ރާއްޖޭގައި ކަންކަން ހިނގާ ގޮތުން އަދިވެސް އިތުރު ނުރައްކާތެރި ކަންތައްތައް ދިމާވެދާނެ ކަމަށް ބަލަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައިސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއެކު ދިޔާނާ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ކަމާއި އެ ހަމަލާތައް ރާވާ ހިންގި މީހުން އަދިވެސް ހޯދިފައި ނުވާކަން ފާހަގަކުރައްވާފައެވެ.
ނޫސްވެރިޔާ އިބްރާޙިމް ވަހީދު (އަސްވާޑް) އަށް ދިން ނުރައްކާތެރި ހަމަލާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ދިން ހަމަލާ އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ނޫސްވެރިޔާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލުމާއި، ނޫސްވެރިޔާ ރިޟްވާން ގެއްލުވާލައި މަރާލި މައްސަލަ ދިޔާނާ ފާހަގަކުރެއްވިއެވެ.
އަދި އެފަދަ ހަމަލާތައް ދިނުމުގެ ފަަތުގައި ފިކުރީ އަދި ސިޔާސީ ސަބަބުތައް ހުރި ކަމަށް ޤަބޫލު ކުރައްވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެ ސަބަބުތަކާ ހުރެ ރާއްޖޭގައި ލޭ އޮހޮރުވުމުގެ ކަންކަން ހިނގާފައި ހުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ކަމުގެ ނުރައްކާ އިތުރަށް ކުރިމަތިވެދާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
From the near fatal blows inflicted on Asward & Alhan to the enforced disappearance of Rilwan and the gruesome murders of Dr. Afrasheem & Yaamyn as well as the Finifenmaa launch blast, blood has been shed here both for political and ideological reasons.
— Dhiyana ?🌹 (@dhiyanasaid) May 8, 2021
މި ކަންކަމަކީ ބޮޑެތި ކުށްތަކަށް ވީ ނަމަވެސް އެންމެ އެކަށީގެންވާ ގޮތަށް އެ ކުށްތަކުގެ ތަހުގީގު ފުރިހަމަ ނުކުރެވޭ ކަމަށް ކަމުގެ ކަންބޮޑުވުން ދިޔާނާ ފާޅުކުރެއްވިއެވެ. ދިޔާނާ ވިދާޅުވީ އެ ކަންކަން ރޭވުމުގެ ފަހަތުގައ ތިބި މީހުން އަދިވެސް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ ކަމަށެވެ.
"އަހަރެމެންގެ އިދާރާތަކުން މިއަށް ވުރެ ރަނގަޅަށް ރައްކާތެރިކުރުމުގެ ޒިންމާ ނަގާ، ފުރިހަމަ އަށް އެންމެންނަށް އިންސާފު ހޯދައި ނުދެވޭނަމަ އަހަރެން އެންމެންނަށް ވެސް ލަފާދޭނީ ނުރައްކާތެރި އިތުރު ކަންކަން ހިނގާނެ ކަމަށް ބަލަން." ދިޔާނާ ވިދާޅުވިއެވެ.
ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.
ދިޔާނާއަކަށް ނުކެރުންދޯ ރައިސް ޔާމިނަށް ދިން ހަމަލާގެ ވާހަކަ ލިޔަން!! ތިހެންވާތީއޭ ފިކުރީ ލޭއޮހޮރުވުމާ އެއްޗެހި ގިނަވަނީ!! ވަކި މީހަކަށް ކަމެއް އަމާޒުކުރިޔްސް އޯކެއި!! ދެފުއްކެހެރިން ގިނަވެ އަދުލު އިންސާފުން އެއްކިބާވާތީ ކަންކަން ގޯހުންގޯހަށްދަނީ!! ވަކިމައްސަލަތަކެއް ބެލި ފިޔަވަޅު އަޅާއިރު އަނެއްބައި މައްސަލަތައް ފޮރުވަނީ!! މީހުން ފިލުވަނީ!! ކޮބާ އެމްޑީއެން ރިޕޯޓް ކޭސް!! ކޮބާ ޔާމީން ގޮއްވާލި ކޭސް!! ކޮބާ އިހައްދުވަހު ޔާމީން ގޭގައި ބަހައްޓާ ގޮއްވާލަން ބުނި ކޭސް!! ޔާމީން އިންނެވި ލޯނޗުކޮޅު ގޮއްވާލީ ވާހަކަ ހަނދާންނައްތާލަން އުޅޭހެން ހީވަނީ!!
ފިނިފެންމާ ބްލާސްޓް ފެނިނުލައްވާތޯ؟
ސްޕްރެޑް ލަވް...
ފިނިފެންމާ ބްލާސްޓް ފެނިނުލައްވާތޯ؟
ސްޕްރެޑް ލަވް...
ފެނޭ މުއައްސަސާތަކުގެ އިސްމަގާމްތަކަށް އިންޑިޔާއިން މީހުންހޯދަން. އެއީ އެންމެ ފުރިހަމަގޮތް.
ރާއްޖޭގެ ތަށްގީގެ ބާނީ އަވަހާރަކޮށްލަންދިންހަމަލާ ކަމަނާ ނުދެއްކުމަކީ ސިޔާސީ ގޮތުން ތަސައްރަފުނުފުދިއަދި ޒާތީ ކަމެއްގެގޮތުގައިބެލެވެނީ.