ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅޭ ފޮޓޯއާއި ވީޑިޔޯ މީސްމީޑިއާގައި ނުފެތުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 6 މޭގައި ދޮނ ނިރުބަވެރި ހަމަލާއާ ގުޅޭ އެއްވެސް ވީޑިޔޯ އެއް ނުވަތަ ފޮޓޯ އަދި އެ ނޫންވެސް އެއްވެސް އެއްޗެއް މީސްމީޑިޔާގައި ނެފުތުރުމަށާއި އެފަދަ އެއްޗެއްހި އާއްމު ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މީގެ އިތުރުން ހީގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމާއި ދޮގު މައުލޫމާތު ފެތުރުމަކީ މިހާރުހިންގަމުންދާ ތަހުގީގަށް ހުރަސް އެޅުމުގެ އިތުރުން، ހަމަލާގެ އަސަރު ކުރި މީހުންނަށް އިތުރު ހިތްދަތިކަމެއް ލިބިދާނެ ކަމެއް ކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ފުލުހުން މިފަދަ އިލްތިމާސް އެއްކުރައްވާފައި މި ވަނީ ރައީސް ނަޝީދު އަށް ދިން ހަމަލާގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގައި ދައުރުކޮށްފައި ވަނިކޮށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އައި އިރު ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަައީމް

    ނުފަތުރަންވީ ސަބަބަކީކޮބާ ކަލޭ އެވެސް ބަދަލްކުރަން ބޭނުންވާތީ ދޯ ބަލަގަ ރައީސްޔާމީން އަށް ތިފަދަ ހަމަލާދިނީ 24ގަޑިއިރު ޕޮލިހުންނާއި ސިފައިން ޑިއުޓީކުރާ ރަސްމީ ލޯންޗޮ ކޮޅުގަ އެވެސް ނޭގުނު ދެން ކަލޭމެނައް ތިކަންއެގޭތަ އޭރު ހަމަހެނީ ތިޔަފެނުނީ އިދިކޮޅު މިހާރު ރޮނީ އެމްޑީޕީ އިދިކޮޅުގަ ތިބެގެން ލެވިހަޅޭކުގެ ޒިންމާ އެމްޑީޕީ ނަގަންޖެހުމަކީ އިއްތިފާގެއްތޯ ؟؟؟؟

    13
    1
  2. މަރީ

    އެއީ ދޫކޮށްލުމުގެ ނިޔަތުގައި ހައްޔަރުކުރާ މީހުންނަށް ވާތީވެތަ؟

    15
  3. ޖާބެ

    ނާގާބިލް ސީޕީ ހަމީދު އިސްތިޢުފާ ، ސިޔާސީ ބޭނުމައް ކުފޫ ހަމަނުވާ މީހުން ޕްރޮމޯޓްކުރީމަ ވާނެ ހައެތި މިނަވަނީ

    15
  4. ސަމް

    އަޅުގަންޑު ހިތައް އަރަނީ ދިވެހި ބަސް ނުދަންނަ ރާއްޖޭގެ މާހައުލާއި މުޖުތަމައު ނުދަންނަ އޮސްޓުރޭލިޔާ ބަޔަކައް ކޮންތަހުގީގެއް ބާއޭ ކުރެވޭނީ. ދެން އެމީހުން އައީމަ ކޮންމެވެސް ދިވެހި ފުލުހުންގެ ސޮރުންތަކެއއ ތިބޭނީ ޓުރާންސްލޭޓު ކޮއްދޭންށާއި ތަންތަން ދައްކާށާއި.. އެމީހުންނަކައް ނޭނގޭނެ އެގަހުކޭލެއް މިގަހުކޭލެއް ވަކި ކުރާކައް.. ދެން އެމީހުންނައް ދެއްކި އަދި މި ސޮރުންތައް ކިޔާދޭ އެއްޗެއްގެ މައްޗައް ތަހުގީގުކޮއް ނިމޭރިއު އަސްލުހަގީގަތައް ވާސިލްވެވިއްޖެކަމުގެ ކޮން ގެރެންޓީއެއް އޮންނާނީ. އެ ފުލުހުން ކޮންޓުރޯލު ކުރާ ބަޔަކައް ބޭނުން ނެރެޓިވްއަކައް ތަހުގީގުގެ ޑައިރެކްޝަން ގެންގޮސް ޑުރާމާކުޅެވިދާނެ.

  5. ކިނބޫ

    ޑްެާމާ ފަލީހަތް ވާނެ. ފޮޓޯއާއި ވީޑިއޯ ނުފަތުރާ.

  6. ޑައެލޯގް

    ތިޔަފަތުރާނީވެސްކަލޭމެންނެވެ. އީވާންނަސީޭކިޔައިގެންވެސް ފިތުނަ ފެތުރީ