ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުވެ ވެންޓިލޭޓަރުން ނަގާފައިވާއިރު، ހަމަލާއަށް ފަހު އެމަނިކުފާނު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފިއެވެ.
ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ނަޝް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވެ ލައިފް ސަޕޯޓް ވެންޓިލޭޓަރުން ވެސް ނަގާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅާ ވެސް ވާހަކަފުޅު ދެއްކެވޭ ގޮތްވި ކަމަށް ނަޝް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުވުމުން ފުރަތަމަ ވެސް ބައްދަލުކުރެއްވީ ބައްޕާފުޅު އަބްދުލް ސައްތާރާއި މަންމާފުޅު އާބިދާ މުހައްމަދާއެވެ. ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވަނީ "މަ ރަނގަޅޭ" ކަމުގައެވެ. އަދި އެނބުރި ގަދަކޮށް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމުގައި އާއިލާއިން ބުނެއެވެ.
"ހަމަ ދެންމެ މަންމައާއި ބައްޕައާ ވާހަކަ ދައްކައިފި، ބުނީ މަ ރަނގަޅޭ،" ނަޝްގެ ޓްވީޓްގައިވެއެވެ.
He is out of life support and just spoke to Mamma and Bappa!
Said 'ma ranghaley'
🙏🏾— Nashsat (@Nashsat) May 8, 2021
ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.
ރައީސް ނަޝީދަށް އަދިވެސް އޭޑީކޭ ފަރުވާ ދެމުންދާއިރު ހަތަރު އޮޕަރޭޝަނެއް ކުރިއެވެ. އޭޑީކޭގެ ޑޮކްޓަރުން މައުލޫމާތު ދެއްވާ ގޮތުގައި، އޮޕަރޭޝަންތައް ވަރަށް ކާމިޔާބުކަމާއެކު ކުރެވުނު ކަމަށެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ ޒަޚަމްތައް ރަނގަޅުވުމާއި ފަސޭހަފުޅުވުމުގެ މަރުހަލާގައި ފަރުވާ ދެމުން ކަމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން މައުލޫމާތު ދެއްވައެވެ.
("އަޅުގަނޑުގަދައޭ" الحمد لله!) ދެން އައުން އޮތީ نشيد ގެ "އައު ވޭރިއެންޓެއް"!!
ހޭލާ ތިބެން ޖެހޭ! "ކަނައަތުން ކުރާކަމެއް ވައަތައްވެސް ނޭގޭނެ" / "ކޮށްފަ ނުކުރާނެކަމެއް ހިތަކަށް ވެސް ނާރާނެ"! ނޫން ތޯ؟ ކެރޭނެ-ކުރާނެ!
ސިންގަޕޫ ރަށްގެންދާވަ ރެއްނުވޭދޯ ؟
alhamdulillah
ހުސް ފޭކު ދޯމި ޖެއްސީ އޭނަ.
ރާއްޖޭގެ ހޮސްޕިޓަލެއްގަ ފުރަތަމަ ބަލިމީހާ 24 ގަޑި އިރު ތެރޭގަ 4 އޮޕަރޭށަން ކުރި އެވެސް އިރުއިރުކޮޅާ ހޭނައްތާފަ
ޢޭ.ޑީ.ކޭ އިން ރެކޯޑް ހަދައިފި
އަލީ ރަމީޒުގެ ބަހެއް ބޭނުންވޭ މިބާތުގެ އަމަލުތައް ހިންގާ މީހުން ހައި ވޭތޯ؟؟ ދީނައް ފުރައްސާރަ ކުރާމީހުން މި ސަރުކާރުގަ ހައި ވާކަމަށް ބުނެފައިވޭ.؟!
ފުރަތަމަ ހޭ އެރިގޮތައް ގަދަބަސް ނުބުނެ ﷲއަށް ހަމްދު ކުރިނަމަ އެކަމް މަގަދައޭ އެނބުރި އަންނާނަމޭ ކިޔައި ގަދަބަސް މި ބުނަނީ
ހޮސްޕިޓަލަށް ގެންދިޔައި ވަގުތު މަރިޔާ އާއި ފޯނުން ވާހަކަ ދެއްކި ކަމަަށް މާރިޔަ ބުންޏެއް ނޫންތޯ. ޢަދި ބުނީ ކިކޭކަން ވެސް ބުނި.