ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ކަމަށް ބެލެވޭ މީހާ އަތަމާ ޕެލެސް ކައިރީ ހުރެފައި ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލުމަށް ފަހު ފިލުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ގެ ނުރުހުން އިދާރާތަކަށް އަމާޒު ކުރައްވައިފިއެވެ.

ނަޝީދަށް ހަމަލާ ދިން ވަގުތު މީހަކު ދުވެފައިދާ މަންޒަރުތަކެއް ހިމެނޭ ސީސީޓީވީ ފުޓޭޖްގެ ފޮޓޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި އަތަމާ ޕެލެސްގައި ހުރި ސީސީޓީވީ ފުޓޫޖެއްގެ ފޮޓޯއަކާއި ބާއިންޖީނުގޭ މަގުގައި ހުރި ސީސީޓީވީގެ ފުޓޭޖެއްގެ ފޮޓޯތައް ހުރި ކަން ބޮންޑެ ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ރައީސް ނަޝީދުގެ ވެސް ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ބޮންޑެ ވަނީ ނަޝީދަށް ހަމަލާދީފައި އެހާ ފަސޭހައިން މީހަކު ފިލައިގެން ދިއުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ މިކަމުގައި އިދާރާތަކާއި ގައުމީ ސަލާމަތީ ޚިދުމަތްތަކުގެ "އިހުމާލު" ފެންނަން އޮތް ކަމަށެވެ. ބޮންޑެ ވިދާޅުވީ ހައި ޓެކްގެ ސެކިއުރިޓީއެއް ދެވިފައި އޮތް ނަމަ ނަޝީދު ސަލާމަތް ކުރެވުނީސް ކަމަށެވެ. މި ގޮތުން ޖޭމަރު ވެހިކަލެއް ނެތުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ސައިކަލުތައް ޕާކް ނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފްއިން ޕްލޭނިން މިނިސްޓްރީއާއި ސިޓީ ކައުންސިލްގައި އެދިފައި އޮތީ ވެސް އެމަނިކުފާނަކީ "ހައި ރިސްކް" ބޭފުޅަކަށް ވުމުން ކަމަށް ބޮންޑެ ވިދާޅުވިއެވެ. އެކަން ވެސް ނުކުރެވި ލަސްވެގެން ދިއުމުން ހައުސިން މިނިސްޓްރީއަށް ވެސް ބޮންޑެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"ވަރަށް ބޮޑަށް އިހުމާލުވެފަ މި އޮތީ މި ކަމުގަ، ސެކިއުރިޓީ ދޭން ވާ ވަރަކަށް ނުދެވުން، ސެކިއުރިޓީ އޮވެމެ އެ ތަނުގެ ކައިރިން ފިލައިގެން އެ ދިޔައީ، ވަރަށް ބޮޑަށް އިހުމާލުވެފަ ހުރީ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި އަތަމާ ޕެލަސް ތެރޭގައި ހުރުމަށް ފަހު ފިލަން ވެގެން ދުވެފައި ދިޔައިރު އެ ސަރަހައްދުން އެތައް ބަޔަކަށް އެ މަންޒަރު ފެންނާނެއެވެ. އަދި ފިލަން ދުވި މީހާ ބާ އިންޖީނުގޭގެ ފުރަގަސް މަގުގައި ހުރި ގާ ޕެލެޓެއް ތެރެއަށް އެއްޗެއް އެއްލައިލި ކަމަށާއި އެ ތަނުގައި ރިމޯޓެއް ޒާތުގެ އެއްޗެއް އޮތް ތަން ފުލުހުންނަށް އޭގެ މަުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދަނީ- ފޮޓޯ-- މީސްމީޑިޔާ

ނަޝީދަށް ހަމަލާ ދިން ފަހުން 38 ގަޑިއިރެއްހާއިރު ފާއިތުވެގެން ދިޔައިރު އަދިވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މައްސަލައިގެ ތަހުގީގު ހިނގަމުންދާ ދުވެއްޔާއި، ފުލުހުންގެ އިންޓެލިޖެންސަށް މީގެ މައުލޫމާތެއް ލިބިގެން ނުދިއުމާއި، މިހާ ފަސޭހައިން ހަމަލާއެއް ދެވުމާއި، ފަސޭހަ ގޮތަކަށް ފިލައިގެން ދިއުމުން ގިނަ ބަޔެއްގެ ފާޑުކިއުންތައް ވެސް އިދާރާތަކަށް ދަނީ އަމާޒުވަމުންނެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މިއަދުގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕޮގުބާ

