ފުލުހުން މައްސަލަތަކުގައި މީހުން ހައްޔަރުކުރަނީ ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށާއި، ނަމެއްގައި އެއްވެސް ބަޔަކު ހައްޔަރު ނުކުރާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި މީހަކު ހައްޔަރުކުރަން ލަސްތަކެއްވީ ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދިފާއު ކޮށްފިއެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން 24 ގަޑިއިރަށްވުރެ ގިނައިރު ފަހުން މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ އެކަމާއި ގުޅުން އޮތް ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފައެވެ. މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ މީހުންގެ ވަނަވަރުވެސް ވަނީ ހަމަކޮށްފައެވެ. އަދި އިތުރު މީހަކު ހޯދަން އެ މީހާގެ ފޮޓޯ ހާމަކޮށް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.
މި މީހުން ހައްޔަރުކުރުމުގައި ލަސްތަކެއް ވީތޯ އާ އަދި އޭގެ ސަބަބުން ހެކި ނައްތާލަން އެއްވެސް ފުރުސަތެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭތޯ "ވަގުތު" އިން ސުވާލުކުރުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ހަމަލާ ދިން ވަގުތުން ފެށިގެން މި މައްސަލަ ބަލަން ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލެވި މި ވަގުތު އެ އިދާރާއިން ތަހުގީގުކުރާ އެންމެ މުހިއްމު މައްސަލަ އަކީ މި މަހުގެ ހަވަނަ ދުވަހުގެރޭ "ބޮން ގޮއްވާލި" މައްސަލަ ކަމަށެވެ.
ސީޕީ ވިދާޅުވީ، މި ތަހުގީގަށް ފުލުހުންގެ ހުރި އެންމެ މަތީ ގާބިލުކަން ބޭނުންކުރަމުން ގެންދާ ކަމަށެވެ. ވަކިން ހާއްސަކޮށް މި ފަހުން ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު ކޯޓު ކޯޓު އަމުރަކާއި ނުލައި ހައްޔަރުކުރަން ޖެހިއްޖެ ހާލަތެއްގައިވެސް އެކަންވެސް ފުލުހުން ކުރާނެ ކަމަށް ވިދާޅުވިއެވެ.
"މީގައި އެއްވެސް ސަސްޕެކްޓެއް އެއްވެސް ޕާސަން އޮފް އިންޓްރްސްޓްއަކަށް، ހައްޔަރާއި ހަމަޔަށް އަޅުގަނޑުމެންދާނީ ކޮންމެވެސް ވަރެއްގެ ތްރެޝް ހޯލްޑެއްގެ މައުލޫމާތު ފެކްޓްސް އެވިޑެންސް އަޅުގަނޑުމެންނަށް ލިބިގެން" ސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ހައްޔަރުގައި ތިބި މީހުން ހަމަލާ ދިން ވަގުތު ހައްޔަރު ނުކުރެވިދާނެއެވެ. އެކަމަކު މީހަކު ހައްޔަރުކުރަނީ ތަހުގީގު ތެރެއިން ހައްޔަރުކުރާ ހިސާބަށް ދިޔާމަ ކަމަށާއި މިފަދަ މައްސަލަތަކުގައި އަވަސް އަރުވައިލުމަކީ ފުލުހުން އަމަލުކުރާނެ ގޮތެއް ނޫން ކަމަށެވެ. އަދި މިއީ އެތައް ރައްޔިތުންގެ ސަމާލުކަމެއް އޮތް ކަމަކަށްވާތީވެ ހައްޔަރުކުރާ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އިޖުރާތްތަކާ އެކު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ބަޔަކު ނަމަކަށް ހައްޔަރުކުރާކަށް ހައްޔަރެއް ނުކުރާނެ. ހައްޔަރު ކުރެވޭ ފަރާތްތަކަކީ ހަމަލާޔާ ގުޅުމެއް ހުރިތޯ އަޅުގަނޑުމެންނަށް ކަންތައްތައް ބެލުމަށް ފަހުގައި. އަޅުގަނޑުމެން ކަނޑައަޅާ ތްރެޝް ހޯލްޑެއްގެ ތެރެއިން މިކަންކަން ކުރިޔަށް ގެންދާނީ. އެ ޔަގީންކަން އަރުވަން" ސީޕީ ވިދާޅުވިއެވެ.
މިކަމުގައި ބައިވެރިވި ބަޔަކު ފިލައިގެން ރާއްޖެދޫކޮށް ހިނގައިދާނެތޯ "ވަގުތު" އިން ސުވާލުކުރުމުން ސީޕީ ވިދާޅުވީ، މިފަދަ ތަހުގީގެއް ފުލުހުން ހިންގަނީ އަލަކަށް ނޫން ކަމަށާއި، ފިލައިގެން ދިޔުމުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.
"ތަހުގީގަށް ފިލައިގެންދާނެ ކަމަށް ބަލާފައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން" ސީޕީ ވިދާޅުވިއެވެ.
ބޮންގޮއްވާލުމުގައި ފުލުހުންނަށް ފާހަގަވި ހަތަރު މީހުންނަށްވުރެ އިތުރު މީހުން ތިބެދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ރައީށް ނަޝީދަށް ލިބުނު ހަމަލާގައި އެމަނިކުފާނަށް ސީރިޔަސް އަނިޔާތަކެއް ލިބިވަޑައިގަތެވެ. ގިނަ ސާޖަރީތަކަކަށް ފަހު ނަޝީދު ވަނީ މިއަދު ވެންޓިލޭޓަރުން ނަގާފައެވެ. އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ނަޝީދަށް ފަރުވާދެއްވި ޑޮކްޓަރުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.
