އަމާޒުވި ހަމަލާގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފުއްޕާމެ ފޫއަޅައިގެން ގޮސްފައި ހުރިކަމަށް އެމަނިކުފާނަށް ފަރުވާދެއްވަމުންދާ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

އެ ޓީމުން މިގޮތަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ ޑރ. އަބްދުﷲ ނިޔާފް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހަށިގަނޑަށް ދަގަނޑު އެތިކޮޅުތަކާއި އިތުރު އެހެން އެޗެއްހިތަކެއް ވެސް އަރާފައި ހުރިކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެތިކޮޅެއް ފުއްޕާމެ އާއި ކައިރީގައި ހުރުމުން އެންމެ އަވަހަށް އަވަސްވެގަތީ ފުރާނަ އަށް ނުރައްކާ ނުވެ ރައީސް ނަޝީދަށް ފަރުވާ ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަގަނޑު އެތިކޮޅުތަކެއް ހުރި އެއްވަރެއްގެ ޔުނިފޯމް އެތިކޮޅުތަކެއް. އަޅުގަނޑުމެންނަށް އެނގުނީ ފުއްޕާމޭ ތެރޭގައި އޭގެ އެތިކޮޅެއް އިންކަން. އެއީ މިވަގުތު ފުރާނަ އަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބަލާ އެންމެ ފުރަތަމަ ދޭން ޖެހޭ ފަރުވާ ދޭން ހަރަކާތްތެރިވިން." އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭ ޑޮކްޓަރުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ - ވަގުތު އިމޭޖްސް: އަހުމަދު ޖައިޝާން

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަށީގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު ޔޫސުފް ޝާން ވިދާޅުވީ އެ ހަމަލާގައި ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޭނުން ކުރި ދަގަނޑު އެތިކޮޅެއް ރައީސް ނަޝީދުގެ ފުއްޕާމެ އަށް އެރިކަމަށެވެ. އަދި އެ އެތިކޮޅު އިނީ ރައީސް ނަޝީދުގެ އަރިކަށިގަނޑުގެ ހަތަރު ވަނަ ކަށިގަނޑަށް އަރާފައި ކަމަށާއި އެ ކަށިގަނޑު ހުރީ އެއްކޮށް ފުނޑިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ލަންގް އިންޖަރވި މާނަ އަކީ އޭތި ފޫ އަޅާފައި ދިޔަ ވާހަކަ. އެހާ ހައިވެލޯސިޓީ ރޭޒަރ ފުކެއް ވީމަ ވާގޮތަކީ ފުއްޕާމޭ ނޫފައިގަންނާނެ. ފަންގްޝަން އަށް އަސަރު ކުރާނެ. މީތި އަސްލު އިނީ ހަތަރު ވަނަ ރިބްގައި ޖެހިފައި ރިބް އިނީ ފުނޑިފައި. އެއީ އެއަށް ވުރެ ތިރިން ގޮސް ހިތަށް އެރި ނަމަ ވަރަށް ނުރައްކާ ވާނެ." އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޕޮގުބާ

    ތިބުނާވަރެއް ނުވޭ ހޯމް މިނިސްޓރ ބުނީ ތިއުޅެނީ ރުހުމް ހޯދަން ރަށްޔިތުންގެ

    107
    17
    • ޙަދީޡް އޮން ޚަވާރިޖް

      މިފަދަ ހަރުކަށި ވިސްނުމުގެ ޚަވާރިޖުންނާ ބެހޭގޮތުން އޮތް ކީރިތި ރަސޫލާ މުޙައްމަދް (ޞ) ގެ ޙަދީޡްފުޅު އިންޓަރނެޓް އިން ބައްލަވާލައްވާ!!

  2. ނިހާ

    އަންނި ފުނޑުފުނޑު ނުވިކަން ނަސީބެއްނު

    76
    8
  3. ކެކެކެކެ

    ހަހަހަ ހުވާ މިބުނީ މޮޔަވެދާނެ. ޗަރުކޭސްގަނޑު ކެއްކި ވަރަކަށް ޖޯކަރުކަން ބޮޑުވަނީ.

    93
    19
  4. ދދދދދދ

    ޑްރާމާ ކުޅުނު ވަަރަކަށް އަގު ވެއްޓި ފޫހި ވާނީ. ނަން ފަނޑުވާތީ ކަޑަވެގެން ކުރި ކަމެއް.

