ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގޮހޮރު ވެސް ފޫއަޅާއިގެން ގޮސްފައި ހުރި ކަމަށާއި ސަލާމަތް ވީ ރޯދަ މަހާ ދިމާކޮށް އެމަނިކުފާނުގެ ގޮހޮރު ބޮޑަށް ހުސްވުމުން ކަމަށް އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ ޑޮކްޓަރުން ވަނީ ރައީސް މުހައްމަދު ނަޝީދަށް އިހަށް ރޭ ދިން ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ގެއްލުންތަކުން ސަލާމަތް ކުރުމަށް ކުރި މަސައްކަތުގެ ތަފްސީލް ހާމަކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ހަށިގަނޑަށް ދަނގަޑު އެތިކޮޅުތަކެއް ވަދެފައި ހުރި ކަމަށާއި އޭގެ ތެރެއިން އެތިކޮޅެއް ފުއްޕާމެ އާއި ކައިރީގައި ހުރުމުން އެންމެ އަވަހަށް އަވަސްވެގަތީ ފުރާނަ އަށް ނުރައްކާ ނުވެ ރައީސް ނަޝީދަށް ފަރުވާ ދިނުމަށް ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ގޮހޮރު ވެސް ފޫއަޅާއިގެން ގޮސްފައި ހުރި ކަމަށާއި ސަލާމަތް ވީ ރޯދަ މަހާ ދިމާކޮށް އެމަނިކުފާނުގެ ގޮހޮރުގެ ބޮޑުބައި ހުސްވުމުން ކަމަށް އެ ހޮސްޕިޓަލްގެ ސީނިއާ މެޑިކަލް އޮފިސަރ އަބްދުﷲ ނިޔާފް ވަނީ ވިދާޅުވެފައެވެ.
"ގޮހޮރު ފޫގޮސްފައި ހުރި ނަމަ ގޮހޮރު ލީކުވާނެ. އެކަމަކު ރޯދަ މަހާއި ދިމާވީމަ ނަސީބު ދިމާކުރި ގޮތުން ގޮހޮރު ބޮޑަށް ހުސްކޮށް ހުރީ" ޑރ.ނިޔާފް ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަހުމަދު ނިޝާން ވަނީ ރައީސް ނަޝީދުގެ ބަނޑުތެރޭގައި ވެސް ދަގަނޑުކޮޅުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި އެތަކެތިން ހަށިގަނޑަށް ގެއްލުން ވިޔަ ނުދިނުމަށް ޑޮކްޓަރުންގެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ބަނޑު ތެރޭގައި 3 ސީޓީ ސްކޭނަށް އަރާ ކަހަލަ ދަގަނޑު ކޮޅު ހުރި. އޭތ ވަދެ ގެއްލުން ލިބުނީ ކޮން ހިސާބަކަށް ކަން އެނގޭނީ އެތެރެ ބަލާލީމަ. އެތެރެ ބެލީމަ އެނގުނީ ބަނޑުގެ މަސްގަނޑު ފޫ އެޅިކަން. ދެން ލޭ ހުރިކަން. ކެމެރާ ލައްވައިގެން ބެލީ. ފޫ އަޅާލާފައި ހުރީމަ މާނައަކީ އެތެރޭގެ ގުނަވަންތަކަށް ވެސް ގެއްލުން ލިބިފައި ހުންނާނެއޭ. ފާހަގަކުރެވުނީ ފަލަ ގޮހޮރުގައި ހުރި ފޫއަޅާފައި. މައިދާވެސް އެއްފަރާތުން ވަދެން އަނެއް ފަރާތުން ނުކުމެގެން ގޮސްފައި ހުނީ." އޭނާ ވިދާޅުވިއެވެ.
