ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެ ވަގުތު އަތަމާ ޕެލެސް ކައިރި ހުރި މީހާ ނުފެންނައިރު، އެ މީހާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރި ގޮތުގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ދެ މީހެކެވެ. އެ މީހުންގެ މައުލޫމާތުތައް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން އެކަކަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ކަމަށް ބުނާ ދެމީހުން

އެހެން ނަމަވެސް މައްސަލައިގެ އެންމެ ބޮޑު ސަސްޕެކްޓް ކަމުގައިވާ އަތަމާ ޕެލެސް ކައިރީ ހުރި މީހާ މިހާތަނަށް ހޯދިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހާގެ ފޮޓޯ ފުރަތަމަ ފަހަރަށް ފުލުހުން ވަނީ އާންމުކޮށްފައެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އޮތް މީހަކުވާ ނަމަ ފުލުހަށް ރިޕޯޓް ކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

ބޮން ގޮއްވާލި ކަމަށް ބުނާ މީހާ

މިފަދަ މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުން ވަނީ ޙާއްސަ ޕޯޓަލް އަކާއި ހޮޓްލައިނެއް ވެސް ގާއިމްކޮށްފައެވެ. މި ގޮތުން 9704000 އަށް ގުޅުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދިވަޑައިގެންފައިވެއެވެ.

މި ތަހުގީގުގައި ފުލުހުން މިއަދު ވަނީ ބާ އިންޖީނުގޭ ހުންނަ މަގުގައި ހަރަކާތްތެރިވެފައެވެ. އެ މަގުގައި ހުރި ގެއަކުން ދެ މީހަކު ހައްޔަރުކުރިއިރު، އިތުރު ގެއަކުން ވެސް މިހާކު ހައްޔަރު ކުރިއެވެ. އެކަމަކު މި މައްސަލާގައި ހައްޔަރު ކުރީ ދެ މީހަކު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރަކާއި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވެއެވެ. އަދި އެމެރިކާއިން އެހީތެރިކަން ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމާއި މިހާރު ވާހަކަފުޅު ދެކެވެމުންދާ ކަމަށް އާއިލާއިން މިހާރު ބުނެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ވެސް މަޝްވަރާ ކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢަހޮމަދު

  ކޮބާތޯ މީނަގެ މައިންބަފައިންނާއި ތިމާގެ މީޙޫން އަވަހަށް ކާމާބެހޭފަ ރާތަށް މައުލޫމާތު ހިއްސާކު ރޭ. މިހާ ރުން މިހާ ރާށް.

  14
  14
 2. ނަބާ

  ކީއްވެތަ ބިރުން ފިލަނީ ؟؟ ތިހާ ގަޓްހުރިއްޔާ ނިކަން ޕޮލިހާއި އަމިއްލަ ހަވާލުވާންވީނުން ! ގައިމު ކޮންމެތާކު ފިލާ އޮތަސް ހޯދާނެ!! ދެން މުޅިއުމުރު އޮވޭ “ ޖަލުގަ” ހިސާބަށްވުރެ މޮޔަ ވީމާ ވާނެގޮތް 😡 މިހާރު ސަހަރޯއޭ ހިތަށް އަރާނެ ؟!!

 3. ވަސް

  އަތަމާޕެލެސް ތެރޭ އެމީހާ ހުރިހުރުމާއި އަދި ދުއްވައިގަތުމާއި އެއީ އޭނާ އެކަމުގަ ކުއްވެރިކުރުވާ ކަންކަމެއް ނޫން. އެތާގަ އެވަގުތު ހުރިމީހަކައް އެހާ ގަދަ އަޑުފަތްގަނޑެއް އިވުމުން އެންމެ ފުރަތަމަ އަންނާނެ ރިއެކްޝަނަކީ ދުއްވައިގަތުންނޫންތޯ. އެއީ ކޮންމެ މީހަކައްވެސް ބިރުވެރިކަން އިހުސާސްވުމުން ކުރެވިދާނެ ކަމެއް. އޭގެމާނައަކީ އޭނާއަކީ އަދި އެއަމަލު ހިންގިމީހާކަމުގައި ވުން ލާޒިމްވުމެކޭނޫނެވެ. މިފަދަ އަމަލުތައް ހިންގާމީހުން މިފަދަ ހާލަތްތަކުގައި މާ މަޑުމައިތިރިވެފައި ބޯބޮޑުކޮއް ސަސްޕިޝަސް ނޫންކޮއް އުޅޭނަކަމައް ފެންނަނީ. ވީމާ ތިމީހާއަކީ އަދި މިކަމުގެ އަމަލު ހިންގިމީހާއޭ އެއްވެސް ގޮތަކައް ނުބުނެވޭނެ. އެވަރުގެ ހެއްކެތް އަދި ނުފެނޭނޫންތޯ.

 4. ބުރާންތިސް

  އަހަރެން މިވަގުތު މާލޭގައި ހުރިނަމަ ފަހަރަކު ގެއްކަށްވަދެވެސް ތި ޖނވރ ހޯދައި ނެރޭނަން.

  3
  5
  • ކިޔުން ތެރިޔާ

   މާލެ ގަ ނެތަސް ހޯދަބަލަ

   2
   1
 5. ޑައެލޯގް

  ޔާމީނުގެ ގޮއްވާލަންބުނިމީހާ ގައިމުފެނެއެއްނު އެކީއްވެ އޭނާ ބަންދުނުކުރަނީ، އެނުވޭދޯ ޓެރަރިސްޓަކަށް ކަލޭމެނަށް ސަޕޯޓުކުރާމީހެއްވީމަ