ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ސީސީޓީވީ ފުޓޭޖުން ބޮން ގޮއްވާލި ކަމަށް ފެންނަ މީހާ ހިމެނޭ ކަން "ވަގުތު" އަށް އެނގިއްޖެއެވެ.
ނަޝީދަށް ހަމަލާ ދިން ވަގުތު މީހަކު ދުވެފައިދާ މަންޒަރުތަކެއް ހިމެނޭ ސީސީޓީވީ ފުޓޭޖްގެ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވިއެވެ. އެއީ އަތަމާ ޕެލެސްގައި ހުރި ސީސީޓީވީ ފުޓޫޖެއްގެ ފޮޓޯއަކާއި ބާއިންޖީނުގޭ މަގުގައި ހުރި ސީސީޓީވީގެ ފުޓޭޖެއްގެ ފޮޓޯއެއް ކަން ބައެއް އޮފިޝަލުންނާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވެސް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މި ތަހުގީގުގައި ފުލުހުން މިއަދު މެންދުރުފަހު ވަނީ ބާ އިންޖީނުގޭ ހުންނަ މަގުގައި ހަރަކާތްތެރިވެފައެވެ. އެ މަގުގައި ހުރި ގެއަކުން ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ. އޭގެ ތެރެއިން އެކަކީ މި ފުޓޭޖުން ދުވެފައި ފިލަން ދާ މަންޒަރު ފެންނަ މީހާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
އެ ގެއަކީ އެ މަގުގައި ހުރި މޫސާފިރީން ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އޮފީސް ހުރި ދިމާ ގޯޅީގައި ހުރި ގެއެކެވެ. އެ ގެއަކީ ގަދަފެހި ކަމަށް އެނގިފައިވެއެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މިއަދުގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.
ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމާއި މިހާރު ވާހަކަފުޅު ދެކެވެމުންދާ ކަމަށް އާއިލާއިން މިހާރު ބުނެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ވެސް މަޝްވަރާ ކުރެވުނެވެ.
މިކަން ތަހްގީގް ކުރަން ވަގުތާ ހަވާލުކުރަންވީ ވަގުތު ބޭފުޅުން މާމޮޅު😄
އެހެންވެގެން އޭނަހޯދަން އާއްމުންގެ އެހީއަށް އެދުނީ.
ތިޔަވާހަކައިން އެނގުނީ އެހެެން ތަހްގީގުތައް ކު ރަނީ ނަމެއްގައި ކަން އެއީ ގައުމުގެ ރައީސްކަން ކޮށްފައިވާ މީހުނަށް ނުވާތީތޯ. ޜިޟުވާން ، ޔާމީން ގެ މަ ރުގެ މައްސަލައިގެ ތަހްގީގުތައްވެސް ނަމެއްގައިތާ ކު ރީ ހަގީގަތް ހޯދާކަށް ނޫންތާ. ޢަޖައިބު ވެއްޖެ