    98
    16
  5. ގސމ

    ވަށައިގެން ތިބި ސިފައިންނަށް ކަމެއް ނުވީމަ އަޖައިބު ވަނީ، އެމީހުން ވަގުތުން ދޫކޮށްލައި ފަރުވާ ދީފަ،
    މިއީ ބިގް ބޭންގުން އެކްސިޑެންޓަކުން ކައުނު އުފެދުނީ އޭ ބުނާ ކަހަލަ ކަމެއްނު، ނަޝީދު ގަޔަށް އެކަނި ގެއްލުން ވާ ވަރަށް އެތަކެތި އެރުން

    98
    9
    • ރެފްރީ

      އެހެންވެދާނެ އެއީފަހުޒަމާނުކަމެއްކަންނޭގެ

      34
      2
    • އައިޝާ

      ބޮޑަށް މިބެލެވެނީ އެބޮމުގައި ޓް ރެކިން ޑިވައިސްއެއް ހަ ރުކޮށްފައި ހު ރިކަމަށް.ހަމަ އެކަނި އަންނި ގަޔަށް ހު ރިހާ އެއްޗެއް ހެ ރޭގޮތަށް.ދެން އެހެންޏާ ކޮންކަމެއް ވަށައި ބޮޑީގާޑުން ތިބި އި ރު އެމީހުންނަކަށް އެވަ ރެއްނުވޭ

      55
      4
  6. ނަައީމް

    މެޑަމް ފާތުން އަށް ދިމާވި ބޮންގޮއްވުމުގެ ހާދިސާ އައްނިހެދީ ޖޯކަކައް ކުރީމަލާމާތް އެހަދިސާގައި އެކަމަނާ އެޅި ވޭން ކުޅަދުންވަންތަފަރާތުން ދެއްކެވި އިބުރަތަކައްވެދާނެ އެއްވެސް އިންސާނަކައް ނު ތަނަކައްވެސް ދެރައެއް ލިބިއްޖެނަމަ އެކަކުވެސް މަލާމާތް ނުކުރާށޭވެ.

    72
    5
  7. ހުސޭނުބޭ

    ތިބުނާ މީހަކު މީގެ ކުރިން ކޯޓުން ހުކުމެއް ކޮށްފާނޭތީވެ އަތްބިދިގެންވެސް އުޅުނު. މައިބަދަ ބިދިގެންވެސް އުޅުނު. ތި ޑްރާމާ އަހަރެމެނަށް ދައްކާމެކަމެއްނެތް!

    69
    4
  8. ލާހި

    އޭޑީކޭގައި ތިހާ މޮޅެތި މީހުން ތިއްބާ އަޅާނުލެވި މާބަޑު ކުއްޖާ ނިޔާވި ނުންތޯ ކީއްވެތޯ ސަމާލުކަން ނުދިނީ ؟

    77
    4
    • ކޮވިޑް

      ވެދާނެ އެ ކުޑަ ކުއްޖާ އަކީ ލާދީނީ މީހަކަށް ނުވުން، ސިޔާސީ މީހަކަށް ނުވުން، ނޫނީ އެމްޑީޕީ ގެ އެކަޓިވިސްޓަކަށް ނުވުން ކަމަށް، ކޮބާ ތޯ ޔާމީން ގެ ގޮށްވާލަން އެފްބީގަ ޕޯސްޓް ކުރި މީހާ އުންސުރު ހަމަނުވާތީ ހައްޔަރު ވެސް ނުކުރެވުނީތޯ؟

      21
      2
  9. އިސްތިއުފާ

    ޑިފެންސް މިނިސްޓަރު މާރިޔާ އިސްތިއުފާ ދޭންވީއޭ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ

    33
    4
  10. ރަސްގެފާނު

    ފުއްޕާމެއަށްނުހެ ރުނީ ރޯފުޅަށްހުންނެވީމަ

    27
    2
  11. ކަލްޓް

    ޗަރުކޭސް ކުޅެނީ. އަހަރެމެން ނަށް އިނގޭ ރައްޔިތުން ބަލައި ނުގަން ނާނެ ކަން އިނގޭތީ ކުޅޭ ކުޅިވަރު ތަކެއް ކަން ތީ، ނިމޭ އިރު ތުބުޅި ލީ މީހެއްގެ ބޮލަށް ތި މަހާނުލައި ނުދާނެ!

    61
    7
  12. ސސ

    މާބަޑު ކުއްޖާގެ ސިޒޭރިން ހެދިއިރު ތިހާ ފަރުވާތެރި ނުވީ ކީއްވެތޯ ތިޔަ ޑޮކްޓަރުން !

    81
    3
  13. ޥަގުޕޮގޮބާ

    ބޭފުޅާ ރޯދަތޯ. މިނިމަހުންތޯ ރޯދަވީއްލަނީ.

