ހއ. ދިއްދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 87 އަށް އަރައިފިއެވެ.

ދިއްދޫން މިފަހަކުން ކޮވިޑްގެ ވޭދަނައެއް ފެނުނުތާ ހަފްތާއެއް ވެފައި ވަނީ މިއަދު އެވެ. އެ ރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެ މީހާ ކޮވިޑަށް ފައްސިވުމާއެކު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށު ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން 87 މީހަކު މިހާތަނަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން އެކަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުން އެންމެ ފުރަތަަމަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވިއިރު، އޭގެ ފަހުން ވަކި ތަރުތީބެެއް ނެތި ނެގި ހަ ސުންކެއްވެސް ފައްސިވެފައި ވެއެވެ. އަދި އެރަށުން ގިނައިން ފައްސިވަމުން ދިޔައީ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. އެގޮތުން އެފަދަ 77 ވޭދަނައެއް ވަނީ ފާހަގަވެފައެވެ. މީގެ އިތުރުން، އެރަށުން ކަރަންޓީން މުއްދަތު ފުރިހަމަކޮށް ކޮވިޑް ޓެސްޓު ކުރި ތިން މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެރަށުން ފެންނަމުންދާ ވޭދަނަތަކާއި ގުޅިގެން އެރަށުގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ގިނަ ވަގުތުތަކަކަަަށް ކާފިއު އިއުލާނުކޮށް ވަކި ގަޑިއެއްގައި އެއްގަމު އުޅަނދުތައް ދުއްވުން ވެސް ވަނީ މަނާ ކޮށްފައެެވެ. ދިއްދޫގައި މިހާރު 200 އަށްވުރެ ގިނަ ގެތަކާއި ފްލެޓުތައް ހުރީ ކަރަންޓީން ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.