އެހެންވީމާ އެރޭ ވެސް ނަޝީދު ހުރީ ރޯދައަށް ދެއްތޯ!؟ހަހަހަހަހަހަ
ޙިސާބައްވު ރެ ގަމާ ރުވީމަ ދައްކާވާހަކަ ފަހުމެއްނުވާނެ.ގަމާ ރުންނަށް އެގޭނީ ވައްކަންކުރަން
ގޮހޮރުގަ 2 ބައި އިނދޭ. ގޮހޮރު ކިޔަނީ 2 ބަޔަށްވެސް. ކޭމަ ހަޖަމްވާން އެކިމީހުންގެ ނަގަނީ އެކި ވަގުތު. ނަޝީދުގެ ގޮހޮރު ހުސްކޮށް އޮތުމުން ސުވާލު އުފެދޭ. ހަމަ ރޭގަނދުތޯ ރޯދަ ހިފަނީ ނުވަތަ ޑޮކްޓަރުންވެސް ޑްރާމާ ކުޅެނީތޯ ހަމަ ހިތަށް އަރާ.
ޙަޖަމުކުރުމުގެ ނިޒާމް ބެހިގެން ވަނީ 3 ބަޔަށް
1 ސްޓޮމަކް (ބަނޑު)
2- ސްމޯލް އިނޓެސްޓައިން (ކުޑަގޮހޮރު)
3 ލާޖް އިންޓެސްޓައިން (ބޮޑު ގޮހޮރު)
ބަނޑުން ކުޑަގޮހޮރާއި ހަމައަށް ކާއެއްޗިހި ގޮސް ނިމުމަށް 6-8 ގަޑި އިރު ހޭދަވާނެ
ޥީއިރު ރޯދައަށް ހުރެފަ ރޯދަ ވީއްލާ މީހާ ކާއެއްޗެއް ކާތަނުން ވަގުތުން ހަޖަމް ކުރުމުގެ ނިޒާމު ފުރައެއް ނުލާނެ.
ގޮހޮރު އޮޕަރޭޓްކުރީ 8 ގަޑިއިރު ފަހުން. ޑޮކްޓަރ ވެސް ހާދަ ސިޔާސީ އޭ ދޯ
ގޮހޮރުގަ 2 ބައި އިނދޭ. ގޮހޮރު ކިޔަނީ 2 ބަޔަށްވެސް. ކޭމަ ހަޖަމްވާން އެކިމީހުންގެ ނަގަނީ އެކި ވަގުތު. ނަޝީދުގެ ގޮހޮރު ހުސްކޮށް އޮތުމުން ސުވާލު އުފެދޭ. ހަމަ ރޭގަނދުތޯ ރޯދަ ހިފަނީ ނުވަތަ ޑޮކްޓަރުންވެސް ޑްރާމާ ކުޅެނީތޯ ހަމަ ހިތަށް އަރާ.
ގޮހޮރެއްބަޑެއްއެގެނީކީނޫން! އެކަމަކުއަގައަރުވަންޖެހޭ!
ރައީސް ނަޝީދު ރޯދަހިފަނީ ރެގަނޑު ތޯ؟
ނޭގުނަސް ކޮމެންޓް ކުރާތި. ޢިރުއޮއްސިގެން ކެއިމަ ފުރަތަމަ ދާނީ ބަނޑަށް ސްޓަމަކް އަށް. ޢެ ހަޖަމް ވެގެން ބޮޑުގޮހޮރަށް ދާން ގަޑިތަކެއް ނަގާނެ
ކީއްކު ރާނީ ގާމާ ރުކަމާ އެކުވެސް ވަގުންގެ ބަސް އަޑުއަހަންވީމަ ވާގޮތް.
ކާކު ވަގަކީ؟ ހައްދުގެ ކަމެއްގަ މަށާ ދިމާއަށް ނުބުނާތި. ގިޔާމަތް ދުވަހުންވެސް ކަލޭގެ ފުށުން ބަދަލު ހޯދާނަން.
އެވެސް ކިޔާދީފަ އޮތްނަމަ ލިޔުމުގަ. ގިނަ ދިވެހިންނައް ތިކަމެއް ނޭގޭނެ
އަބަދުވެސް ގަމާރުބަ އެއް ދިވެހިންނަކީ
ޖާން ބަނޑަކީ ކޮބާތޯ؟ ބަނޑު މާނަ ތި ކުރަނީ ކޮންތާކަށްތޯ؟ޖާން އެތެރެ ހަށިގެ ޑޮކްޓަރ އެއް ވިއްހާ ކާ އެއްޗެހި ބަނޑަށް ދާ ގޮތް ކިޔާ ދެއްވާ؟ ލޮލް
މީގެން އިނގެނީ އެބޭފުޅާ ރޯދައަށް ހުރިކަން، މާތް ﷲ ގެ ރަހްމަތާއެކު އަވަސް ޝިފާއަކަށް އެދެން
ނަޝީދު ރޯދައަށް ހުންނަވަނީ ރޭގަނޑުތޯ؟ ޑޮކްޓަރުންވެސް މިފަދަ ވާހަކަ ދެއްކީމަ ޑޮކްޓަރުން މިކަމުގެ މައުލޫމާތު ފޯ ރުކޮށްދޭނެ ގޮތް ވަ ރަށް ރަނގަޅަށް ސާފުވެއްޖެ.
ދުވާލު ކެއިނަމަ ރޭގަނޑު ގޮހޮރުގައި އެއްޗެހި ހުންނާނެ، ރޯދަވީއްލުމަށް އެއްޗެއް ކެއުމުން ބަނޑުން ގޮހޮރަށް ދިއުމަށް ވަގުތުނަގާނެ، މީހަކަށް ނަފްރަތު ކުރިޔަސް ތީބޮޑުވަރު،
މީހަކު ދެކެ ލޯބިން ގޮސް އެމީހާގެ ކޮންމެ ކަމެއް ތިޔަ މޭރުމުން ޖަސްޓިފައި ކޮށްދޭން އުޅުނީމާ ބޮޑުވަރު. އޭނަ ރޯދަ ވީއްލީ ކިހާއިރަކު؟ 8:30 ވެދިޔައިރުވެސް ހަޖަމުނުވާ ކޯޗެއް އޭނަ ކެއީ.؟ ނޭނގޭތީ މިއަހަނީ. އެނގޭ މީހާ ބުނެދީބަލަ.
އެއްޗެއްކެއީކީނޫން. އެއްޗެއްހިއްޕެވީ.. އޮޅުންފިލައިފިކަމަށް ވަކިވެކަން. އީދުމުބާރިކު.
ޥަގުންނަށް އަބަދުވެސް ބޭނުންވާނީ ވައްކަންކުރަން. ޢެހެންނޫނީ ނިދިވެސް ނާންނާނެ.
ޑޮކްޓަރަކަސް ވިޔަސް ތިއޮތީ ދޮގުހަދަން ނޭގިފަ. ކާތާ 3 ގަޑިއިރުން ވާއިރު މައިދަ ހުރަސްކޮށް ހިމަގޮހޮރަސްވެސް އަދިފަލަގޮހޮރަށްވެސް ކާއެއްޗހެހި ދާނެ. އަދި ސަފުން ފަންޏާއި ފެންފަދަ ތަކެތި. 100% މަކަރު ދޮގެއް.
އަހަރެމެން ނަފްރަތުކުރަން. އަހަރެމެންގެ ވެރި އިލާހާއި ނަބިއްޔާއަށް ފުރައްސާރަ ކުރުމާއި ފުރައްސާރަކުރާ މީހުންގެ ދިފާއުގައި ވަކާލާތުކުރާ މީހުންނަކީ އަހަރެމެން ހިތުގައި ލޯތްބެއް ގަދަރެއް އޮންނާނެ މީހުންނެއްނޫން. އެއީ. ފާސިގު ޖާހިލުންގެ ލޯބި ލިބޭނެ މީހުން. މުސްލިމުން އެފަދަ މީހުންދެކެ ލޯތްބެއްނުވާނެ.
އެހެންވެ ކަލޭގެ ޓިމުން ކުރިކަމެއްތަ މިއީ؟
އެއީ ﷲއިރާދަފުޅުން ވީކަމެއް! ތިގޮންޖެހެނީ އެކަލާނގެ ނިޔާފުޅަށް! ނިކަމެތި އިންސާނަކަށް މިއަދު އެކަލާނގެ ނިޔާފުޅާ ދެކޮޅަށް އެއްވެސްކަމެއް ނުކުރެވޭނެ
މިހާރު މިދައްކަނީ ގޮހޮރުގެ ވާހަކާ.
ﷲއާއި އެކަލާނގެ ރަސޫލާއަށް ޖޯކުޖަހާ، ދީނަށް ފުރައްސާރަކުރާ މީހުންނަށް ނަފްރަތުނުކުރާ މީހަކީ ﷲގެ އަދުއްވެއް
އެގޮތިގައި މަރުވެއްޖެނަމަ އެމީހަކަށް އޮތް ވޭންދެނިވި ޢަޒާބުގެ ވާހަކައަކީ މީހަކު ލިޔެގެން ހަދަހަދައިގެން ދައްކާ ވާހަކައެެއްނޫން! އެކަން ﷲގެ ފޮތުގައި އެތައްފަހަރަކު ތަކުރާރުކޮށް އައިސްފައިވޭ!
ބިރުވެތިވޭ!!!
ދެން އެހެންވީމާ ތިޔަ ޑޮކްޓަރު އެވީގޮތް ރައްޔިތުންނަށް ކިޔައޮދޭންވީނު...... އެންމެ އެނގި ބޮޑުވެފަ ހުރި އާދަމުގެ ދަރިއެއް މީ.... ހާދަ އިނގެޔޭ ހާދަ އިނގެޔޭ.... އަނއތަރީސް...
އަހަނއނަށް މިކަމުންވެސް ދޭހަވީ ރޯދައިގެ މަތިވެރިކަން... ރާއްޖެ އިސްލާމީ ގައުމަކަށް ވީކަން އެއި ހަމަ އަހަރެމެންނަށް ދެއްވީ ނިއުމަތެއް.... އަލްހަމްދުލިﷲ
ތި ޑރ. ސިޔާސީ މީހުންނޭ ކިޔައިން ކިޔާ ވާހަކަ ތަކައް ސަލާމް
ރޭގަންޑު 8 ޖަހާ ބުޑުވާއިރުވެސް ރޯދަ ނުވީއްލވާ ހުނެވީތޯ
އްލް ހަމްދު ލިއްލާހި
"ރޯދަ މަހަ ދިމާވީމަ"؟ ރޯދައަށް ހުންނާތީއެއްނޫން؟ ރޭގަނދުވެސް ގޮހޮތު އޮންނަނީބހުސްކޮށްތަ؟ މުސްލިމް ﷲޮކްޓަރުންތަ ތިވާހަކަ ދައްކަނީ؟ ވަރަށް ކޮނޓްރޮވަރޝަލް!!!
ރޭގަނޑުވެސް ރޯދައަށް ރޯދަ ނިވެސް ވީޢްލާ ދެއްތޯ
ނަސީދު ރޯދަ ހިފާތަ ތީ އެހެންވިއްޔާ 7 އަޖައިބު ތެރެއިން އަޖައިބެތް
މީ އަދި މާރަގަޅު ކަމެއް ނޫން. މައުރިބްނަމާދު ގަދި ޖެހުމުން ގައިމު ރޯދަ ވީއްލާނެ ދެއްތޯ. އަދި އެންމެ ނިކަމެތި މިހާވެސް އެގަޑީގައި ފުދޭ ވަރަކަށް ކައިހަދާނެ. އަނެއްކާ އަންނި ފަރީކުލުއްވުމާ އެކު ފާހާނާ ފުޅު ކުރެްވިއަސް ހަޖަމު ނުވާނެ ދެއްތޯ. ޑޮކްޓަރު ހީ ކުރެއްވީ އެއީދުވަލުގެ ވަގުތެއް ކަމަށް. މާ ގަދަ ވާހަކަެއް ބުނަންވެގެން އުޅުއްވުނު ގޮތަކަށް ވާނީ.
ކަދުރު އޮށަކާ. ފެން ތައްޓަކުން ރޯދަ ވިއލީ. ސުންނަތއް ލޯބި ކުރާ ބޭފުޅއް އެއީ.
ކަންހިގީ ރޭގަނޑު ރޯދަ އަށް ހުންނަވަނީ ދުވާލު. އެދުވަހު ނަޝީދު ރޯދަ ނުވީއްލަނީތޯ.
އަނެއްކާ އެމަނިކުފާނުގެ ގޮހޮރު ގޭގައި ބާއްވާފަ ތޯ ނިކުމެ ވަޑައިގެންނެވީ.
ޙިސާބައްވު ރެ ގަމާ ރުވީމަ ދައްކާވާހަކަ ފަހުމެއްނުވާނެ.ގަމާ ރުންނަށް އެގޭނީ ވައްކަންކުރަން
ވަގެއް ކަމަށް ބުނާމީހާއަށް ގިޔާމަތް ދުވަހުން އޭނާގެ ކިބައިން މިއަޅާ ބަދަލަށް އެދެން. ﷲ އީ ހިސާބު ބެއްލެވުމުގައި އެންމެ އިތުރު މޮޅަށް ހިސާބު ބައްލަވާ އިލާހު.
ޖަލުގަ ބާއްވައިގެން މައުމޫނު ފުޅިތޮށި ކާން ދީގެން ކުރިންވެސް ފޫގޮއްސައޭ އޭނަ ކިޔާ އުޅުނު. އަނެއްކާ ފޫ ދިޔައީ؟ މައިބަދަ އޯކޭތަ އަނެއްކާ!
ކޮމެންޓް ކުރުމުގެ ކުރިން ލިޔުން ކިޔުއްވަވާ އިންގޭތޯ! އޭގައި އެބުނަނީ ރޯދަމަހައް ދިމާކޮށް ގޮހޮރުގެ ބޮޑުބައި ހުސް އައް އިނަވާހަކަ އެއްކޮއް ހުސް ވާހަކަ އެއް ނޫން.
ޝުކުރިއްޔާ.
ރޯދަ މަހެއް އައުމަކުން ވާނެ ކަމެއް ނޯންނާނެ. ﷲ އަށް އީމާންވާ މީހުން ރޯދަ ހިފާނީ. ރޯދަ ހިފާމީހުންގެ ގޮހޮރު ދުވާލު ހުސްކޮށް އޮންނާނީ. ރޭގަނޑު ކައި ބޮއެހެދީމަ ގޮހޮރު ހުހެއް ނުވާނެ. ގޮހޮރު ފޫގޮސް އޮވެއްޖެނަމަ ފައިބައިގެން ހިނގައިދާނެ.
ކީއްކުރާނީ މީހެއްދެކެ ނަފްރަތު ކުރިޔަސް ، ފައިގެން ބޮޑުވާ އިނގިލިން ނުވިސްނާނަމަ ކިހާ ރަނގަޅު
ބަލަގަ އޭނަ ރޯދަވީއްލައިން ހެސްކިޔާހަ އިން ހުރީ ހަމަ މަރު ނުވާން ހުރީމަ ނުވީ ރޯދަ ހިފާތަ މީހުން ރޭގަނޑު؟ ހުސް ދޮގު ތިޔައީ
ތި ކަލޭގެ ރޯދަ ހިފާނެ ތަ
ކޮމަންޓް ކުރާމީހުންނަށް ވަރަށް ސަލާމް🤭
ސިޔާސީ ޑޮކްޓަރުން .. ހަމަ ހެވެނީ ގޮހޮރު ހުސްކޮން އޮތުމުން..
ސައިންސް ކިޔަވަން ފެނޭ
ތިހާ މޮޅު ޑޮކްޓަރުންގެ ޓީމެއް ތިޔަ ހޮސްޕިޓަލްގައި އޮވެމެ މާބަޑު ސިޒޭރިން ހެދި ކުއްޖާ ނިޔާވެ ދިޔައީ ކީއްވެތޯ، ތިހާ ފަރުވާތެރި ނުވެވުނީ ކީއްވެބާ ؟ އިންސާނުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް އެންމެ މަތީދަރަޖައިގައި ކުރެވެންވާނެ !
މީހަކަށް ހަމްދަރުދީވުމުގެ ނަން ހޯދަންހިތާވެސް ވާހަކަދެއްކުމުގައި ހައްދުފަހަނައަޅާ ނުދާށެވެ. ކަންކަން ސާފްވާދުވަހަކުން ކަކުކުލުގެތިރިޔަށް ސޯޓު ފޭބީމާ މަންޒަރު ރީއްޗެއް ނުވާނެއެވެ.
ޢަންނިގެ ބަނޑުން ފަލަގޮހޮރަށް ކާއެއްޗެހި ދަނީ ރޭގަނޑު 8:30ގެ ފަހުން. ކުޑައިރުކޮޅެއް ލަސްވިނަމަ ކާއެއްޗެހި ހުންނާނީ ފަލަގޮހޮރުގަ.
ޑރ. ނިޔާފު ކިތަންމެ މޮޅުވެފަ ތިހެން ބުންޏަސް ﷲ ގެ އިރާދަފުޅުންނޫން އެެއްވެސް ސަބަބެއް އޮވެގެނެއްނޫން ތި މުނާފިގު ކަލޭގެ ސަލާމަތްވީ
އިންސާނާ ކާތަކެތި ކުޑަގޮހޮރާ ހިސާބަށް ވެސް ދަނީ 6 ނުވަތަ 8 ގަޑިއިރުތެރޭގައި އިނގޭތޯ. ވީމާ އެމަނިކުފާނު ރޯދަވީއްލެވިޔަސް ތަކެތި ބޮޑު ގޮހޮރަށް ވާސިލްވާހާ ވަގުތެއް އޭރު ނުވާނެ. އެމަނިކުފާނަށް ނަފުރަތު ކުރިޔަސް ތީ ބޮޑުވަރު 🙏
ޙަޖަމް ކުރުމުގެ ނިޒާމު ބެހިގެންވަނީ 3 ބަޔަކަށް
1_ ބަނޑު
2- ކުޑަގޮހޮރު
3- ބޮޑުގޮހޮރު
މިގޮތުން ބޮޑުގޮހޮރުން ކުޑަގޮހޮރަށް ކާއެއްޗެއް މަޑުމަޑުން ގޮސް ނުމުމަށް 6-8 ގަޑިއިރު ހޭދަވޭ. ވީމާ ރޯދަ ވީއްލާ ހިސާބުން ގޮހޮރުގެ ފުލަށް އެއްޗެއް ދާނަމަ އެންމެން ފާހާނާއިން ނާރާނެތާ. ކޮމެންޓުކުރާ ކުދިން ސައިންސް ވެސް ކިޔަވަން ފެނޭ
ﷲގެ ކުޅަދުންވަންތަކައް ތީގެންވެސް އިގެނީ ރޯދައިގެމަތިވެރިކަން ގިނަމީހުންނަކީ ރޯދަވީއްލާވަގުތު ބަދުފުރެންދެންކާބައެއްނޫން އެހެންވީމަ ނަސީދުވެސް ރޯދަވީއްލިގޮތައް އެއްޗެއް ނުކައި ހުރުންމަކީ ހަމަނަސީބު ތިކަމުގެސަބަބުންވެސް ﷲ ގެ އިރާދަފުޅުން ނަސީދު އެބުރި އައިސް އިސްލާމްދީނައްޓަކާ ގިނަގުނަ މަސައްކަތްތަކެއްކުރުންވެސް އެކަށީގެންވޭ ބޭރުގެ ލާދީނީ ޖަމާއަތްތަކާދުރުވެ ގައުމުގރ އިސްތިގުލާލު ހިމާޔަތްކުރަން ކަމަރުބަދެ ނުކުތުންވެސް ގާތް...
ކޮންމެކަމެއްވާއިރަށް ވަގުންނޭ ކިއައިގެން އަނގަހޭވޭތީ މަށައްމިހެވެނީ ނަސީދުބުނީ މިއަކީވައްކަން ކުރާސަރުކާރޭ އެކަލޭގެ އެ ދަށްކާވާހަކަ ކަލޭމެނަށްރަނގަޅުދޯ؟ 24ގަޑިއިރުން 1ގަޑިއިރުވެސް ނޭގެ އެކަލޭގެ ހަމައިގަ ހުންނަ ކަމެށް
ކޮމެންޓްސް ތައް ވަރަށް ހަބޭސް. ހުރިހާ ބޭފުޅުންނަށްވެސް ހެޔޮ ރަޚުމަތް ލައްވާށި. އާމީން....
"މައިދާ" އަކީ ސްޓޮމަކް! މައިދާ ފޫދިޔާމަ ހުހަށް ހުރިކަމުގައިވިޔަސް ހައިޑްރޯ ކުލޮރިކް އެސިޑް އެޅި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ގެއްލުންވާނެ! ދޮގުހަދައިފަ އެއޮތި!
ރޯދަވެސް ނުވީއްލަނީ ހެންހީވަނީ
ތިއެއްނޫނޭ އަންނިގަދަވެގެން ފުރަތަމަ ކުރާނެކަމަކީ އޭނައައް ހަމަލަދިން މީހުންނައް މައާފު ކުރުން އެއީ މީހުންގެކުރިމަތީގަ ހިތްތިރިމީހަކައް ވާން އޭނައައް އެގޭނެ ދައުލަތުން އެމީހުންނައް ހައްގު އަދަބުދޭނެކަން އިދުރީހު ބުނީތީވެސް ބަލާތި !!!
ޙަޖަމުކުރުމުގެ ނިޒާމް ބެހިގެން ވަނީ 3 ބަޔަށް
1 ސްޓޮމަކް (ބަނޑު)
2- ސްމޯލް އިނޓެސްޓައިން (ކުޑަގޮހޮރު)
3 ލާޖް އިންޓެސްޓައިން (ބޮޑު ގޮހޮރު)
ބަނޑުން ކުޑަގޮހޮރާއި ހަމައަށް ކާއެއްޗިހި ގޮސް ނިމުމަށް 6-8 ގަޑި އިރު ހޭދަވާނެ
ޥީއިރު ރޯދައަށް ހުރެފަ ރޯދަ ވީއްލާ މީހާ ކާއެއްޗެއް ކާތަނުން ވަގުތުން ހަޖަމް ކުރުމުގެ ނިޒާމު ފުރައެއް ނުލާނެ.
އޭގަ އިނީ ބޮނޑު ހުސްކޮށް ހުރި ވާހަކަ. އެއްކޮށް ހުހެކޭ ނެށް
ބޮން ގޮއްވި ހަބަރަށް ވުރެ މާ އަޖައިބު ކުރަނެވި ހަބަރެއް ތިއީ... އަންނި ރޯދަވެސް ހިފާތަ ؟؟؟