މާލެ ސަރަހައްދުގެ ފްލޫ ކްލިނިކްތަކުން ދުވާލު ވެކްސިން ޖެހޭ ގޮތަށް ހަދައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ފްލޫ ކްލިނިކްތަކުން ދުވާލު ވެސް ކޮވިޑަށް ވެކްސިން ޖެހޭ ކަމަށެވެ. މީގެކުރިން ދުވާލު ގަޑީގައި ވެކްސިން ޖެހުން މެދުކަނޑާލީ ރޯދަ މަސް އައުމާ ގުޅިގެންނެވެ.

ސެނެހިޔާ ފްލޫ އިން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 13:00 އާއި ހަމައަށް އަދި ރޭގަނޑު 21:00 އިން 00:00 އާއި ހަމައަށް ވެކްސިން ޖެހޭނެ އެވެ.

ހުޅުމާލެ ފްލޫ ކްލިނިކް އިން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ފެށިގެން 17:30 އާ ހަމައަށް އަދި ރޭގަނޑު 19:00 އިން 21:00 އާއި ހަމައަށް ވެކްސިން ޖެހޭނެއެވެ.

ވިލިމާލެ ފްލޫ ކްލިނިލް އިން ކޮންމެ ދުވަހަކު 11:00 އިން މެންދުރު 14:00 އާ ހަމައަށް ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ދުވާލު ގަޑީގައި ވެކްސިން ޖެހޭގޮތަށް އެޗްޕީއޭ އިން ހަދާފައިވާއިރު މީގެ ކުރިން ރޭގަނޑު ވެކްސިން ޖެހުމަށް ދިގު ސަފުތައް ހަދާފައި ހުންނަތަން މާލޭގެ އެކި ސަރަހައްދުތަކުން ފެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްގުބަސް

    ކީއްވެ އާވައްތަރެކޭ ތިޔަ އޮޅުވާލަން މަސައްކަތްކުރަނީ؟ ކީއްވެ ތިބުނާ ވޭރިއަންޓަކީ އިންޑިޔާއިން ފެނިގެން އުޅޭ ވޭރިއަންޓޭ ނުބުނަން ތިޔަ ހިފަހައްޓަނީ؟ މިސަރުކާރުން އިންޑިޔާގެ އުނގަށް ވެއްޓިފައިވާލެއް ބޮޑުކަމުން އަދިވެސް އެއުޅޭނީ އިންޑިޔާ މީހުން މިގައުމަށް އެތެރެވުން ހުއްޓުވާ ނުލެވިގެން!! އިންޑިޔާގެ ކަންކަން ގޯހުން ގޯހަށް ދާން ފެށީމާ އިންޑިޔާ މީހުން އައުން ހުއްޓުވަން އެތައްބަޔަކު މިސަރުކާރުގައި އެދުނު!! އެކަމަކު އިންޑިޔާ މީހުންގެ ކޮރަންޓީން މަރުކަޒަކަށް މިރާއްޖެހަދާ މީހުން ދިރިއުޅޭ ރައްޔަކަށް އެބައިގަނޑު ފޮނުވަމުންދިޔައީ!! ތިބުނާ އާވޭރިއަންޓަކީ އިންޑިޔާއިން ފެނިގެން އެއުޅޭ ވޭރިއަންޓް!! އެކަން އެނގޭ މީހުން އެބަތިބި!! ސާމްޕަލް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބުމުން އާވޭރިއަންޓޭ ބުނެ އޮޅުވާނުލާ!! ބުނަންވީ ހާމަކުރަންވީ އިންޑިޔާ ވޭރިއަންޓޭ ބުނަންވީ!! މިސަރުކާރުން ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ރައްޔިތުން ނުރައްކަލަށް ހުށަހެޅީ ހަމަ ސަރުކާރުން!! އިންޑިޔާ އެންބަސީއިން މިގައުމު ހިންގަނީ!! މިއޮތީ ބޮޑު މުސީބާތެއް!!