ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިރުބަވެރި ހަމަލާއެއް ދިން އިރު ޑިފެންސް މިނިސްޓަރަކަށް ހުރީ އެމްޑީޕީ ނޫން ޕާޓީ އެއްގެ ޑިފެންސް މިނިސްޓަރެއް ނަމަ އެ މީހެއްގެ މަޤާމު ގެއްލޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ނައިބު ރައީސް ޑރމުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި ގުޅޭ ގޮތުން ދިފާއީ ބާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ފެންނަމުންދާ މަންޒަރަކީ ސަލާމަތީ ކަންކަން ފެއިލްވުމުން އެމްއެންޑީއެފް އިން ބަހަނާ ދައްކާ މަންޒަރު ކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.
އަދި އެކަން ހިނގި އިރު އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރ ހުރި ނަމަ މަޤާމުން ވަކި ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި މިވަނީ އެކި ސަބަބުތަކާއި ހުރެ ބައެއް މިނިސްޓަރުން މަޤާމުން ވަކިކުރުން ފަދަ ކަންކަން ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން @MNDF_Official އިން ދެއްކި ވާހަކަ ދެކޮޅެއްނުޖެހޭ. ސެކިއުރިޓީ ފެއިލްވީމަ ބަހަނާ ނުދައްކާ ފިޔަވަޅު އަޅަންވީ. އަދި ކިރިޔާ މީހަކު ހައްޔަރު ކުރެވުނީ. އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރަކު ނަމަ މިފަހަރު މަގާމް ގެއްލުނީސް. pic.twitter.com/Z983hUJMBs
— Mohamed Jameel Ahmed (@MJameelAhmed) May 8, 2021
" ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ދެއްކި ވާހަކަ ދެކޮޅެއްނުޖެހޭ. ސެކިއުރިޓީ ފެއިލްވީމަ ބަހަނާ ނުދައްކާ ފިޔަވަޅު އަޅަންވީ. އަދި ކިރިޔާ މީހަކު ހައްޔަރު ކުރެވުނީ. އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރަކު ނަމަ މިފަހަރު މަގާމް ގެއްލުނީސް" އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާގެ އިތުރުން ތިން މީހަކަށް އަނިޔާ ލިބުނެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.
މިހާރުވެސް ރައީސް ނަޝީދަށް އޭޑީކޭ ފަރުވާ ދެމުންދާއިރު އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރިއެވެ. އޭޑީކޭގެ ޑޮކްޓަރުން މައުލޫމާތު ދެއްވާ ގޮތުގައި، އޮޕަރޭޝަންތައް ވަރަށް ކާމިޔާބެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ދެއްވައެވެ.
ބައްލަވާ ސަމާލު ދެއްކި ގޮތެއްފޮތެއް ނެތް ވާހަކަ " މިއަށް ވުރެ ބޮޑެތި މިއަށް ވުރެ ސެކިއުރިޓީ ހައި ޤައުމުތަކުގަ ވެސް މިކަހަލަ ކަންކަން ހިގާފަ އެބަހުއްޓޯ" ކޮބާތަ މީނަގެ ލަދެއް ހަޔާތެއް އެފަދަ މަޤާމެއްގަ ހުރެފަ މިހެން ބުނަން. ދެން މާ ވެފަ ބޮޑީގާޑުން ގެ ކްއިކް ހަރަކާތް އޮފް އަރުވަން ނޫޅެބަލަ ޗީފް ބަލަ އެތާންގަ ހުރި އާއްމު ރައްޔިތެއްނަމަ ކޮޑުމައްޗަށް ލައިގެން ދުވެފަ ވެސް ހޮސްޕިޓަލަކަށް ދާނެ، އޭ ދިވެހިން ގެ ކިބައިން ފެނިފައިވާ މަންޒަރުތަށް، މުޅި ހާދިސާ އޮއްބާލާކަހަލަގޮތަކަށް ބޮޑީގާޑުންގެ ހުޝިޔާރު ވާހަކަ ދެއްކުން ހުއްޓާލާ ސަމާލް .ޤައުމުދެކެ ޕޮލިސް އެމްއެންޑީއެފް ގެ ކުދިން ލޯބިވެޔޭ ނުވާނީ ސަމާލު މެންކަހަލަ މުނާފިގުންނޭ، ލަދުން ބޯހަލާކު ޗީފޯ،؟
