ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ފުލުހުންގެ ޓީމެއް މިއަދު ރާއްޖެ އައިސް އަމަލީ މަސައްކަތް ފައްޓަވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފްް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމު ރާއްޖެ އައިސް، މިއަދު 11:00 އިން ފެށިގެން އެބޭފުޅުންނާއި އެކީ ތަހުޤީޤަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިއަދު ހެނދުނު 11:00 އިން ފެށިގެން މިހާރު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ސީނިއަރ އޮފިސަރުންގެ ޓީމެއް އަޅުގަނޑުމެންގެ ތަހުޤީޤު ޓިމާއި ގުޅި، އަމަލީ ގޮތުން މިތަހުޤީޤުގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ" މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިއަދުގެ މެންދުރުގެ ވަގުތެއްގައި އިނގިރޭސި ސަރުކާރުން ތަހީޤީޤަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންޑަންގެ މެޓްރޮޕޮލިޓަން ޕޮލިސްގެ ކައުންޓަރ ޓެރެރިޒަމް ކޮމާންޑުގެ އިސް އޮފިސަރަކު މާދަމާގެ ވަގުތެއްގައި ރާއްޖެ ފޮނުވުމަށް ހަމަ ޖައްސާދީފައިވާ ކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ވީޑިއޯއެއް ފުލުހުން މިހާރު އާންމު ކޮށްފައިވާއިރު، މި ހާދިސާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ފާހަގަ ކުރެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިހާތަނަށް ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެ ވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވައިގަތް ވަގުތު އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑުދަށުން އެއްޗެއް ގޮއްވާލައިގެންނެވެ.

މިހާދިސާގައި ނަޝީދަށް ލިބުނު ޒަހަމްތަކަށް މިވަގުތު އޭޑީކޭގައި ވަނީ ފަރުވާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުން

    ތިކަން ރަނގަޅަށް ބަލަ އަނިޔާ ދިންމީހުން ހިފާ ހައްޔުކޮށް މުޅިނެޓްވޯކް ހޯދާ ފިޔަވަޅު އަޅަންވާނެ.

  2. ނަައީމް

    ކޮބާ ހީވޭ އައްނި އަދި މާރިޔާވެސް ދިވެހިފުލުހުންނާއި ސިފައިންގެ އަގެއްނެތްކަން ދުނިޔެއައް ބޭޒާރު ކޮއްފި

    2
    1
  3. Anonymous

    ޢެކަމެއް ނިމޭނީ އެކަން ހިނގާ ދިޔަގޮަތައް

    3
    1
  4. ކަރަންޓީނު

    ތިޔަދެން އަތުވީ ކަންކުރި މީހާ… އިންޑިއާގެ ކުރައިމް ބުރާންޗް ވެސް ގެނެބަލަ މިތަނައް

  5. ކޮވިޑު 21

    މި މީހުން މީ ކޮވިޑު ފުރީ ބައެއްދޯ.. ހާއްސަ ހުއްދައާއި އެއްޗެހި ދީގެން މި ސަރުކާރުން ބަލިފެތުރަނީ

    2
    1
  6. ޑައެލޯގް

    އަނެއްކާ ވައްކަންކުރާނެގޮތެއްހޯދީދޯ ދެންތިޔަމީހުް ބަހައްޓާތަނާ އެމީހުނަށްދިޔަ ޚަރަދޭކިޔާފަ އެތައްފައިސާއެއް ދައުލަތުގެމާލިއްޔަތުންނަގާނީއެވެ. އެކަމު ސީޕީ ހަމީދު ފޮނިކަޑާނެ ވާނެއޭ. ނުވިޔެއްނު

    3
    1