންނަށް ފާޚާނަތަކާއި ކަރަންޓް ފޯރުކޮށްދިނުން ރަގަޅުވާނެ.

  16. މޫސާފުޅު

    ތިޔަ ބަޔާނުގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ނަރަސިމްހަ ރާއޯ އަށް ހުކުމް ކޮށް ޖަލަށް ލެވުނީ ކީއްވެތޯއާއި ދާދި ފަހުން އިންޑިޔާގެ ސްޕްރީމް ކޯޓްގެ އިސްފަނޑިޔާރަކު ވަކި ކުރެވުނީ ކީއްވެތޯއާއި އެކަންކަން އެހެން ވާއިރު އިންޑިއާގައި އޮންނަ އިންތިޚާބުތައް ވަކިން އަމާން ނުވޭތޯ ސުވާލު ކުރެއްވިނަމަ ރަނގަޅުވީސް.

  17. މަހަށްދޭބަލަ

    ކޮބާ މޯދީ ހުންނާނެ މިހާރު ރަނގަޅަށް ރާކަނިމަސްކެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..