ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ބަޔަކު މިއަދު ދިޔައީ ބާ އިންޖީނުގޭ ހުންނަ އަލިކިލެގެފާނު މަގުގައި ހުންނަ ގެއެއް ބަލައި ފާސްކުރަމުންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަގުތު" ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ އެ ގެެއިންނެވެ. އެއީ އެ ސަރަހައްދުގައި ހުރި މޫސާފިރީން ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އޮފީސް ހުރި ދިމާ ގޯޅީގައި ހުރި ގެއެކެވެ. އެ ގެއަކީ ގަދަފެހި ކަމަށް އެނގިފައިވެއެވެ.

މި ހަމަލާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި މިވަނީ މި ހާދިސާ ހިނގިތާ 38 ގަޑިއިރަށް ވުރެ ވެސް ގިނަ އިރުވި ފަހުންނެވެ. އަދި ޝައްކު ކުރެވޭ ނޫނީ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުން ލަސްވާތީ އާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މިއަދުގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމާއި މިހާރު ވާހަކަފުޅު ދެކެވެމުންދާ ކަމަށް އާއިލާއިން މިހާރު ބުނެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ވެސް މަޝްވަރާ ކުރެވުނެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޤީލަންބާ

    އިންޑިއާ ގަ ހަދާހެން ކަމާ ނުބެހޭ ކަންބަޅިއެއް ކަތިލާ

    1
    1
  2. އަނގަގަދަ މިތުރު

    ލޯންޗް ގޮއްވާލުމުގެ އަޑިގަ ތިބީ ކޮން ބައެއްބާ؟ ޔާމީނު މަރާލައިގެންވެސް ވެރިކަމުން ބާލަން ވެހިކަލްތަކުގަ އައިޑީ ހަރުކޮށް ލަންކާއިން ސުނައިޕަރަކުގެނެސް ހަރިޔާރު އެއްކުރީ ކޮންބައެއްބާ؟ މިފަހަރު އައިޑިގޮށްވާލުމުގެ ފަހަތުގަވެސް ތިބޭނީ ހަމަ އެއްބަޔަކުކަމަށް ލަފާކުރެވެނީ ތަންތަނުގަ ހުޅުޖެހުމާ މުދަލަށް ގެއްލުން ދިނުމާ ބިރުދެއްކުމާ ވެރިކަން ވައްޓާލުމަށް ބަޣާވާތްކުރުމާ މިކަހަލަ ހުރިހާ ޖަރީމާއެއް ހިންގާފައިވަނީ ކޮންބައެއްކަން މާޒީން ވަރަށް ސާފު ތިމާޟެންގެ އަގުވެއްޓި ރައްޔިތުންގެ އިތުބާރުގެއްލެމުންދާތީ އަމިއްލަޔަށް މިފަދަ ޖަރީމާތައް ހިންގުމަކީ އެކަށީގެންވާކަމެއް އަދި މާޒީގެ ތާރީޚަށްބެލުމުން މިކަންކުރުން އެންމެ ގާތީވެސް މިބާވަތުގެ ޖަރީމާ ހިންގާ މީހުނާ

    3
    1
  3. އަބްދޫ

    ތިޔަ އޮންނާނީ ނަސިދު ހަމްދަރުދީ ހޯދަންރެވި ކަމަކަށް. މިހާރު އޭނަގެ ސަޕޯޓް ޕާޓީ ގެކުދިންނާ ރައްޔިތުންގާތު ދަށް ވެއްޖެ. އެހެންވެ ސްޓަންޓް ޖެއްސީ ތިޔަ ގޮވުމުގެ ވާހަކަ ދިމަލެއްނުވޭ. ބޮޑިގާޑުންގެ ދެމީހުނާއި ޑްރައިވަރު ހުއްޓާ ހުރިހާ ރޭޒާފުށް ދުވެފަ ދަިޔައީ ނަސިދާއިދިމާލަށް. އެވަހަކަ ގަބޫލު ނުކުރެވޭ. ބޮޑެތި ތިންހަތަރު އޮޕްރެސަން ކުރަންޖެހިއްޖެ. ގަބޫލު ނުކުރެވޭ. ފުލުނހުން އެޑިކޭ ބަންދުކޮށްގެންތިބެގެން މި ހިންގަނީފޭކެއް ކަމަށް ފެންނަނީ މިހާރަނަށް އަފްރަސީމާއި ރިޒްވާނުގެ ޖަރިމާ ވެސް ނޭގެ. މިކަންވެސް މިހިންގަނީ ތިޔަ މީހާގެރޭވުމުގެ މަތީން.