    ބެދޭ މަޅި.... ބޮޑުވާނެ

    13
  2. ޢަލީ

    ވީޑިއޯގެ ސްކްރީންޝޮޓްގައި 5 މޭ 2021 އިންނާތީ އެ ކިހިނެތްވެފައިން ކަމެއްތޯ ބަލަން ޖެހޭ

    20
    2
  3. އަލަނާސި

    ޖޭމަރެއްލާފައި އިނަސް ބޮންޑޭ ކަލޭމެން ބުނާނެ ރައީސަކަށް ނުގުޅެއޭ. ފާރަލަނީއޭ. އިބޫ ރައީސަށް ގުޅާފާނެތީ އަބަދު ޖޭމަރު ޖައްސާފައޭ ހުންނަނީ. އަނެއްކާ އެވަރަަށް ދުވެ ނަގާނެ. ސެކިއުރިޓީއަކީ އަންނި ބަލާ އެެއްޗެއް ނޫންކަން ބޮންޑޭއަށް ވަރަަށް ރަގަޅަށް އެގޭނެ. އަނދުން މާލިމީ ފްރިޖަށްލާފައި ހުންނަ ކޮންމެ ފުޅިއެއްވެސް ދަމާލަފާނެ

    19
    4
  4. އަލީ

    ހުރިހާ މުއައްސަސާއެއް ވެސް މިއޮތީ ފެއިލްވެފައި. ކައި ހުސްކޮށްފި. ބޮޑުމުސާރަ ނަގައިގެން ކައިގެން ފަލަވާން ތިބެނީ.!!

    23
    3
  5. ގައުމުގެ ހަލާކު

    ތި ނަޟީދު ޕާމެނެންޓުކޮށް އިންޑިއާޔާ ހަވާލުކުރަން ފެނޭ. މޯދީ ކާރި ބުނަންވީ ނޫ މަލިކުގެ ނަން ދޫނި ރާއްޖެއަށް ބަދަލްކޮށްފަ އެތާ ބޮޑުވަޒީރުކަން ދީފަ ބަހަށްޓާށޭ.

    31
    5
    • ޢަހޮމަދު

      ގައުމުގެ ހާލާކަކީ ބޮޑުވަގު ރާގޮޑިޜާޖާ މިކަލޭގެ އަވަހައް ޗައިނާ ވެ ރިކަމަށްފޮނުވަންވީ.

      3
      5
    • ޢަހޫ

      ގައުމަށް ބޮޑު ވަގެއްބޭނުމެއްނޫން .

      3
      3
  6. އާދަން

    އިތުރު ބަޔަކަށް މިމީހާގެ ސަބަބުން ގެއްލުމެއް ވުމުގެ ކުރިން އަވަހަށް ހިފާ ހައްޔަރުކުރޭ. މިފަދަ ނުބައި މީހުން މި މުޖުތަމައުގައި ދޫވެފައި ތިބެގެން ނުވާނެ.

    5
    1
  7. ހަންޑި

    ޖޭމަރަށް ތަބާ ނުވާ މީހަކު ކިހިނެއް ގެންގުޅެނީ؛؛' ފެށުނީއްސުރެ ސެކިއުރިޓީ އަށް ވަރަށް ތުރާ ބޮޑު ކޮށް ފެންނަނީ..

  8. ޢަލީ

    އޭނާއަކީ ސެކިއުރިޓީ ބޭނުންވާ މީހެއްނޫން، އެއީ ދިވެހިރައްޔިތުންގެ ހިއްތަކުގެ ރަސްގެފާނުކަމަށް ހަދައިގެން ބޮންޑޭމެން އުޅެނީ، ދެން ކޮން ވާހަކައެއް ދައްކާކަށް. މަޤާމެއް ދެއްވީމާ އެމަޤާމުގައި ހުންނަ ފަރާތެއް އުޅެންޖެހޭނެ ވަކިގޮތެއް އޮންނާނެ. އެއީ އަބުއިވުމެއްނޫން. އެހެންތަ އެ އުޅެނީ.

    5
    1