މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 17:30 ހާއިރު އެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ފަރާތަށް އެހީތެރިވެފައި ވަނީ ސިފައިންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު މާލެ ސިޓީ ކާނިވާ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އާއްމު ފަރާތަކަށް ފަސްޓްއެއިޑް ދިނުމުގައި އެމްއެންޑީއެފްގެ މެޑިކަލް ޓީމެއް ހަރަކާތްތެރިވެފައިވާ ކަމަށެެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ވެފައި ވަނީ ފިރިހެނަކަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުުވާ ކަަމަށް މައުލޫމާތު ލިބެއެވެ. އަދި އެ މީހާއަކީ ސައިކަލެއްގައި ދިޔަ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު