މި ހިނގާ މޭއި މަހުގެ ހަ ވަނަ ދުވަހު ނީލޯފަރު މަގުގެ މަޖީދީ މަގާއި ވީ ކޮޅުގެ ސަރަހައްދުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޭނުން ކުރި ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން މަސައްކަތް ކޮށްފައިވާ ކަން ފުލުހުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެ ސައިކަލުގެ އިންޖީނު ނަންބަރު ފޮހުމަށް މަސައްކަތް ކޮށްފައިވީ ނަމަވެސް، ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓްގެ މަސައްކަތުން އެ ނަންބަރު ހޯދިފައިވާ ކަމަށެވެ. އޭނާ ވަނީ ގޮއްވާލާފައިވާ ސައިކަލުގެ ރެޖިސްޓްރީ ނަންބަރަކީ ވެސް ސައްހަ ނަންބަރެއް ނޫން ކަން ފާހަގަކުރައްވާފައެވެ.
ފުލުހުން ވަނީ މިއަދު ރައީސް ނަޝީދަށް ދިން ހަމަލާގެ ވީޑިއޯ ވެސް އާއްމުކޮށްފައެވެ. އެ ހާދިސާގެ ވީޑިއޯ އިން އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ބައެއް އާއްމުން ވެސް ތިބި މަންޒަރު ފެނިގެންދާއިރު، އެ ފަރާތްތަކުގެ އެހީތެރިކަން ފުލުހުންނަށް ބޭނުންވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން މިއަދު އާންމު ކުރި ވީޑީއޯ ފުޓޭޖުން ފެނިގެން ދަނީ ރައީސް ނަޝީދު ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރާ ވަޑައިގަތުމަށް ހިންގަވާފައި ގޮސް މަޖީދީ މަގާއި ނީލޯފަރު ގުޅޭ ކަންމައްޗާ ހިސާބުން އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލާއި އަރާ ހަމަވި ވަގުތު ގޮއްވާލާ މަންޒަރެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ މިއަދު ހާމަކޮށްފައެވެ. މިއަދު ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އަހަރާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށާއި ތަހުމީން އަހުމަދަކީ ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތިކަން ގަބޫލު ނުކުރާނަން!!އިންޖީންނަންބަރު ކައިރީގައި ތިހާ މޮޅަަށް ކަހާފައި ނަންބަރު އިންތަން ރީތިކޮއް ނުބައިދާނެ!!ތީ ހަމަ ފްރޭމް އެއް
ޥަގުން ވައްކަންކޮއްފަވެސް ބުނާނެ ނުކުޜަމޭ
ތިކަހަލަ ގަމާ ރު ރޯނުއެދު ރުން ނާއި ވަގުންގިނަވެގެން މިގައުމު ހަލާކުވަނީ.
ދެރަވޭ އޭނާ ސަލާމަތްވީމަ.
ބޮޑެތިޥަގުންގެ އަތްނުކަނޑާތީވެސް ދެރަވޭ.
ރާއްޖޭގެ ފުލުހުންނަކަށް ތިބަޔަކުނުހޯދޭނެ ހޯދޭނެނަމަ އަފުރާސީމު މަރާލިގާތިލުންހޯދުނީސް. ކަލޭމެން އެންމެފަހުން ހަށްޔަރުކުރާނީ ކަމާނުބެހޭ މީހުން .
ލޮލް..