އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރެމެއް ނެތި ހެލްތްް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެެވެ.

އެގޮތުން އެޗްޕީއޭ އިން ވަނީ ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލަން އަންގާފައެވެ. އަދި ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުން ހުއްޓައިލަން އަންގާފައި ވެއެވެ.

އެޗްޕީއޭ އިން މިގޮތަށް އެންގީ މީގެ އިރުކޮޅެއް ކުރިންނެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު އެންގުމެއްގައި ވަނީ މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަން ހާމަކޮށްފައެެވެ.

އެޗްޕީއޭ އިން މިގޮތަށް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދަނީ ކޮވިޑްގެ އާ ވައްތަރެއް ކަމަށް ރާއްޖޭގެ ބައެއް ސިއްހީ މާހިރުން ގަބޫލުކުރައްވައެވެ.

ރާއްޖޭގައި ނުރައްކާ ވައްތަރެއްގެ ކޮވިޑް ފެތުރެން ފެށީ އިންޑިއާ ފަތުރުވެރިން ރާއްޖެ ގެންނާތީކަމަށް ބުނާ އަޑުތަކެއް ވަނީ ގަދަވެފައެވެ. އެއީ އިންޑިއާގައިވެސް މިހާރު ނުރައްކާ މިންވަރަކަށް ކޮވިޑް ފަތުރެމުންދާތީ އެވެ. އެހެން ނަމަވެސް އަދިވެސް އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮށްފައެއް ނުވެއެވެ. ހަމައެކަނި ކުރިން މަނާ ކޮށްފައި ވަނީ އިންޑިއާގެ ފަތުރުވެރިން ރާއްޖެ ތެރޭގެ ރަށްތަކަށް ގޮސް ނޫޅެމަށެވެ.

މިއަދު އެޗްޕީއޭ އިން ގެނައި ބަދަލާއެކު އިންޑިއާއަށް ނިސްބަތްވާ ވާރކްޕާރމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުން މަނާ ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙައްގުބަސް

    އިންޑިޔާ އައުޓް!! އިންޔާއައުޓް!!

    52
  2. ހުސެން

    ކީއްވެ މަނާ ނުކުރަނީ ؟

    45
    • Anonymous

      މައުސޫމު ލާރިއަށް ބަނޑުކެނޑިގެން. ދިވެހިން މަރާ ހުސްކުރަން. އިންޑިޔާއަށް ބަސްނުކިޔޭތީ. މީ ހައްތަހާވެސް ރީޒަންސް.

      23
    • Anonymous

      މައުސޫމުގެ މައްޗަށްދައުވާކުރާނަން. ލާހިކެއްނޫން ޖަލުން ސަލާމަތްވާކަށް. ގަސްދުގައި ދިވެހިން މަރަން ކުރާކަމެއްތީ.

      21
  3. ބޭބެ

    އިންޑިޔާ މީހުން އައުން މަނާ ނުކުރާނެ!! މިގައުމު ހިންގަނީ މިރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސީން!! މިގައުމުވަނީ އެމީހުންގެ އަޅުވެތިކަމެއްގެތެރޭ މިހާރު!! މިރާއްޖެގައި ވެރިއަކަށް ހުރީ އެއްވެސް ތަނެއްދޮރެއް އެނގޭ މީހެކޭ ނުބުނެވޭނެ!! އޭނާގެ ވަށައިގެން ތިބި މީހުންވަނީ އިންޑިޔާއިން ގަނެލާފަ!! އޭގެތެރޭ ޝާހިދު ހިމެނޭ އޭނާދަނީ ވިކިގެންހުރެ އދ ގެ ގޮނޑިއަށްލިބޭތޯ އިންޑިޔާގެ އެހީތެރިކަމާއެކު ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ރާއްޖެއިން ބޭރުގައި ކެމްޕޭން ކުރަމުން!! މިއޮތީވާ ވެރިކަމެއް!!

    57
  4. މުމްތާޒު

    އިންޑިއާ މީހުންންނަކީ ދިވެހި ބިމުގަ ދިވެހިން ނަށްވު ރެ ބާ ރުގަދަ ބައެއް.

    19
    1
  5. އަހުމަދު

    މިއީ އިންޑިއާގެ އަޅުވެތި ވެފައިވާ ސަރުކާރެއް.