ތިގޮތަށް ހުރިހާ ތަހުްޤީޤެއް ކުރާނަމަ ކިހާ ރަނގަޅު
ސިޔާސީ މީހުންނަށް ވަކިގޮތަކަށް. ދެރަ ނިކަމެތި މީހާގެ ވަކިގޮތަކަށް
އިސްލާމްދީނަށް ފާޅުގައި ފުރަށްސާރަކޮށް ޤައުމުގެ ސަލާމަތަށް ނުރަށްކާކޮށްފަ ފިލާގެން ދިޔަމީހުން މިހާރު ޒިންމާދާރު މަގާމުތަކުގައިމިތިބީ. މީ ރާއްޖޭގެ ކޯޓުތަކާ އަދި ދިވެހި ޤައުމު ހުރިހާ ނުރަށްކަލަކުން ސަލާމަތްކުރުމަށް ﷲ ގަންދީހުވާކޮށްގެން ތިބި މީހުންގެ ފެއިލްވެފައިވާ މިންވަރު މިފެއްނަނީ.
މިފެންނަނީ މިގައުމުގަ އުޅޭ ކޮވިޑަށްވުރެ ނުރަށްކާ ބައިގަނޑެއްގެ ބަލާވެރިކަން
މިއަށްވުރެ ކަންނެތް ފުލުހުން އުޅޭ ޤައުމެއް މުޅި ދުނިޔޭގަވެސް ނޯންނާނެ. މިމީހުންނަށް ހޭލެވޭނީ ސިޔާސީ މީހަކަށް ކަމެއްވެއްޖެއްޔާ
ކޮބާހޭ ރައީސްޔާމީނަށް ދިންހަމަލާގެ މޭސްތިރިން ބަލަކަލޭމެން އެކަނިތަ މިގައުމުގަ އުޅެންވީ ..
އެހެންވިއްޔާ ކުރީގައި މީހުން މަރައިގެން ކުރި ތަހުގީގުތަކަކީ ނަމެއްގައި ކުރި ތަހުގީގުތައްތާ ދޯ!
ކުރީގަ ހަވާލު ނުޔަސް ގިނަ ބަޔަކަށް އެނގޭ އެކަން.
މިތާ ރަނގަޅު ތަހުގީގެއް ހިންގައިގެން ނޭގެގެ ބޮޑުކުށެއް ނުކުރެވޭނެ. ވޭތުވެދިޔަ މަރުތަކުގެ ހަޤީގައިވެސް ހަމަ ކަލޭމެންނަށް އެނގޭނެ.
މިހާރު މިރާއްޖޭގެ ހުރިހާކަމެއް تحقيق ކޮށް ބަލައި ހަދާތަނަކީعزة ތެރި مجلس ކަން ޕީ. ސީ. حميد އަށް އެނގި ވަޑައިގެންފައި ނެތުމަކީ ދެރަކަމެއް! 😏😉
"ނަމެއްގައި ކުރާ ތަހުގީގެއް ނޫން، ބަޔަކު ފިލައިގެން ނުދާނެކަން ޔަގީންކުރަން : ސީޕީ" މީގެ މާނައަކީ މީގެކުރިން ކޮށްފަވަނީ މުޅިންވެސް ނަމެއްގަ ކޮށްފަވާ ތަޙުޤީގިތައްކަމަށް ދެއްތޯ
މަނިކުފާނު 2 ފަހަރު ފެއިލް މިވީ. 12، 13 ވެސް އެއީ މަނިކުފާނުގެ ފެއިލިޔާއެއް. ދެން އިސްތިއުފާ ދެއްވާ ރައްޔިތުން ގެ ނަފުރަތު އިތުރު ނުކުރަށްވާ.
"ވަގުތު" އިން ސުވާލުކުރުމުން ސީޕީ ވިދާޅުވީ، މިފަދަ ތަހުގީގެއް ފުލުހުން ހިންގަނީ އަލަކަށް ނޫން ކަމަށާއި، އެކަމަކު މިހާރުގެ ސީޕީ ނޫންތޯ ފެބުރުވަރީ ހަތެއްގަ ވެރިކަންވެޓްނުއިރު އިންޓެލިޖެންސް ބޮޑަކަހުރީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓް ހަމަލާދިންއިރު އެއައްވުރެމަތީ މަގާމެގައްނޫންތޯތިހުންނެވީ އަދިވެސްފެއިލްވީކަމަގަބޫލްނުކުރެވެނީތޯ ؟
ނިކަމެތި ރައްޔިތުންނާ ގުޅުންހުންނަ
ތަހުޤީގު ނަމަކަށް ކޮށްލަނީ ދޯ
ކަލޭމެން ބޭނުންވާ ތަހުގީގުއެކަނި ކުރަނީ ކޮބާ ދީނަށްފުރްއަސާރަކުރިމީހުންނާއި ސަފާރީ ރޭޕްގެ ތަހުގީގު
ފޮނިވެސްކަނޑަންދަނެޔޭދޯ ؟؟
މިމީހުންކު ރާތަހުގީގުބެހިގެންވަނީ 3ބަޔަކަށް.
1: ނަމެއްގަކު ރާތަހުގީގު.
2: ރޯޔަލް ނުވަތަ ޝާހީތަހުގީގު.
3: ބޮޑެތިމައްސަލަތަކާއި ކަންކަން އޮއްބާލުމަށާއި އެފަދަކަންކަންފޮ ރުވާލުމަށް ކު ރާތަހުގީގު، "އަލިފު ހާ"