    34
    10
  14. ޑރ ލޮލް

    ކަށީގެ ޑޮކްޓަރެއް ނޫން ކިޔާދެއްވީ ކަށިގަނޑުގެ ވާހަކަ. އެއީ ކާޑިއޯތޮރޭސިކް ސާރޖަން ޑރ ޝާފިއު. ޑރ ޔޫސުފް ޝާން އުޅުއްވަނީ އައިޖީއެމްއެޗްގައި. ކަށީގެ ޑރ އަކަށް ވާހަކަ ދެއްކެވީ ޑރ މިޝްވާރު އަދި ޑރ ޝަކީލް. ސާބަސް

    26
    4
  15. Anonymous

    އަންނިގެ ވަށައިގެން ބޮޑީގާޑުން ތިބި ކަމަށް ފޫޓޭޖުންފެނޭ. ކުރިމަތިންނާއި ފަހަތުން އަދި އަރިމަތިން ބޮޑީގާރޑުންތިބި. ބޮޑީގާރޑުން ފޫއަޅުވާފަ އަންނިގަޔަށް މިވަރުގެ ހަމަލާއެއް އަރައި މީހާއެއްކޮށް ފޫއަޅުވައި ފުށްފުރޭންޏެއްހެންވީއިރު ބޮޑީގާރޑުން ވަނީ އެރޭގަ ދޫކޮށްލާފައި. ބޮޑީގާޑުންނަށް ބާރުއަޑުގެ ސަބަބުން އެވަގުތު ކަންފަތުގެ އިއަރޑްރަމްއަށް ތަދުވުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައި ނުވޭ. ދެން އަންނިއަށް މިވަރުގެ އަނިޔާއެއް ވެދާނެ ކަމަށް ހަމަބުއްދިން ވިސްނާ ވަރުބަލިވެއްޖެ.

    18
    4
    • އަހްމަދު

      ބޮޑީގާޑުން ތިބީ ވަޒަން ނާރާ ވައްތަރުގެ ހެދުމުގައި. ކޮސްނުވެބަލަ. އަންނިހުރީ އާދަކޮށް އޭނާލާ ސްކޫލްޔުނީފޯމުގައި.

  16. ކޮތަރު

    އަންނިގައިގަހު ރީދަގައްފާނު.
    އެހެންވެހު ރިހާދަގަނޑެއްގޮސް ތަތްވީއަންނިގައިގަ

    9
    1
  17. ޅަވިޔަނި

    ޢެމްޑީޕީ މީހުން މެޑަމްފާތުން ނަށް ވެގެންދިޔަގޮތް މި ބައުގަނޑު ޖޯކުޖަޙާ ނެށީ. ޜައްޔިތުންނަށް ކެނެރީގޭ ކަލޭގެގެ ހީލަތާމަަކަރުވެރިކަން ނޫޅޭ އޮޅިގެން

    14
    1
  18. Anonymous

    މާތްﷲ ނަޝީދުގެ ފުރާނަފުޅު ސަލާމަތްކޮށްދެއްވިކަމަށް ހަމުދުކުރަން! އަދި އުއްމީދުކުރަނީ އަބަދުވެސް މަނިކުފާނު ތިކުރައްވާ މަސައްކަތާއިގެން ބާރަށްކުރިއަށް ވަޑައިގަތުން. އާމީން! އަބަދުވެސް ފާސިޤުންނާ އަނިޔާވެރިން، އަދި އަބާއްޖަވެރިން ތާރީހަށްބެލިއަސް ފެންނާނެ އިސްލާމީޤަޢުމުތަކުގެ ވެރިން ޝަހީދުކޮށްލަށް ކޮއްފަހުރި ނުބައި ރޭވުންތައް! އަދި އިސްލާމީ ތާރީޚަށްބެލިއަށް އިސްލާމީ ޚަލީފާއިން، އުމަރު، އުޝްމާނު، އަލީގެފާނު ޝަޙީދު ކޮށްލެވިގެންދިޔަގޮތް. ވަﷲ ޢައުލަމް.

    4
    20
  19. Anonymous

    ހަގީގީ ބޮމަކާ ފޭކްބޮމެއްގެ ތަފާތު އެނގިއްޖެ...މިއޮތް ހުރިހާދުވަހު ހީކޮށްގެން ހުރީ ލޯންޗް ކޮޅެއްގަ ގޮއްވާލައިގެން އުޅުނީ އަސްލުބޮމެއްކަމަށް...އެކަމު މިހާރު ޝައްކު!!!

    6
    2
  20. މޮހޮދު

    އޭނަގެ ފޮޓޮއެއްވަރުވެސް ނެތީތޯ. ގައިމު ބުއްޅަބެޔަކީ ނުލާހިލު ދެއްކުންތެރި ބޭފުޅެއް.

    11
    3
  21. ޝިއުނާ

    ބޮޑުވަރު ރައްޔިތުން ތިކަލޭގެ މަތިން ފޫހި ވެެއްޖެ ވޯޓެއް ނުލިބޭނެ

    15
    5
  22. އަބްދޫ

    ޑް ރާމާ އަކުން ވާނެ ފައިދާ އެއް ނެތް.ޙިތުގެ މަ ތީ ފަށަލައިގަ ހު ރީ ވަޒަން ނާ ރާ ހަން.ޥީމާ ފޫނޭޅީ 4 މީހުން ތިބި އެންމެ މީހަކަށް އަނިޔާވީ

  23. ޝަރީފާ

    ބޮޑީގާޑުންގެ ހަށިގަނޑުގެ ތެޜެއަށް އެންމެ ލޭޒާޜ ފުކެއްވެސް ނުވަން ނަނީތޯ