ރަގަނޅު ވާހަކައެއް!! ހަމަ ފެއިލިޔާއެއް މިއީވެސް!! މިކަހަލަ ކިތަންމެ ފެއިލިއާއެއް އެބަހިނގާ!! އެމްއެންޑީއެފްއިން އެމީހުންގެ މެންޑޭޓްގައި ހިމެނޭ ކަންކަން ކުރުމަށްވުރެން ބޮޑަށް މަސައްކަތްކުރަމުންދާތަން ފެންނަނީ ފުލުހުންނާއި ގާނޫނުން މަތިކޮށްފައިވާ ކަންތައްތަކުގެތެރެއަށްވެދެ އެކަންކުރެވޭތޯ ބެލުން! މިއީ ވަރަށް ހައިރާންވާންޖެހޭ ކަމެއް!! މިރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގެ އެތެރޭގެ ސެކިއުރިޓީއާވެސް ގަދަކަމުން ޙަވާލުވެގެން އުޅެނީ އެމީހުން!! ހަގީގަތުގަ މިއީވެސް ފުލުހުން ކުރަންޖެހޭކަމެއް! ދުނިޔޭގެ ގިނަ ގައުމުތަކުން ޢަމަލުކުރަމުންދާގޮތަކީވެސް އެއީ! މިރީޖަނަށްބަލާއިރު ސިންގަޕޯރ، ބަންގަލަދޭޝް، މެލޭޝިޔާ، އިންޑިޔާގައިވެސް އެއަރޕޯޓްގެ އެތެރޭގެ ސެކިއުރިޓީ ބަލަހައްޓަނީ ހަމަ ފުލުހުން!! މިދޭތެރެއަކުން އަޑު އިވުނު އައްޑޫ ގަން އިނޓަރނޭޝަނަލް އެއަރޕޯޓްގައި އެޕްރެންމަތޔީ ޕާކްކޮށްފައިވާ ޖެޓެއްގެ ފިޔަގަނޑު މައްޗަށް ބަޔަކު އަރާ ޕޮޓޯ ނެގިވާހަކަވެސް! މިކަން ކުރިބަޔަކު މިކަން ކުރީ އެއަރޕޯޓް ފެންސް މަތިން އަރައިގެންކަމަށްވަނީ!! މިއީވެސް ވަރަށްބޮޑު ފެއިލިއާއެއް އެމްއެންޑީއެފްގެ!! އެހާމެ ނުރައްކާތެރިކަމެއް!! ކޮބާ އެއަރޕޯޓްގެ ރައްކާތެރިަކަމަކީ؟ ކޮބާ އެމްއެންޑީއެފްދިން ސެކިއުރިޓީއަކީ؟ ކޮބާ އެއަރޕޯޓްގައި ޕާކްކޮށްފައި އޮންނަ އަގުބޮޑު ޖެޓްތަކުގެ ރައްކާތެރިކަމަކީ؟މިއިން ޖެޓެއް ބަޔަކު މިހެން ފެންސްމަތިން އަރައިގެން ގެއްލުމެއްދީފިނަމަ ދެން ކިހިނެތްވާނީ؟ މިއީވެސް ވަރަށް ބޮޑު ފެއިލިއާއެއްނޫންތޯ؟
ނަމަކުން އެކަނި " ރާންބޯ" މާރިޔާ. މިހެންވާނީ އަންހެނުން ބާރުވެރިކުރާށޭ ކިޔާފަ ނާގާބިލު މީހުންނަށް މަގާމުދެންޔާ.
މާރިޔާ އަމިއްލައަށް އިސްތިއުފާދީފަ ދާންނޭންގެންޔާ ސަރުކާރުން އޭނަ ވަކިކުރަންޖެހެ.
ޖަމީލް ޑިފެންސް ވަޒީރަކަސް ހުންނެވި ނަމަ ހަމަ ޔަގީނުންވެސް ބޭރު ކުރާނެ. އެއީ ޖަމީލް އަށް އިތުބާރު ކުރާނެ އެއްވެސް ސަރުކާރެއް ރާއްޖެ އަކަށް ނާންނާނެ.
މިކާކުތަ ބޮލައް ފިތިގެންމިއުޅެނި
މާރިޔާ ވަނީ ހުރިހާ ގޮތަކުނ
މިކާކުތަ ބޮލައް ފިތިގެންމިއުޅެނި
މާރިޔާ ފެއްލްވެއްޖެ ،އަލިފާނުގެ ހާދިސާ އާއި ޔޫޓީއެފް އެއްބަސް ވުން ފޮރުވުމާއި ގައުމުގެ ސަލާމަތީ ގޮތުން މީނާ ފެއިލް ވެއްޖެ
ޖަމީލޫ ކަލޭ އަކީވެސް ބޮޑު ފެއިލިޔަރެއް !