    23
    1
  6. ގަންނާދު

    މާލޭގަ ކޮރޯނާ މިފެތުރެނީ ގެސްޓުން ފަރާތަކުން ނޫން އަހަރުމެން އުޅޭލެއް ވިޔާނުދާކަމުން އަދިވެސް މީހުންތައް މައިތިރިނުވޭ މަގުތަކާ ފިހާރަތަށް ފުރެންދެން ބޭރުގަ އުޅެނީ

    4
    15
    • Anonymous

      އޭޑީކޭ ބުޑަށް ބޮނޑިޖެހިގެން ނުފެތުރޭ. ދެން ފެތުރޭނެ އެހެން ގޮތްތައް ކިޔާނެ ކަމެއްނެތް. ނާގާބިލް ޖާހިލު ސަރުކާރެއް. ސަރުކާރުގެ ވާގިވެރިންނަކީވެސް އަމިއްލަ އެދުމުން ފޯވެފަ ތިބި ގޯސް ބައެއް. ހިތް ނުބައި. ތިމާ އެދޭކަމަކުން ކޮރޯނާ ނާރާ. ތިމާ ނޭދޭކޮންމެ ކަމަކުން ކޮރޯނާއާ ހެދި ސަލާމަތެއް ނެތް.

  7. Anonymous

    މިއުޅޭ ފޮނި މައުސޫމުގެ މައްޗަށް ގަސްދުގައި މީހުން މެރިކަމުގެ ދައުވާ ކުރެވޭނެ.

    22
  8. ކެމެރޫން

    ނުކުރޭނެ މަނާކުރަން މުޅިގަމު މިއޮތީ އިންޑިޔާއަށް ދަރާފައި ލާހިކައެއްނޫން ކުޅަދާނައެއްނޫން އެކަންކުރަން ލާރި ކޭވަރުން ހުއްޓުވަން ނުކެރޭނެ ބުނަން އެއިރުން އިންޑިޔާ މިބައިގަޑު ބޭޒާރުކުރާނެ އެކަމުގެ ބިރުން ނުހުއްޓުވޭނެ

  9. ގައުމީ ލޯބި

    ވަގުތުން އިންޑިޔާ މީހުން އައުން ހުއްޓުވާ.. ދިވެހީންގެ ސަލާމަތް މާހުހިއްމު ޚާރިޖީ ސިޔާސަތައްވުރެން..

    ހާލަތަށް ބަލައި މިފަދަ ފިޔަވަޅުނޭޅޭނަމަ، މިނިވަންކަން ވެސް ނެތީކަމަށް ބެލެވެނީ.

    އެހެން ގައުމުތަކުންވެސް އިންޑިޔާ މީހުން މަނާކުރޭ.. ކީއްވެ ރާއްޖެއިން އެމީހުންގެ ކަރަންޓީން ފެސިލިޓީއަކަށް މިތަން ހަދަނީ..

    ދިވެހިންގެ ތެރޭ ބަލިފަތުރަން ބޭނުންވަނީ ބާ..؟

    ހެލްތް މިނިސްޓަރާއި، ފޮރިން މިނިސްޓާރު އިސްތިއުފާ..! ނޫނީ އިންޑިޔާ މީހުން އައުން ހުއްޓުވާ!

    މިއީ އިޚްލާސްތެރި ދިވެހިދަރިޔެއްގެ އަޑު.. ގައުމަށް ހެޔޮއެދޭ މީހެއްގެ އެދުން..

  10. ނަގުލު ފިއްތި

    އާ ވޭރިއެންޓް ރާއްޖެއާ ހަމަޔަށް އަންނަން ދެން މަނާނުކުރާނެ

  11. ޢައްޑު

    ކިހާބޮޑުބަލާވެރިކަމެއްމީ. ދުނިޔޭގެ އެހެން ތަންތަނުން ގެރިގައުމު އައުން މަނާކުރީރު މި ނިކަމެތި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް. ގައުމަށް އަރާގަނެގެން ބޮޑު މުސީބާތަކށްވީނު

  12. ސީމާ

    ޢިންޑިޔާ މީހުން ރާއްޖެ އައުން މަނާ ނުކޮއް، ރައްޔިތުން ކައިރީގަ ކޮވިޑް ހުއްޓުވަން އެއްބާރުލުން ދޭށޭ މިކިޔަނީ ކީއްވެ؟އަރަތެއްނު މީދެން😡